ޝަވަރުމާއަކީ މިހާރަކަށް އައިސް ދިވެހިންގެ ތެރޭގައި މަޤުބޫލުކަން ހޯދަމުންދާ އަރަބި ޤައުމުތަކުގައި މަޝްހޫރު ކާނާގެ ބާވަތެކެވެ. އެހެންކަމުން ޝަވަރުމާއަކީ ރޯދަވީއްލާ ގަޑިއަށް ތައްޔާރުކޮށްލުމަށް ވަރަށް ރަނގަޅު އެއްޗަކަށް ވާނެއެވެ.
އެހެންކަމުން މިއަދު މިގެނެސްދެނީ ފަސޭހަކަމާއިއެކު ގޭގައި ޗިކަން ޝަވަރުމާ ތައްޔާރު ކުރާނެގޮތެވެ.
ބޭނުންވާތަކެތި:
ބޯންލެސް ޗިކަން (3-2 ޕީސް)
1 -2 ލޮނުމެދު ގާނާފައި
1 ½ މޭޒުމަތީސަމްސާ ލުނބޯ ހުތް
2 މޭޒުމަތީސަމްސާ އޮލިވް އޮއިލް
ހަވާދުގެ ބާވަތްތައް (2/1 މޭޒުމަތީސަމްސާ ކޮތަނބިރި ހިމުންކޮށްފައި،2/1 ދިރި ފުނޑުކޮށްފައި، 2/1 މޭޒުމަތީސަމްސާ މުގުރި މިރުސް، 2/1 މޭޒުމަތީސަމްސާ މޭޒުމަތީސަމްސާ މުގުރާފައި ،ރަހަލާވަރަށް ލޮނު)
ޝަވަރުމާ ރޮށި ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:
300 ގްރާމް ފުށް
1/2 މޭޒުމަތީސަމްސާ ލޮނު
1 މޭޒުމަތީސަމްސާ ބޭކިން ޕައުޑަރ
120 މިލިލީޓަރު ހޫނުފެން
20 ގްރާމް ބަޓަރު ނުވަތަ 3 މޭޒުމަތީސަމްސާ އޮލިވް އޮއިލް
7 ގްރާމް އީސްޓް
1 މޭޒުމަތީސަމްސާ ހަކުރު (ބޭނުންނަމަ)
ޝަވަރުމާ ސާވް ކުރާއިރު ޖައްސައިގެން ކެއުމަށް ސޯސްއެއް ދޭނެއެވެ. ތިރީގައިމިވަނީ ސޯސް ހެދުމަށް ބޭނުންވާ ތަކެއްޗެވެ.
ސޯސްހެދުމަށް ބޭނުންވާ ތަކެތި:
¼ ޖޯޑު އަން ސޯލްޓެޑް ޔޯގަޓް
ލުނބޯ ފަޅިއެއް
1 މޭޒުމަތީސަމްސާއަށް ވާވަރަށް ލޮނުމެދު (ގާނާފައި)
2/1 މޭޒުމަތީސަމްސާ ދިރި (ހިމުންކޮށްފައި)
¼ މޭޒުމަތީސަމްސާ އަސޭމިރުސް (ހިމުންކޮށްފައި)
ރަހަލާވަރަށް ލޮނު
ޓޮޕިންގސް
ފިޔާ ތުނިކޮށް ފޮތިކޮށްފައި
ފޮތިކޮށްފައި ޓޮމާޓޯ
ލެޓިއުސް
ޝަވަރުމާ ތައްޔާރުކުރާނެ ގޮތް:
ޝަވަރުމާ ރޮށި ތައްޔާރުކުރުމަށް ފުށާއި، އީސްޓު ، ބޭކިންގ ޕައުޑަރ، ލޮނު އަދި ބަޓަރު ތަށްޓަކަށް އަޅައި އެއްކޮށްލާށެވެ. ދެން ހޫނު ފެން އެޅުމަށްފަހު ފުށްގަނޑު ރަނގަޅަށް މޮޑެލާށެވެ. އަދި ފުށްގަނޑު ފުފެންދެން 30 މިނެޓު ވަރަކަށް މަތިގަނޑެއް އަޅައި ބަންދު ކޮށްލާށެވެ. އެއަށްފަހު ގުޅަ ކެނޑުމަށްފަހު އާއްމުކޮށް ރޮށިދަމާގޮތަށް ރޮށިދަމައި ރޮށިފިހެލާށެވެ. ތަވަލަށް ރޮށި ލުމުން މަތިން ފުފޭނެއެވެ. ދެން ފުށުންޖަހައި ރަނގާޅަށް ފިހެލާށެވެ.
ޝަވަރުމާ ބޮޑަށް މީރުވާނީ ކުކުޅު މެރިނޭޓުކުރަން 12 ގަޑިއިރު ބެހެއްޓުމުންނެވެ. ރޭގަނޑު މެރިނޭޓު ކުރަން ހަނދާންނެތްނަމަ 3 ގަޑިއިރު މެރިނޭޓު ކުރުމުންވެސް ފުދޭނެއެވެ. ރޭގަނޑު މެރިނޭޓު ކުރަން ނުލެވިއްޖެނަމަ ފަތިހު ހާރުކައިގެން ކުކުޅު މެރިނޭޓު ކުރުމަށް އައިސް އަލަމާރިއަށް ލެވިދާނެއެވެ. ނުވަތަ އޮފީހަށް ދިއުމުގެ ކުރިންވެސް ލެވިދާނެއެވެ.
މެރިނޭޓު ކުރުމަށް ހުރިހާ ހަވާދުގެ ބާވަތްތައް ކުކުޅުކޮޅަށް ވާވަރަށް ތައްޓަކަށް އެޅުމަށްފަހު އެއްކޮށްލާށެވެ. އެއަށްފަހު ޒިޕް ލޮކް ބޭގަކަށް އެއްކޮށްފައިވާ ހަވާދުގަނޑާއި ކުކުޅުކޮޅު އެޅުމަށްފަހު ރަނގަޅަށް ކުކުޅުކޮޅުގައި ހަވާދުގަނޑު ހާކާލާށެވެ. (ޒިޕް ލޮކް ބޭގެއް ނެތްނަމަ އާދައިގެ ފުންތައްޓަކަށް އަޅައިފައި މަތި ބަންދުކޮށްލުމުންވެސް ފުދޭނެއެވެ.)
ޔޯގަޓް ސޯސް ހެދުމަށް ބޭނުންވާ ހުރިހާ ތަކެތި އެއްކޮށްލުމަށްފަހު ހުރިހާ ރަހަތަކެއް ރަނގަޅަށް ނުކުންނަންދެން 20 ވަރަކަށް މިނެޓު ބަހައްޓާށެވެ.
ދެން މެރިނޭޓް ކޮށްފައިވާ ކުކުޅުކޮޅު ނެގައި ތަވަލަކަށް ތެޔޮފޮދެއް އެޅުމަށްފަހު ތަވަލުގައި ފްރައިކޮށްލާށެވެ. އަދި ކުކުޅު ރޯފިލައި މަޑު މުށި ކުލައެއް އެރުމުން ނަގާށެވެ.
ޝަވަރުމާ ރެޕް ކުރުމަށް، ތައްޔާރުކޮށްފައިވާ މަސްކޮޅު އެއްވަރަކަށް ކޮށާށެވެ. ދެން ރޮށީގައި ތައްޔާރުކުރި ސޯސް ހާކާލައި ލެޓިއުސް ފަތާއި މަސްކޮޅަކާއި ފިޔައި އަދި ޓޮމާޓޯ ކޮޅު އަޅައި ރޯލް ކޮށްލާށެވެ. އަދި ރޮށިކޮޅު ރޫޅުނަ ނުދިނުމަށް ޓޫތު ޕިކް ބޭނުންކޮށްލާށެވެ.

ކިޔުންތެރިންގެ ހިޔާލު