ތުރުކީ ވިލާތުގެ ދެކުނުބިތަށާއި ސީރިއާގެ އުތުރުގެ ބައެއް ސަރަހައްދުތަކަށް އައި ބާރުގަދަ ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 41،000 އިން މައްޗަށް އަރައިފިއެވެ.

ހަބަރުތައް ބުނާގޮތުން ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އައި ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 41،732 އަށް އަރާފައިވާއިރު ތުރުކީން މަރުވީ މީހުންގެ އަދަދު 38،000 އަށްވުރެ އިތުރެވެ. އަދި ސީރިޔާއިން މަރުވި މީހުންގެ އަދަދު 3،600 އަށްވުރެ ގިނައެވެ.

މިހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވަމުންދާއިރު، މިހާދިސާގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް އދ އިން ވަނީ އެއް ބިލިއަން ޑޮލަރުގެ އެހީ ހޯދުމަށް އެދެމުންނެވެ.

ބިންހެލުމަށްފަހު ހަފްތާއަކަށްވުރެެ ގިނަ ދުވަސްވެފައިވާއިރު، އަދިވެސް މީހުން ހޯދުމުގެ މައްސަކަތް ދަނީ ކުރިއަށެވެ. އެގޮތުން ބިންހެލުން އައިތާ 11 ދުވަސް ފަހުން، ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ކޮންކްރީޓްތަކު ދަށުގައި ތާށިވެފައިއޮތް 17 އަހަރުގެ ޒުވާން އަންހެން ކުއްޖަކާއި 20 އަހަރުގެ އަންހެނަކު ވަނީ ސަލާމަތްކޮށްފައެވެ.

ނަމަވެސް ބިންހެލުމުގެ ހާދިސާގެ ދިރިތިބި އިތުރު މީހުން ހޯދުމުގެ އުންމީދު ފަނޑުވެފައިވާކަމަށް ރެސްކިއު ޓީމު ތަކުން ދަނީ ހާމަކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން