ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަށް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ޢަބްދުﷲ އެވެ. މައްސަލަ ހުށައަޅުއްވަމުން މެމްބަރު ނަޝީދު ވިދާޅުވެފައިވަނީ، ކުށުގެ ވެށިން މިކަމުގައި ޝާމިލްވި މީހުން ހައްޔަރުކޮށް މައްސަލަ ތަހުގީގް ކުރެވިފައި ނުވާ ކަމަށާއި، މިކަމުގައި ފުލުހުންގެ މުވައްސަސާގެ އިހުމާލުވުން ބޮޑުކަމަށެވެ. އަދި މިމައްސަލާގައި ސިޔާސީ ބާރުގަދަ ފަރާތްތަކެއްގެ ނުފޫޒު އޮތުމާއިއެކު މިކަން އެކަށީގެންވާ ގޮތަކަށް ބެލުމަކީ ދުރުކަމެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މިމައްސަލަ މަޖިލީހަށް ބަލައި ގަތުމަށް ފާސްވެފައިވަނީ ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 35 މެމްބަރުންގެ ވޯޓުންނެވެ. މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުންވަނީ މިމައްސަލައަކީ މުޖުތަމައުގައި ނުހަނު ބޮޑަށް ކަންބޮޑުވުން އޮތްކަމަކަށްވުމުން މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށެވެ. އަދި މިކަމުގައި ފުލުހުން ކުރަމުންދާ ތަހުޤީޤު ހާމަކަންބޮޑުގޮތެއްގައި ކުރިއަށް ގެންދިޔުމަށްވެސް މެމްބަރުން ވަނީ ގޮވާލައްވާފައެވެ. މިމައްސަލާގައި ސީރިއަސް ބޮޑެތި ތުހުމަތުތަކެއް ހުރުމުން މިކަން ބަލައި ރައްޔިތުންނަށް މުވައްސަސާތަކުގެ އިތުބާރު ނުގެއްލޭނެ ގޮތަކަށް މިމައްސަލައިގައި އިންސާފު ގާއިމްކުރަންޖެހޭކަމަށް މެންބަރުން ވިދާޅުވިއެވެ. މިނޫނަސް އަންހެނުންނާއި ކުޑަކުދިންނަށް ކުރެވޭ ޖިންސީ ގޯނާތަކާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް މެމްބަރުން ވަނީ ގޮވާލައްވާފައެވެ.
"މި ކަންތައް ރަނގަޅަށް ބެލެންޖެހޭނެ، އަދި ބައިވެރިވެރިވާ ބަޔަކަށް ހަރުކަށި ފިޔަވަޅުއެޅެންވެސް ޖެހޭނެ. އަންހެނުންނަށް މިނިވަންކަމާއެކު މި ޤައުމުގައި އުޅެވެން ޖެހޭނެ." މި މައްސަލާގައި ބަހުސް ކުރަށްވަމުން ކަނޑިތީމް ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަހީމް ވިދާޅުވިއެވެ.
މިކަމާގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ، މިމަހުގެ 25 ވަނަ ދުވަހުގެރޭ ހުޅުމާލެ ފަޅުގައި އަޅާފައިއޮތް ސަފާރީއެއްގައި ރާއްޖޭގައި މަސައްކަތްކުރާ 27 އަހަރުގެ ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ހުކުރުދުވަހު ފަތިހު ހުޅުމާލެ، ލަކުޑި ޖެޓީ ސަރަހައްދުގައި އެ އަންހެންމީހާ އާއި އިތުރު 2 ފިރިހެނަކު ތިއްބާ ފުލުހުން އެތަނަށް ގޮސް މަޢުލޫމާތު އޮޅުންފިލުވުމުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނީ 39 އަހަރުގެ 2 ދިވެހި ފިރިހެނުން ކަމަށާއި، އެމީހުން ބަންދުން ދޫކޮށްލާފައި ވަނީ އެވަގުތާއި ހަމައަށް ލިބިފައިހުރި މަޢުލޫމާތު ތަކަށް ބަލާއިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީކަމަށެވެ. އަދި އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ ތަހުޤީގެއް މިމައްސަލާގައި ހިންގައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.
މީޑިއާއަށް ތިލަވެފައިވާ މަޢުލޫމާތަށް ބަލާއިރު، މި މައްސަލާގައި ތުހުމަތު ކުރެވޭ އެއް ފަރާތަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ފިރިކަލުންނެވެ. މި މައްސަލާގައި ފުލުހުންގެ އިހުމާލު އޮތްކަމަށް ބެލެވޭތީ، އެންއައިސީން މަސައްކަތް ކުރަމުންދާ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވެސް އެޖެންޑާކޮށްފައިވެ އެވެ. އަދި މި މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ވެސް އެޖެންޑާކޮށްފައިވެ އެވެ. އެ ބައްދަލުވުންތައް އޮންނާނީ މިއަދުއެވެ. މީގެ އިތުރުން އެޗްއާރުސީއެމުން ވެސް ވަނީ މިމައްސަލަ ބެލުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު