fyyf
fyyf
ލިބިފައިވާ ލޭ ގްރޫޕަކީވެސް މީހާއާއި ބެހޭގޮތުން ތަފާތު ކަންކަމެއް ދެނެގަނެވޭ އެއްޗެކެވެ. އޯ ޕޮޒިޓިވް ލޭ ގްރޯޕަކީ ސިއްޙީގޮތުން، އެހެން ލޭގެ ގްރޫޕްތަކާއި އަޅައި ބަލާއިރު ބައެއްކަހަލަ ފައިދާތައް ހުނަންނަ ލޭގެ ގްރޫޕެކެވެ. މިގޮތުން މިބާވަތުގެ ލޭ ހުންނަ މީހުންނަށް ހިތުގެ ބަލިތައް ޖެހުން ކުޑަކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. ނަމަވެސް މި ގްރޫޕްގެ ލޭ ހުންނަ މީހުންގެ ތެރޭގައި ފަލަވުމާއި އަޔޮޑިން ޑެފިޝެންސީ އަދި ހޯމޯންލެވަލް ދަށްވުމުގެ މައްސަލަތައްވެސް ދިމާވާކަން ފާހަގަކުރެވެއެވެ.

* އޯޕޮޒިޓިވް ލޭހުންނަ މީހުންގެ އާއްމު ޝަޚްސިއްޔަތު:

މިބާވަތުގެ ލޭ ހުންނަ މީހުންނަކީ އިސްނެގުމާއި ކަންކަން ހާސިލްކުރުމަށް ގަދައަޅައި މަސައްކަތް ކުރާ ބައެކެވެ. އަދި އެހެން މީހުންގެ އިތުބާރު ހިފޭ، ކަންކަމުގައި ސާބިތުވެ ތިބުމުގެ ހުނަރު ހުންނަ ބައެކެވެ. އަދި މިމީހުންނަކީ ކުދިކުދި ކަންކަމާ މާބޮޑަށް މައްސަލަ ޖައްސައި ހަދާ ބައެއް ނޫނެވެ.

އެހެންނަމަވެސް، މި ބާވަތުގެ ލޭހުންނަ މީހުންގެ ކިބައިން ސްޓްރެސްވެފައި ހުންނަ ގަޑީގައި މާބޮޑަށް ރުޅިގަދަވެ އަވަސް އަރުވާލާފައި ކަންކަމާއި ކުރިމަތި ލުމާއި 'ހައިޕަރ އެކްޓިވް' ވުން ކަހަލަ ނޭދެވޭ ބައެއް ކަހަލަ ކަންކަންވެސް ފެނެއެވެ. އަދި ތަންތަނަށް ގަޑިއަށް ނާދެވުމަކީވެސް މިލޭ ގުރޫޕަށް ނިސްބަތްވާ ގިނަ މީހުންގެ ކިބައިން ފެންނަ ނުރަނގަޅު އާދައެކެވެ.

* އޯ ޕޮޒިޓިވް ލޭ ހުންނަ މީހުންނަކީ ޒަވާޖީ ގޮތުން ގުޅުމަށް އެންމެ ރަނގަޅު ލޭގެ ގުރޫޕް

މިބާވަތުގެ ލޭ ހުންނަ މީހުންނާއި ކޮންމެ ކަހަލަ ލެޔެއް ހުންނަ މީހަކާއިވެސް ރަނގަޅު ޒަވާޖީ ހަޔާތެއް ބިނާކުރެވިދާނެއެވެ. ނަމަވެސް މި ގުރޫޕުގެ މީހުންނާއި އެންމެ ގުޅޭނީ ޓައިޕް ބީ ލޭ ހުންނަ މީހުންނާއެވެ. ޓައިޕް ބީ ލޭ ހުންނަ މީހުންނަކީ ވަރަށް މިނިވަންކަމަށް ލޯބިކުރާ ބަޔަކަށް ވުމުން އެހެން ލޭގެ ގޮރޫޕް ތަކަށް ނިސްބަތްވާ މީހުންގެ ކިބައިގައި އެފަދަ މީހުން ގެންގުޅުމުގެ ކެތްތެރިކަން ނުހުރެއެވެ. ނަމަވެސް އޯ ޕޮޒިޓިވް ލޭ ހުންނަ މީހުންނަކީ މިކަހަލަ މީހުންނާއިއެކު ކެތްތެރިކަމާއެކު އުޅެލެވޭނެ މީހުންނެވެ. އަދި ޚާއްސަކޮށް އޯ ޕޮޒިޓިވް މީހުންގެ ސީރިޔަސް މައިންޑަށް ބީ ޕޮޒިޓިވް މީހާގެ ހުންނަ ކެއާފްރީ ގޮތްތަކުން ހިތްހަމަޖެހުން ލިބިދޭތީ މިދެ ގްރޫޕަށް ނިސްބަތްވާ ދެމީހެއް ނަމަ އެމީހުންގެ ޒަވާޖީ ޙަޔާތް ވަރަށް ބާއްޖަވެރިވާނެއެވެ.

* އޯ ޕޮޒިޓިވް ލޭ ހުންނަ މީހުން ވަޒީފާގެ މާހައުލުގައި...

ޖަޕާނުގައި ވަޒީފާއަށް އިންޓަރވިއު ކުރާއިރު އެއްސުވާލަކަށް ލޭގެ ގުރޫޕަކީ އޯ ޕޮޒިޓިވް ލޭތޯ ސުވާލުކުރެއެވެ. ސަބަބަކީ، އެއީ ވަޒީފާއަށް ވަގުތުދޭ، ކުރާކަމެއް ޝައުޤުވެރިކަމާއިއެކު ކުރާ، ވަރަށް ތަރުތީބު އަދި ކަންކަމުގައި ކެރޭ އިސްނަގާ މީހުންނަށް ވާތީއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ޥގޗ×ސ

09-Mar-2023

🤣🤣🤣🤣



ޓްރެންޑިން