އެމެރިކާގެ އެފް-22 ފަޔަރ ޖެޓެއް،
އެމެރިކާގެ އެފް-22 ފަޔަރ ޖެޓެއް،
ކެނެޑާގެ ވައިގެ މަގުން ދަތުރުކުރި ގޮތްނޭނގޭ އެއްޗަކަށް، އެމެރިކާގެ އެފް-22 ފަޔަރ ޖެޓުން ހަމަލާދީ ވައްޓާލައިފިއެވެ.

ކެނެޑާގެ ވައިގެ ތެރެއިން ދަތުރުކުރި ގޮތްނޭނގޭ އެއްޗަކަށް ހަމަލާދީ ވައްޓާލިކަން ކެނެޑާގެ ބޮޑުވަޒީރު ވެސް ވަނީ ޔަގީންކަންދެއްވާފައެވެ. އަދި އެއަށް ހަމަލާދިނުމަށް އެމެރިކާ ސަރުކާރަށް ދެންނެވިކަމަށްވެސް އޭނާ ވަނީ ހާމަކުރައްވާފައެވެ.

މިއީ ޗައިނާގެ ޖާސޫސު ކުރާ ފުއްޕާހަމަށްފަހު، ވައިގެ މަގުން ދަތުރުކުރި ގޮތް ނޭނގޭ އެއްޗަކަށް ސިފައިން ހަމަލާދިން ދެވަނަ ފަހަރެވެ. އެގޮތުން އެމެރިކާގެ އަސްކަރިއްޔާއިން މިދިޔަ ހަފްތާ ބަންދުގައި ޗައިނާއިން ޖާސޫސުކުރަން ފޮނުވި ކަމަށް ތުހުމަތު ކުރާ ފުއްޕާހަމެއް ނައްތާލާފައިވާއިރު، ހުކުރު ދުވަހު ވަނީ އެމެރިކާގެ އަލަސްކާގެ ކަނޑުގެ ސަރަހައްދުގެ ވައިގެ މަގުން ކުޑަ ކާރެއްގެ ސައިޒުގެ ގޮތް ނޭނގޭ އެއްޗަކަށް ހަމަލާދީ ވައްޓާލާފައެވެ.

އެންމެ ފަހުން ހަމަލާ މިދިން ގޮތް ނޭނގޭ އެއްޗަކީ ކެނެޑާގެ ޔޫކޮން ސަރަހައްދުން ގާތްގަނޑަކަށް 40،000 ފޫޓު (12،000 މީޓަރު) މަތިން އުދުހެމުން ދިޔަ އެއްޗެއް ކަމަށް ކެނެޑާގެ ޑިފެންސް މިނިސްޓަރު އަނީތާ އަނަންދު ވިދާޅުވެފައިވެއެވެ. އަދި އެއީ "ކުޑަ" އަދި "ސިލިންޑްރިކަލް" އެއްޗެއްގެ ގޮތުގައި ސިފަކުރެއްވި ނަމަވެސް، އިތުރު ތަފްސީލުތައް ހޯދުމަށް އެއެއްޗާ ބެހޭގޮތުން އިތުރު ތަހުލީލުތައް ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން