ރަމަޟާން މަހު ރޯދައަށްހުރެ ސިނގިރެޓު ބުއިމާއި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ހުރިހާ އާދަތަކަކީ ހަރާމްވެގެންވާ ކަމެއްކަން އެންމެންނަށްވެސް އެނގެއެވެ. އަދި ސިނގިރެޓު ބުއިމުގެ އާދަ ކަށީގައި ހިފާފައިތިބޭ މީހުންވެސް ރަމަޟާން މަހު ރޯދައަށް ތިބެ އެއާއި ދުރުހެލިވެ ތިބެވެއެވެ.
ރަމަޟާންމަހު ދުވާލު ގަޑީގައި އެއާދަތަކާއި ދުރުހެލިވެވޭ ފަދައިން އެހެން ދުވަސްތަކުގައިވެސް ހިއްވަރު ގަދަކޮށްފިނަމަ އެކަމުން ދުރުހެލިވެވިދާނެކަން މިކަމުން އެނގެއެވެ. އެހެންކަމުން، ސިނގިރެޓު ބުއިމުގެ އާދަ ހުއްޓާލުމުގެ ވިސްނުން ގެންގުޅޭ މީހުންނަށް ތިރީގައިވާ ކަންތައްތަކުގެ ބޭނުން ހިފައި މިއާދަ ހުއްޓާލެވޭތޯ މަސައްކަތް ކުރެވިދާނެއެވެ.
ރަމަޟާން މަހުގެ އަޅުކަންތަކުގައާއި އޮފީސް އަދި ގޭގެ އެކިއެކި މަސައްކަތުގައި މަސްޢޫލުވެގެން އުޅުމުން، މީހާގެ ދުވަސް އެއްކޮށް ބިޒީކޮށްލައެވެ. އަދި މިކަމުގެ ސަބަބުން ސިނގިރެޓު ބުއިމަށް ބޭނުންވާ ވަގުތުވެސް އެހެންކަމެއްގައި މަޝްއޫލުވެ އުޅުމުން އެކަމުން އަރައިގަންނަން ފަސޭހަވެގެންދާކަން އިހުސާސްކުރެވޭނެއެވެ. އެހެންކަމުން ރޯދަ ވީއްލުމަށްފަހުވެސް ބިޒީވެލެވޭތޯ ބަލާށެވެ. މިސާލަކަށް ރޯދަ ވީއްލައި ނަމާދުކޮށްލައިގެން ބޭރަށް ނުކުމެ ހިންގާލާށެވެ. ނުވަތަ ރޯދަ ވީއްލުމަށްފަހު ގިނައިން ފެންބޯށެވެ. އަދި ސިނގިރޭޓުގެ ވަސްޖެހޭނެކަހަލަ ތަންތަނާއި ދުރުވެލާށެވެ. އަދި ސިނގިރެޓު ބޯ އެކުވެރިންނާއިވެސް ދުރުވެލާށެވެ.
ސިނގިރެޓު ބުއިމުގެ ސަބަބުން އެހެން މީހުންނަށް ދިމާވެފައިވާ ގެއްލުންހުރި ހާލަތްތަކާއި މެދު ވިސްނުމަކީވެސް ސިނގިރެޓު ބުއިމުގެ އާދަ ކަނޑުވާލުމަށް ކުރެވިދާނެ މުހިންމު ކަމެކެވެ. ތިމާއަށް ލިބޭ ގެއްލުމުގެ ސަބަބުން އަނބިދަރިން ނިކަމެތި ވެދާނެކަން ހަނދާންކުރަންވާނެއެވެ. އަދި މުޖުތަމައުގައި ސިނގިރެޓު ބޮއެ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ލިބިފައިވާ ގެއްލުންތަކުން އަމިއްލަ ނަފްސަށް އިބުރަތް ހާސިލް ކުރެވޭތޯ ބަލާށެވެ. އަދި ރަމަޟާން މަހުގެ އަޒުމަކަށް ސިނގިރެތު ބުއިން ހުއްޓާލުން ކަނޑައަޅައި އެކަމުގެ މަސައްކަތް ފަށާށެވެ.
ރަމަޟާން މަހުގައި ސިނގިރޭޓު ބުއިމުގެ އާދަ ހުއްޓާލާފައިވާ އެތައް ބަޔަކު ބުނާގޮތުގައި އެމީހުން ސިނގިރެޓު ބުއިން ހުއްޓާލީ އެކީ އެކައްޗަކަށް، އެއްވެސް ވަރަކަށް ސިނގިރެޓު ނުބުއިމަށް އަޒުމް ކަނޑައަޅައިގެންނެވެ. ނަމަވެސް ބައެއް މީހުންނަކީ އެއްފަހަރާ ސިނގިރެޓު ބުއިން ހުއްޓާލެވޭނެ މީހުންނެއް ނޫނެވެ. އެފަދަ މީހުންނަށް ސިނގިރެޓު ބުއިން ހުއްޓާލެވޭނީ ދުވާލަކު ބޯ ސިނގިރޭޓުގެ އަދަދު ދުވަހުން ދުވަހަށް މަދުކުރަމުން ގޮހެވެ. އަދި ބައެއް މީހުންނަށް މިއާދަ ހުއްޓުމަށް ޑޮކްޓަރެއްގެ އެހީއާއިއެކު ނިކޮޓިންގ ރިޕްލޭސްމަންޓް ތެރަޕީގެ ބޭނުންވެދާނެއެވެ. އައި،ޖީ.އެމް.އެޗުގައިވެސް މިޚިދުމަތް ލިބެން އެބަހުއްޓެވެ. އެހެންކަމުން އަޒުމެއް އޮތްނަމަ ލިބެން އޮތް އެހީތެރިކަމެއް ހޯދާށެވެ.
އާދަކޮށް ސިނގިރެޓު ބޯމީހަކަށް މިކަން ހުއްޓާލުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ. އެހެންކަމުން، މިއާދަ ހުއްޓުމަށްޓަކައި ވަރުގަދަ ޕްލޭންއަކާއި ނުގުޑާފަދަ އަޒުމަކާއި ހިއްވަރެއް ލާންޖެހެއެވެ. އަދި މިކަމާއި ބެހޭގޮތުން ހޭލުންތެރިވެ، މިކަމުން ތިމާ އަރައިގަންނަން ބޭނުންވާ ސަބަބު ރަނގަޅަށް ހަނދާނުގައި ހަރުލައްވަންޖެހެއެވެ.
ރޯދަމަހުގައި ދުވާލު ގަޑީގައި ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމަށް އެހައި ފަސޭހަވަނީ ހަށިގަނޑުގައި ކާނާ ނެތުމުން ލޭގެތެރޭގައި ނިކޮޓިންގ ދައުރުވާ މިންވަރު މަދުވީމައެވެ. ނަމަވެސް، ރޯދައިގެ މަތިވެރި އަޅުކަމަށްޓަކައި 12 ގަޑިއިރު ސިނގިރެޓު ނުބޮއި ހުރެވުމުން މިއީ ހިއްވަރެއްލައިގެން ކުރެވިދާނެކަމެއްކަން އެނގިގެންދެއެވެ.
ރަމަޟާން މަހުގައި ސިނގިރޭޓު ބުއިން ހުއްޓާލަން ގަސްތުކުރުމަކީ ވަރަށްވެސް ރަނގަޅު ވިސްނުމެކެވެ. މިކަމުގެ ސަބަބުން ތިމާއަށް ޞިއްޙީ ގޮތުންނާއި މާލީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެއެވެ. ވީމާ، މިރަމަޟާންމަހު ދުންފަތުގެ އިސްތިއުމާލު ކުރުމުގެ، ހަށިގަނޑަށް ގެންލުންދެނިވި މިއާދައިން ދުރުހެލިވެވޭތޯ މަސައްކަތް ކުރަމާ ހިނގާށެވެ.

ކިޔުންތެރިންގެ ހިޔާލު