ސައުދީ އަރަބިއްޔާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ފްލައިނަސް އިން ރާާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.
ދެހާސް ހަތެއްގައި ވުޖޫދަށް އައި ފްލައިނަސްއާ ހަވާލާދީ އެރެބިއަން ބިޒްނަސް ނޫހުގައި ބުނެފައިވަނީ ފްލައިނަސްގެ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމާފައިވަނީ އަންނަ ހޫނު މޫސުމާ ދިމާކޮށެވެ.
ފްލައިނަސްގެ ދަތުރުތައް އަންނަ މެއި މަހުން ފެށިގެން ސައުދީގެ ރިޔާޛުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ ހިމެނޭ ގޮތަށް އާ ހަތަރު މަންޒިލަކަށް ދަތުރު ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ރާއްޖޭގެ އިތުރުން ލިސްޓުގައި ދެން ހިމެނެނީ އަރުމޭނިއާ އާއި ތުރުކީ އަދި މޮންޓެނީގްރޯއެވެ.
ރާއްޖެއަށް ފްލައިނަސްގެ ދަތުރުތައް ކޮންމެ ހަފުތާއަކު އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ބާއްވާނެއެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް އޭ320 ނިއޯ މަރުކާގެ 170 މީހުންގެ ޖާގައިގެ ބޯޓުތަކެވެ.
ސަޢުދީގެ ނެޝަނަލް އެއާ ސާވިސަސް (އެންއޭއެސް) އިން އޮޕަރޭޓްކުރާ މިއެއާލައިންގެ ފްލީޓްގައި 39 ބޯޓް އޮވެއެވެ. އެންމެ ފުރަތަމަ 'ނަސްއެއާ'ގެ ނަމުގައި ހިންގި ނަމަވެސް 'ފްލައިނަސް' އަށް އެއަރލައިންގެ ނަން ބަދަލުކުރީ 2013 ގައެވެ.
ސައުދީން ރާއްޖެއަށް މިހާރު ސީދާ ދަތުުރުތައް ކުރަނީ އެ ގައުމުގެ ގައުމީ އެއާލައިން 'ސައުދީއާ' އިންނެވެ.

ކިޔުންތެރިންގެ ހިޔާލު