ތުރުކީ ވިލާތަށް އައި ބިން ހެލުމުގައި ވެއްޓުނު އިމާރާތްތައް އަލުން ބިނާކުރެވެންދެން ތުރުކީގެ ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދޭނެކަމަށް އެ ގައުމުގެ ރައީސް ރަޖަބް ތައްޔިޕް އުރުދުޣާން ވިދާޅުވެއްޖެއެވެ.



އުރުދުޣާން މިހެން ވިދާޅުވީ ބިން ހެލުމުގައި ގެއްލުންތައް ލިބުނު ތުރުކީގެ ދެކުނުން އޮންނަ އަޑިޔަމަން ސިޓީއަށް ކުރެއްވި ޒިޔާރަތުގައެވެ.

އުރުދުޣާން ވިދާޅުވީ ވަގުތީ ޓެންޓުތަކުގައި އުޅެން ބޭނުންނުވާ މީހުންނަށް ކުލި ދައްކައިގެން ބޭނުންވާ ތަނެއްގައި އުޅުމަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ. އަދި ހޮޓާތަކުގައި ތިބެން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމްވެސް ސަރުކާރުން ހަމަޖައްސައިދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އުރުދުޣާން ވިދާޅުވީ ބޯހިޔާވަހިކަން ގެއްލުނު މީހުންނަށް 1 އަހަރު ވަންދެން ސަރުކާރުން ބޯހިޔާވަހިކަން ހަމަޖައްސާނެ ކަމަށެވެ. އަދި ވެއްޓުނު އިމާރާތްތައްވެސް 1 އަހަރު ތެރޭގައި އަލުން އިމާރާތްކޮށް ނިންމާނެކަމަށް އޭނާ ވިދާޅުވިއެވެ.

ތުރުކީއާއި ސީރިއާއަށް އައި ބިން ހެލުމުގައި އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާއިރު އެ މީހުންނަށް އެހީވުމަށް ވަރަށް ގިނަ ގައުމުތަކުން ދަނީ ތުރުކީއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނަމަވެސް ދާހިލީ ހަނގުރާމަ ހިނގަމުންދާ ސީރިއާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހީދޭ ފަރާތްތަކަށް ވަނީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން