މިދިޔަ ހުކުރު ދުވަހު ސީރިއާގައި އައިއެސް އިން ދިން ހަމަލާއެއްގައި 53 މީހަކު މަރުވެއްޖެއެވެ.

ސީރިއާގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވާގޮތުން އެމީހުން މަރުވީ އަލްސޮޚްނާ އަވަށުގެ ހުޅަނގު ދެކުނުގައި އައިއެސްގެ ޓެރަރިސްޓުން ދިން ހަމަލާއެއްގެ ތެރޭގައެވެ. މަރުވި މީހުންގެ ތެރޭގައި އާންމުންގެ 46 މީހުންނާއި ސިފައިންގެ ހަތް މީހަކު ހިމެނެއެވެ.

މިހަމަލާގެ ތުހުމަތު ޓެރަރިސްޓު ޖަމާއަތް، އައިއެސްގެ މައްޗަށް ކުރިނަމަވެސް، އައިއެސް ޖަމާއަތުން މިތުހުމަތު ގަބޫލުކޮށްފައެއް ނުވެއެވެ.

މިއީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ކުރުދީންގެ ކޮންޓްރޯލް އޮންނަ އިރުއުތުރުގެ ސިޓީއެއް ކަމަށްވާ ހަސާކޭގެ ޖަލަކަށް ވަދެ މެމްބަރުން މިނިވަން ކުރުމަށް ފަހު އެ ޖަމާއަތުން ދިން ހަމަލާއަކުން އެންމެ ގިނަ ބަޔަކު މަރުވި ހާދިސާއެވެ. އޭރު ދިން ހަމަލާގައި އާންމުން ހިމެނޭހެން 268 މީހަކު މަރުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން