މަރިޔަމް ލަމްޙާ ރަޝީދު   28 މާރިޗު 2023 - 18:3
ރޯދައަށް ތިބުމަށްފަހު މުޅިއާއިލާ އެއްމޭޒަކަށް އަރައި ރޯދަ ވީއްލުމަށް ލިބޭ ފުރުޞަތަކީ ވަރަށްވެސް އުފާވެރިކަން މުޅިއާއިލާއަށްވެސް ލިބިގެންދާ ވަރަށް އަގުހުރި ވަގުތުކޮޅެކެވެ.
ރޯދައަށް ތިބުމަށްފަހު މުޅިއާއިލާ އެއްމޭޒަކަށް އަރައި ރޯދަ ވީއްލުމަށް ލިބޭ ފުރުޞަތަކީ ވަރަށްވެސް އުފާވެރިކަން މުޅިއާއިލާއަށްވެސް ލިބިގެންދާ ވަރަށް އަގުހުރި ވަގުތުކޮޅެކެވެ.
ރޯދަމަހު ދުވާލު ރޯދައަށް ތިބުމަށްފަހު މުޅިއާއިލާ އެއްމޭޒަކަށް އަރައި ރޯދަ ވީއްލުމަށް ލިބޭ ފުރުޞަތަކީ ވަރަށްވެސް އުފާވެރިކަން މުޅިއާއިލާއަށްވެސް ލިބިގެންދާ ވަރަށް އަގުހުރި ވަގުތުކޮޅެކެވެ. އަދި މުޅި ދުވަހު ކެއިންބުއިމާއި ދުރުގައި އުޅުމަށްފަހު، އާއިލާގެ ކުދިބޮޑު އެންމެން އެކީ، އެއްސުފުރާ އަކުން އެމީހަކު ކާންބޭނުން އެއްޗެއް ކާން އިންތިޒާރު ކުރަމުން އަންނަ ވަރަށް ވެސް މުހިއްމު ވަގުތުކޮޅެކެވެ.

ބޮޑު އިސްރާފެއް ނަމަވެސް ދިވެހިންގެ އާދަކަދަ ހުންނަ ގޮތުން ރޯދަ ވީއްލުމަށް ކޮންމެ ދުވަހަކުވެސް އެކި ރަހަތަކުގެ ކާނާ ސުފުރާ މައްޗަށް އެރުވައެވެ. ބަޖިޔާ، ސަބްމެރިން، ބޯކިބާ، ޕުޑިން، ނާން، ބަޓަރ ޗިކަން، ނޫޑުލްސް މިހެންގޮސް އެތައް ވައްތަރެއްގެ ބާވަތެއް ކޮންމެ ދުވަހަކުވެސް ތައްޔާރު ކުރެވެއެވެ.

އެކިވައްތަރުގެ ހެދިކާއާއި ފޮނިކާތަކެއްޗާއި އެކިވައްތަރުގެ ފަނިފަނި ތައްޔާރު ކުރުމަކީ ރޯއްދަވީއްލާ ވަގުތު ޖެހޭއިރުވެސް ކޮށް ނިންމާނުލެވޭ ކަމެކެވެ. ތައްޔާރު ކުރާ އެކި ބާވަތްތައް ގިނަކަމުންނެވެ. ޖޫހެއްވިއްޔާ ތިނެއް ނޫނީ ހަތަރު ވައްތަރެއް ތައްޔާރު ކުރާނެވެ. އަދި ހެދިކާގެވެސް ކުޅި ފޮނި އެލުލެވޭހެން 10 ވަރަކަށް ވައްތަރު ހުރެދާނެއެވެ. އެހެންކަމުން ދުވާލު ވަގުތު ރޯދައަށް ހުންނައިރު އެހުންނަ ކަރުހިއްކުން ފިލުވާލުމަށް މިދެންނެވި ޖޫހަކާއި ފަންޏަކާ އަދި ހާއްސަކޮށް ފޮނި ހެދިކާތައް ދޫކޮށްލުމަކީ އުނދަގޫކަމަކަށްވެއެވެ. ނަތީޖާއަކަށް ވެގެންދަނީ ރޯދަމަސް ނިމޭއިރު، ދެމީހަކު ދިމާވެއްޖެނަމަ ދެކެވޭ މައިގަނޑު ވާހަކައަކަށްވެގެންދަނީ ބަރުދަން އިތުރުވި ވާހަކައެވެ. ނުވަތަ ފަލަވެގެން ކަސްރަތު ފަށަންވީ ވާހަކައެވެ. އެހެންކަމުން، މިރަމަޟާންމަސް ނިމިގެންދާއިރު، ތިމާގެ ހަށިގަނޑާދޭތެރޭ ވިސްނާނަމަ، މިފަހަރުގެ ރޯދަމަހުގެ ކެއުމުގެ އާދަތައް ބަދަލުކޮށްލަމާ ހިނގާށެވެ.

ރަމަޟާންމަހުގައި ހަށިގަނޑަށް ބޭނުންވާ ހުރިހާ މާއްދާތައް ލިބިދިނުމަށްޓަކައި ރޯދަ ވީއްލުމުގައާއި ހާރުކެއުމުގައި ބޭނުންކުރާ ކެއުންތަކުގައި ހަށިގަނޑަށް ބޭނުންވާ ހުރިހާ މާއްދާތަކެއް ލިބިދެވޭނެ ގޮތަކަށް ކެއުން ތައްޔާރު ކުރާށެވެ. އޭރުން ދުވާލުގެ މަސައްކަތާއި އަޅުކަންތަކުގައި ވަރުބަލިނުވެ އުޅުމަށް، ހަށިގަނޑަށް ހަކަތަ ލިއްބައިދޭނެއެވެ. އަދި ހަށިގަނޑަށް ގެއްލުން ހުރި ކާނާއާއި ކަރުހިއްކުން އިތުރުކުރުވާފަދަ ކާނާއާއި ދުރުހެލިވާންވާނެއެވެ.

މިދެންނެވި ކަން ކަމުގެ އިތުރުން ރޯދަމަހުގައި އަޅުގަނޑުމެންގެ ކެއުމުގައި އަޅުގަނޑުމެންގެ އަމަލުތައް ބެހެއްޓޭ ގޮތުން ސިއްޙީގޮތުން އަޅުގަނޑުމެންގެ ހަށިގަނޑަށް ވަރަށް ބޮޑެތި ގެއްލުންދެނިވި ބަދަލުތައް އާދެއެވެ. އެހެންކަމުން މިދަފަ ނޭދެވޭ ހަށިގަނޑަށް ގެއްލުންދެނިވި ޢަމަކުތަކުން ދުރުހެލިވުމަށް ސަމާލުކަން ދިނުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

ހަށިގަނޑަށް ގެއްލުން ލިއްބައިދޭ ޢަމަލުތައް:

1- މާގިނައިން ފޮނި އެއްޗެހި ކެއުން:

އާއްމުކޮށް ރޯދަ ވީއްލުމުގައި ފޮނި އެއްޗެހި ކެއުމަކީ ދިވެހިންގެ ތެރޭގައިވެސް އާއްމުވެފައިވާ އާދައެކެވެ. ފަންޏާއި އެކި ބާވަތުގެ ފޮނި ބޯކިބަލާއި އަދި ފަހުގެ ޗޮކްލެޓް ފަޖް ކަހަލަ ކާނާތަކެވެ. މިއީ ރޯދަ ވީއްލާ ވަގުތު މީހާއަށް ވަރަށް ހިތްހަމަޖެހުން ލިއްބައިދޭ ކާނާގެ ބާވަތެކެވެ. އެހެންނަމަވެސް، ޑައިޓީޝަނުން ލަފާދެއްވާ ގޮތުގައި ރޯދަ ވީއްލުމަށްފަހު މާގިނައިން ފޮނި އެއްޗެހި ބޭނުން ކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. ސަބަބަކީ ފޮނި އެއްޗެހީގައި ހަށިގަނޑަށް ފައިދާހުރި މާއްދާތައް މަދުވެފައި ކެލޮރީސް އިތުރަށް ހިމެނޭތީއެވެ. އަދި އޭގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ ކެލޮރީ އިތުރުވުމުން ފެޓްސްއަށް ބަދަލުވެ ހަށިގަނޑުގެ ބަރުދަން އިތުރުވާގޮތް ދިމާވާތީވެސް މެއެވެ.

އެހެންކަމުން ފޮނި އެއްޗެހި ކެއުމަށް ބޭނުންވާ މީހުންނަށް އެންމެ ރަނގަޅު ގޮތަކީ މޭވާގެ ތެރޭގައި ހިމެނޭ ފޮނި ބާވަތްތައް ހުހާ ބޭނުންކުރުމެވެ. މިސާލަކަށް، ކަރާ، ޕީޗް އަދި ކުރުނބާ ފަދަ މޭވާތަކުގައި ހަކުރު ހިމެނެއެވެ. މިފަދަ މޭވާ ކެއުމުން މީހާގެ ކަރު ހިއްކުން ފިލައި އަދި ހަށިގަނޑު ހައިޑްރޭޓްވެސް ކޮށްދޭނެއެވެ. އަދި ބަރުދަން އިތުރުވެގެން ނުދާނެއެވެ.

އަދި ހަމައެހެންމެ ހިކި މޭބިސްކަދުރާއި އެކިއެކި ބަދަނުގެ ވައްތަރުތައްވެސް ކެވިދާނެއެވެ. މިއީ ހަށިގަނޑަށް ބޭނުންވާ ގިނަ މާއްދާތަކެއް ލިއްބައިދޭ އަދި ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދޭނެ ބާވަތްތަކެކެވެ. މީގެ އިތުރުން އާދައިގެ ހަކުރުގެ ބަދަލުގައި މާމުއި އާއި މޭޕަލް ސިރަޕް ފަދަ ގުދުރަތީގޮތުން ކާނާ ފޮނިކޮށްދޭ އެއްޗެއް ފޮނި ކާތަކެތި ތައްޔާރުކުރުމުގައި ބޭނުން ކުރެވިދާނެއެވެ.

2- ކާތަކެތި ތައްޔާރުކުރުމުގައި ލޮނު މަދުކުރުން:

މާގިނައިން ލޮނު ހަށިގަނޑަށް އެތެރެވުމުން ކަރުހިއްކާ މިންވަރު އިތުރުވެއެވެ. އަދި ސޯޑިއަމް ހަށިގަނޑުގައި އިތުރުވެއެވެ. މީގެ ސަބަބުން ލޭގެ ޕްރެޝަރު އިތުރުވެ ހިތުގެ ބަލިތަކަށް ހަށިގަނޑު ހުށަހެޅިދެއެވެ. އެހެންކަމުން ކެއްކުމުގައި ލޮނު ބޭނުންކުރުމުގައި ސަމާލުވެލާށެވެ.

3- ސޮފްޓް ޑްރިންކްސް ބޭނުންކުރުން:

މުޅި ދުވަހު ރޯދައަށް ހުރުމަށްފަހު ފިނި ކޯކެއް ފަދަ ބުއިމެއް ބޭނުންވެދާނެއެވެ. އެހެންނަމަވެސް މިއީ ހަކުރު ގިނަ ހަށަގަނޑަށް ގެއްލުންދެނިވި މާއްދާތައް އެކުލެވޭ ބުއިންތަކެކެވެ. އެހެންކަމުން މިބުއިންތަކާއި ދުރުހެލިވާށެވެ. އޭގެ ސަބަބުން ހަކުރުބައްޔަށް މަގުފަހިވެ މީހާ ފަލަވުން އެކަށީގެންވެއެވެ. މީގެ މޭވާއިން ބުއިންތައް ތައްޔާރުކުރުން ރަނގަޅުވާނެއެވެ.

4- ތެލުލި އެއްޗެހި ބޭނުންކުރުން:

ތެލުލި ހެދިކާގެ ބާވަތްތަކަކީ ރޯދަ ވީއްލުމަށް އެންމެނަށްވެސް އެންމެ ކަމުދާ ބާވަތޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ. ނަމަވެސް މިއީ ހަށިގަނޑަށް އެންމެ ފައިދާހުރި ކާނާ ކަމުގައި ނުވެއެވެ. މިތަކެތީގައި ކެލޮރޯސް އިތުރުވެފައި ބަރުދަން އިތުރުވުމަށް މަގުފަހިވެއެޗެ. އަދި މިއީ ފަސޭހައިން ހަޖަމުނުވާ ބާވަތެކެވެ. އަދި ހިތުގެ ބައްޔާއި ސްޓްރޯކް ޖެހުމަށްވެސް މަގުފަހިވާ ކެއުމުގެ ބާވަތެކެވެ. އެހެންކަމުން ތެލުލުމުގެ ބަދަލުގައި އަވަން ނުވަތަ އެއަރ ފްރައި ބޭނުން ކުރެވިދާނެއެވެ.

5- ގިނައިން ކާބޯހައިޑްރޭޓްސް ހުންނަ ކާނާ ބޭނުންކުރުން:

ކާބޯހައިޑްރޭޓް އެންމެ ގިނައީ އާދައިގެ ފުށާއި ޕާނާއި ހަނޑޫ، ޕާސްތާ އަދި މެޓާ، ސޮފްޓް ޑްރިންކްސް ފަދަ ތަކެތީގައެވެ. ރިފައިންޑް ކާބޯހައިޑްތޭޓްގައި ފައިބަރ އާއި މުހިންމު ވިޓަމިން އަދި މިނަރަލްގެ މާއްދާތައް މަދެވެ. އަދި މިއީ ފަސޭހައިން ހަޖަމުވާ ކެއުމުގެ ބާވަތަކަށް ވުމުން ގިނައިން ކެއުމަށް މަގުފަހިވެއެވެ.

އެހެންކަމުން ކެއުމުގައި ހަށިގަނޑަށް ފައިދާހުރި ކާނާ ޚިޔާރުކުރައްވައި މި ރަމަޟާން މަހަކީ ހަށިގަނޑަށް ބަލައިގެން ކެއުމުގެ ކަންތައްތައް ރާވާލެވޭ މަހެއްކަމުގައި ހައްދަވާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން