އެމެރިކާގެ ވައިގެ މަގުން ދަތުރުކުރި ޗައިނާގެ ޖާސޫސީ ފުއްޕާހަމާއި ގުޅޭ ގޮތުން ޗައިނާގެ ރައީސާއި ވާހަކަ ދައްކަވާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ މުހިއްމު އަސްކަރީ ތަންތަނަށް ޖާސޫސް ކުރަމުން ދިޔަ ކަމަށް އެމެރިކާއިން ބުނި ޗައިނާގެ ބޮޑު ފުއްޕާހަމަށް އެމެރިކާއިން ހަމަލާދީ ވައްޓާލައިފައިވަނީ މިދިޔަ ހަފްތާގެ ކުރީކޮޅުއެވެ. ޗައިނާގެ ޖާސޫސު ކުރާ ފުއްޕާހަމަށްފަހު، އެމެރިކާގެ ސިފައިން ވަނީ އެގައުމުގެ ވައިގެ މަގުން ދަތުރުކުރި ގޮތް ނޭނގޭ ދޭއްޗަކަށް ހަމަލާދީ ވައްޓާލާފައެވެ.

މިހާދިސާއާއި ބެހޭގޮތުން ރައީސް ޝީޖިންޕިން އާއި ވާހަކަ ދައްކަވާނެ ވާހަކަ ހާމަކުރެެއްވިނަމަވެސް މިކަމާބެހޭގޮތުން މަޝްވަރާ ކުރައްވާނީ ސީދާ ކޮންއިރަކުން ކަމެއް ރައީސް ބައިޑެން ހާމަކުރައްވާފައެއްް ނުވެއެވެ.

"އަޅުގަނޑު އުންމީދު ކުރަނީ ރައީސް ޝީ ޖިންޕިންއާ ވަރަށް އަވަހަށް ވާހަކަ ދައްކަން. އުންމީދު ކުރަން މިކަމުގެ ހަގީގަތް ހޯދޭނެކަމަށް. އެކަމަކު އެ ބެލޫން ވައްޓާލި ކަމަށްޓަކައި މައާފުކުރަން ޖެހޭކަމަކަށް ގަބޫލެއްނުކުރަން،" ބެއިޖިންގެ ޝަކުވާތަކަށް ޖަވާބު ދެއްވަމުން ބައިޑަން ވިދާޅުވި އެވެ.

ބައިޑެން ވަނީ މިކަމުގެ ސަބަބުން ދެގައުމުގެ ގުޅުމަށް އަސަރުނުކުރާނެކަމުގެ ޔަގީންކަން ދީފައެވެ.

އެމެރިކާގެ ވައިގެ މަގުން ދަތުރު ކުރި ޖާސޫސު ކުރާ ފުއްޕާހަން ވައްޓާލި ފަހުން ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެމެރިކާއިން ތުހުމަތުކުރިނަމަވެސް އެއީ ޖާސޫސީ ފުއްޕާހަމެއް ކަމަށް ބުނާ ވާހަކަ ދޮގުކޮށްފައެވެ. އޭގެ ބަދަލުގައި އެއީ މޫސުމާ ބެހޭ ދިރާސާކުރާ ވަސީލަތެއް ކަމަށް ޗައިނާއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން