ރާއްޖޭގެ އަންހެން ވޮލީ ޓީމު ފައިނަލުގައި ބަލިކޮށް ސިންގަޕޫރުން ފޯ ނޭޝަންސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން މިރޭ ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު ފައިނަލް މެޗު ސިންގަޕޫރުން ކާމިޔާބުކުރީ 2-3 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗްގައި ރާއްޖޭގެ އަންހެން ވޮލީ ޓީމު ވަނީ އުންމީދީ ރަނގަޅު ކުޅުމެއް ދައްކައި އެންމެ ފަހު ވަގުތާއި ޖެހެންދެން މޮޅުވާން މަސައްކަތް ކޮށްފައެވެ.

އެގޮތުން މި މެޗުގެ ފުރަތަމަ ދެ ސެޓް 25-18 އަދި 25-22 އިން ކާމިޔާބުކުރީ ސިންގަޕޫރެެވެ. އެހެން ނަމަވެސް ރާއްޖެއިން ވަނީ ތިން ވަނަ ސެޓާއި ހަތަރުވަނަ ސެޓު ވެސް 25-19 އިން ކާމިޔާބު ކޮށްފަ އެވެ. ފަސްވަނަ ސެޓު ރާއްޖެއަށް ގެއްލުނީ 15-11 އިންނެވެ.

މި މެޗް ބައްލަވާލެެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ނާއިބް ރައީސް ފައިސަލް ނަސީމާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވަޑައިގެންނެވިއެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލުގައި ސިންގަޕޫރު ބަލިކޮށް މެލޭޝިއާއިންނެވެ.

މިއީ ރާއްޖޭގެ އަންހެން ޓީމުން ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލުގައި ކުޅުނު ދެ ވަނަ ފަހަރު ކަން ފާހަގަކޮށްލެެވެއެވެ. މީގެ ކުރިން 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގެ ފައިނަލުގައި ރާއްޖޭގެ އަންހެން ވޮލީ ޓީމު ކުޅެ ރިހި މެޑަލް ހޯދައިފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު


-1

އައްޔަ

02-Mar-2023

އެނައުންސަރުން ރަންމެޑަލް އަޅަން ބޭނުން ވެފައި ތިބިވަރުން މެޗު ގެއްލުނީ ދުލުގެ ވިހަ ޓީމަށް ޖެހުނީ ފެށިއިރަށް 3 ޕޮއިންޓްގެ ލީޑެއް ރާއްޖެޓީމަށް ލިބުނުއިރަށް އެނައުންސަރުން ރަންމެޑެލް ކަރުގަ އަޅައިފި ތަންކޮޅެއް ތަންދޮރު ފިލާ ބައެއް އެނައުންސު ކުރަން އަރުވަން އެބަޖެހޭ ފޮނި ބައިސާ ކަނޑާކަށް ނޫން އެތަނަށް އަރުވާފަކާ ތިބެނީ މެޗު ކުރިއަށް ދާގޮތް މީހުންނަށް ކިޔައިދޭން. ފޮނިކަނޑާކަށްނޫ. ހިފިނުހުރިގެން އުޅުނަސް ބޮޑުވަރުތީ.


-1

ބުއްޅަބޭ

02-Mar-2023

ގަރުދިޔަ އާއި, ތެލުލިމަހާއި, ތެލުލިފަތާ އިރުކެއުމަށް ކައިގެން ބޮޑެތިވާމީހުންނަށް ދަނޑުތަކަށް އަރާކުޅޭކުޅުން ނުކުޅެވޭނެ! ދިވެހިން ބޭރު ގައުމުތަކަށްގޮސް ކުޅޭކުޅުން އަދިވެސް ހުއްޓާލާކަށް ނުވޭތަ?



ޓްރެންޑިން