ތުރުކީގެ ރައީސް، ބިންހެލުމުގެ އަސަރު ކުރި މީހުންނާ ބައްދަލުކުރައްވަނީ.
ތުރުކީގެ ރައީސް، ބިންހެލުމުގެ އަސަރު ކުރި މީހުންނާ ބައްދަލުކުރައްވަނީ.
ސީރިޔާ އަދި ތުރުކީވިލާތައް އައި ބިންހެލުމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައެއްކަހަލަ ގޮންޖެހުންތައް ހުރިކަމަށް ތުރުކީގެ ރައީސް ގަބޫލުކުރައްވައިފިއެވެ.



ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން މިހެން ވިދާޅުވެފައިވަނީ ބިންހެލުމުގެ ކާރިސާއަށް އިޖާބަދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ގިނަ ބަޔަކު ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އުރުދުޣާން ވަނީ ބޮޑު ކާރިސާއަކަށް ތައްޔާރުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ސަރުކާރުން ބިންހެލުމުގެ ކާރިސާއަށް ދެމުންދާ އިޖާބަ ދިފާއުކުރައްވައިފައެވެ.

މިދިޔަ ހޯމަދުވަހު އައި މިބިންހެލުމަކީ މިދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ބޯޑަރު ހިއްސާކުރާ ދެ ގައުމުކަމަށްވާ ތުރުކީއާއި ސީރިއާ ސަރަހައްދަށް އައި އެންމެ ވަރުގަދަ އެއް ބިންހެލުމެވެ. މިބިން ހެލުން އަރާފައިވަނީ 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި ފަތިހުގެ ވަގުތެއްގައެވެ.

މިބިންހެލުމުގެ ސަބަބުން 6000 އަށްވުރެއް ގިނަ އިމާރާތް ބިމާ ހަމަވެފައިވާއިރު، 15،000 އަށްވުރެއް ގިނަ މީހުން ސީރިއާ އަދި ތުރުކީން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ބިންހެލުމާއި ގުޅިގެން ތުރުކީގެ ރައީސްގެ ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ކުއްލި ހާލަތުގައި ދޭ ހިދުމަތްތައް މާ ލަސްވެ، މިފަދަ ކުއްލި ހާލަތަކަށް ސަރުކާރު ތައްޔާރުވެފައި އޮތްވަރު ދަށް ކަމަށް ތުހުމަތުކުރަމުންނެވެ. ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ތުރުކީގެ ރައީސް ވަނީ ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައިވާކަން ގަބޫލުކުރެއްވި ނަމަވެސް މިހާރު ހާލަތު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

މިފާޑުކިޔުންތަކުގައި ތުރުކީގެ ސަރުކާރުގެ މައި އިދިކޮޅު ޕާޓީން އިސްރޯލެއް އަދާކުރަމުންދާއިރު، ތުރުކީގެ މައި އިދިކޮޅު ޕާޓީގެ ލީޑަރު ވަނީ ހާލަތު ގޯސްވަމުންދާކަމުގެ ޒިންމާ ތުރުކީގެ ރައީސް ނަންގަވަން ޖެހޭނެކަމަށްވެސް ވިދާޅުވެފައެވެ.

ނަމަވެސް ރައީސަށް ކުރަމުންދާ ތުހުމަތުތައް ދޮގުކުރައްވައި، ކާރިސާއަށް ފަހު އެއްބައިވަންތަކަން ބޭނުންވާ ކަމަށް ވިދާޅުވެ، "މިކަހަލަ ދުވަސްވަރެއްގައި ސިޔާސީ މަސްލަހަތަށްޓަކައި ނެގެޓިވް ކެމްޕޭންތައް ހިންގާ މީހުންގެ އަވައިގައި ނުޖެހޭނެ،" ކަމަށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ތުރުކީގެ ރައީސް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން