މަރިޔަމް ލަމްޙާ ރަޝީދު   29 މާރިޗު 2023 - 14:13
ޓާކޯއަކީ އިޓަލީގެ ވަރަށް މަގުބޫލު ކެއުމެއް
ޓާކޯއަކީ އިޓަލީގެ ވަރަށް މަގުބޫލު ކެއުމެއް
ދިވެހިންނަކީ ތަފާތު ރަހަތަށް ތަޖުރިބާ ކޮށްލަންބޭނުންވާ ބައެއްކަން އަހަރެމެން އެންމެންވެސް ޤަބޫލުކުރާނެއެވެ. ހާއްސަކޮށް ރޯދަމަސް މިއީ، ތަފާތު ގައުމުތަކުގެ ޑިޝްތައް އެއިން ގައުމަކަށް ނުގޮސް، ގޭގައި ތިބެގެން ދިވެހިން އަންހެންވެރީން އަޖުމަބަލާ މަހެވެ.

ކޮންމެ ރޯދަމަހެއްގައުވެސް ދިވެހީން ޤައުމުތަކަށް ޒިޔާރަތް ކުރުމަކާނުލައި، އަމިއްލަގޭގައި ތިބެގެން ރޯދަ ވީއްލާ ވަގުތުގައި އެކި ގައުމުގަތަކުގެ ތަފާތު ރަހަތައް ތަޖުރިބާ އެބަކުރެއެވެ.

މިގޮތުން، އިޓަލީގެ އާއްމު ކެއުމެއް ކަމުގައިވާ ޓާކޯއަކީ ރޯދަވީއްލަން އައު ކާއެއްޗެއް ތަޖުރިބާކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް ރަނގަޅުވާނެ ބާވަތެކެވެ. އެހެންކަމުން ޓާކޯސް ތައްޔާރުކުރާނެ ގޮތް ހިމަނާލަމެވެ.

ބޭނުންވާތަކެތި:

3 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް

4 ބޯންލެސް ޗިކަން ބްރެސްޓް (1 އިންޗި ދިގުމިނަށް ކޮށާފައި)

2 ސައިސަމްސާ މުގުރި މިރުސް

2 ސައިސަމްސާ ދިރި (މުގުރާފައި)

½ ސައިސަމްސާ ގާލިކް ޕައުޑަރ

¼ މޭޒުމަތީ ސަމްސާ މިރުސް

½ ސައިސަމްސާ މުގުރި އަސޭމިރުސް

8 ޓޯޓިލާ (ރޮށި)

ޓޮޕިންއަށް ބޭނުންވާ ތަކެތި:

ސަވަރ ކްރީމް

ފިޔާ (ތުނިކޮށް ކޮށާފައި)

ޓޮމާޓޯ (ކިއުބްކޮށް ކޮށާފައި)

ޗެޑަރ ޗީޒް

ލުނބޯ ފަޅިކޮށްފައި

ޓާކޯ ތައްޔާރުކުރާނެ ގޮތް:

ތެޔޮފޮދު ތަވަޔަށް އެޅުމަށްފަހު މަޑުގިނީގައި އުނދުން ޖައްސާށެވެ. އަދި ލޮނާއި އަސޭމިރުސް ކުކުޅުކޮޅުގައި ރަނގަޅަށް ހޭކޭނެހެން އެއްކޮށްލައި ތަވަލުގެ ތެރެއަށް އަޅާށެވެ. އަދި 6 މިނެޓު ވަންދެން ނުވަތަ ކުކުޅުކޮޅު ރޯފިލައި މަޑު މުށިކުލައެއް އަރަންދެން ކައްކާށެވެ. ދެން ބާކީ ހުރި ހަވާދުގެ ބާވަތްތައް އަޅައި މިނެޓެއް ވަރު ވަންދެން އެއްކުރާށެވެ. ތަވާގެ ފުލުގައި ތަތްލަވާނަމަ، އިތުރަށް ތެޔޮފޮދެއް ޖައްސާލާށެވެ.

ދެން ޓޯޓިލާތައް ނަގައި ކުކުޅު ކޮޅާއި ބޭނުންވާ ޓޮޕިންގތައް އެއަށް އަޅާށެވެ. އަދި ސާވް ކުރާއިރު ލުނބޯހުތްކޮޅެއް ޖެއްސުމަށް ކޮށާފައި ހުރި ލުނބޮލާއިއެކު ސާވްކުރާށެވެ.

މިރެސިޕީގައިވާ ޓޯޓިލާ ގަނެވިދާނެއެވެ. ނުވަތަ ގޭގައިވެސް ތައްޔާރު ކުރެވިދާނެއެވެ. ތިރީގައި އެވަނީ އާދައިގެ ފުށުން ޓޯޓިލާ ތައްޔާރު ކުރާނެގޮތެވެ.

ޓޯޓިލާ ހެދުމަށް ބޭނުންވާ ތަކެތި:

3 ޖޯޑު ފުށް

1 މޭޒުމަތީ ސަމްސާ ލޮނު

1 ސައިސަމްސާ ބޭކިންގ ޕައިޑަރ

3/1 ޖޯޑު ތެޔޮ

1 ޖޯޑު ހޫނުފެން

ޓޯޓިލާ ތައްޔާރު ކުރާނެގޮތް:

ފުށްގަނޑު މޮޑުމަށް ފުށާއި ލޮނު އަދި ބޭކިން ޕައުޑަރކޮޅު ފުށް މޮޑޭ ތައްޓަށް އަޅައި އެއްކޮށްލާށެވެ. އަދި ތެލާއި ހޫނު ފެން އެޅުމަށްފަހު އާއްމުކޮށް ފުށް މޮޑޭގޮތަށް ފުށް މޮޑޭށެވެ. ދެން އެއަށްފަހު ފުށްގަނޑު ފޯލިހެން އަތުން ރޯލްކޮށްލައި 16 ބަޔަށް ގުޅަ ކަނޑާށެވެ. އަދި ގުޅަ ވަށާލާށެވެ. އެއަށްފަހު މަތިޖެހި ތަށްޓަކަށް އަޅައި 15 ވަރަކަށް މިނެޓު ވަންދެން ބަހައްޓާށެވެ. ބޮޑަށް ރަނގަޅީ 1 ގަޑި އިރުވަރު މިގޮތަށް ބެހެއްޓުމުންނެވެ.

ދެން 6 އިންޗި ދިގު ރޮށި ދަމާށެވެ. މިގޮތަށް ރޮށި ދަމާއިރު އެހައި ތުނި ނުކުރާށެވެ. ދެން އާއްމުކޮށް ރޮށި ފިހޭ ގޮތަށް ރޮށިތައް ފިހެލާށެވެ. ޓާކޯ ޝެލް ތައްޔާރުކުރުމަށް އަވަން 375 ޑިގްރީއަށް ޕްރީ ހީޓްއަށް ލާށެވެ. ދެން ރޮށިތަގުގެ ދެފަރާތުގައި ތެޔޮ ހާކާށެވެ. އަދި އަވަނާއިއެކު ލިބިފައިވާ މަސްފިހާ ދަގަނޑު ރެކްގައި ދޭދިދޭއްޗަށް ނުޖެހޭނެހެން (ރޮށީގެ ދެފަރާތް އެއްވަރުވާނެހެން) ދަނގަނޑުގައި ރޮށިތައް އަޅުވާށެވެ. ދެން ރޮށިތަކާއިއެކު ދަގަނޑު ރެކު އަވަނަށް ލުމަށްފަހު 8 ނުވަތަ 10 މިނެޓު ވަންދެން ރޮށިތައް އަވަނުގައި ފިހާށެވެ. މިގޮތަށް 8 ނުވަތަ 10 މިނެޓު ހަމަވުމުން ރޮށިތައް ހުންނަންވާނީ މުރަނަވެފައި މަޑު މުށި ކުލައެއްގައެވެ. ފިހެ ނިމުމުން ޓޮންގްއަކުން މަޑުމަޑުން ޓާކޯ ޝެލްތައް ނަގާށެވެ. އޭރުން ހުންނާނީ ޓާކޯ މަސްކޮޅާއި ޓޮޕިންގސް އެޅުމަށް ޓޯޓިލާ ތައްޔާރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން