ހަލުވިދާއަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ނަން ހިނގާ ފޮނި ކާއެއްޗެކެވެ. އަދި އެކިއެކި ހަފްލާތަކާއި ބޮޑެތި ކެއްކުންތަކުގައި އަދި ވަކިން ހާއްސަކޮށް ރޯދަމަހު ރޯދަ ވިއްލުމަށްވެސް ދިވެހިންގެ ސުފުރާމަތީން ހާއްސަ ޖާގައެއް ހޯދާފައިވާ މީރު ކެއުމެކެވެ.
އެހެންކަމުން މިއަދު މިބަލާލަނީ ހަލުވިދާ ފަސޭހައިން ތައްޔާރު ކޮށްލާނެ ގޮތެވެ. އެގޮތުން މިގެނެސްދެނީ ހަތަރު މީހަކަށް ހަލުވިދާ ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި:
7 ޖޯޑު ފެން
1 ޕެކެޓް ހަލުވިދާ
½ 1 ގެރިކިރު ދަޅު
2-3 ތިކި ކާކުލަ
ތައްޔާރުކުރާނެގޮތް:
ހަލުވިދާ ޕެކެޓު ކަނޑާލައި އަތްތިލައަށްވުރެ ކުޑަތަންކޮޅެއް ބޮޑުވާނެ ބައެއް ނެގޭނެހެން ކަތުރަކުން ހަލުވިދާ ބޮނޑި ބުރިކޮށްލާށެވެ. އަދި ކުދިކޮށް ކޮށާލާށެވެ. އެއަށްފަހު 2 ޖޯޑު ފެން ބޯތަށްޓަކަށް އެޅުމަށްފަހު އޭގެ ތެރެއަށް ކޮށި ހަލުވިދާތައް އަޅާލާފައި ފޯކުރަން ބަހައްޓާށެވެ. ދެން 5 ޖޯޑު ފެން ތެއްޔަކަށް އަޅައި އުނދުން މައްޗަށް އުދާށެވެ. އަދި ފެންގަނޑު ބޮކިޖަހާ ކެކިގަންނަންދެން ކައްކާށެވެ. ފެންގަނޑު ކެކި ގަތުމުން ފޯކުރަން ބެހެއްޓި ހަލުވިދާތައް ތެއްޔަށް އަޅައި ގިރަމުން ގެންދާށެވެ. އަދި ހަލުވިދާ ފެނުގެ ތެރެއަށް އެއްވުމުން ގެރިކިރާއި ކާކުލަ އަޅައި ރަނަގަޅައް ގިރަމުންގެންދާށެވެ. މިހެން ގިރަމުން ގެންދާނީ ހަލުވިދާކޮޅު ފެނުގެ ތެރެއަށް ރަނގަޅަށް ވިރެން ދެނެވެ. މިހެން ހަދާއިރު ގިނި ބަހައްޓާނީ މެދު މިނެއްގައެވެ. އަދި ރަނގަޅަށް ވިރިއްޖެތޯ ބަލާނީ ލޯވަޅު ހުންނަ ވައްތަރުގެ އުނދުޅިއެއް ނޫނީ ބޮޅެއްހެން ލަނބާލާފައި އިން އިލޮށިކޮޅެއް ކަހަލަ އެއްޗެއް ބޭނުން ކޮށްގެނެވެ. ފެންގަނޑުގެ ތެރެއަށް އެ ލާފައި ނަގާއިރު ލޯވަޅު ނުވަތަ ބޮޅު ބެދޭވަރަށް ފަށަލައެއް ހަރުލާފައިވާނަމަ އެހެރީ ރަނގަޅަށް ކެކިފައެވެ. އެގޮތަށް ފަށަލައެއް އުފެދިފައި ނުވާނަމަ އަދި އިތުރަށް ކައްކާށެވެ.
ހަލުވިދާ ހަރުވުމުން ޓްރޭއަކަށް އަޅައި އައިސް އަލަމާރިއަށް ލާށެވެ. އަދި ފިނިކޮށްފައި ރީތިކޮ ކެވޭވަރަށް ހަތަރެސްކަނަށްވާ ގޮތަށް ފޮތިފޮތިކޮށް ކޮށާލާށެވެ.

ކިޔުންތެރިންގެ ހިޔާލު