އުތެމަ ޖަމިއްޔާއިން ނެރުނު ރިޕޯޓަކީ އިސްލާމީ ރިވެތި އުސޫލުތައް ދިވެހި ފަސްގަނޑުން ފޮހެލުމަށް ބަޔަކު ރާވައިގެން ކުރާ ސިލްސިލާ މަސައްކަތުގެ ބައެއް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އަދާލަތުން ބުނީ، މިހާރަކަށް އައިސް ރާއްޖެއިން ފެންނަމުންދާ ބައެއް ކަންކަމަކީ އިސްލާމީ ޝަރީއަތުގެ މަގްސަދުތަކާއި އަދި ގާނޫނު އަސާސީގެ ރޫހާވެސް ހިލާފު ކަންކަން ކަމަށެވެ. އަދި އެކަންކަމަކީ އިއްޔެއަކު އަދި މިއަދަކު ފެށުނު ކަންކަން ނޫން ކަމަށާއި އެއީ އަހަރުތަކެއް ކުރީއްސުރެ ބަޔަކު މީހުން އަޑީގައި ތިބެގެން ވަކި މަގްސަދެއް ހާސިލް ކުރުމަށް ހިންގަމުން އަންނަ ޖަރީމާތަކެއް ކަމަށް އެ ޕާޓީން ބުނެއެވެ.
2015 އަހަރު ޝާއިއުކުރި މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް ގެ ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ އުވާލުމާއެކު، އަންހެނުންނާ މެދު ކުރެވޭ ތަފާތު ކުރުންތައް ނައްތާލުމަށް އދގެ ބައިނަލްއަގްވާމީ މުއާހަދާ ސީޑޯ ކޮމިޓީއަށް ހުށަހެޅުމަށް އުތެމަ ޖަމިއްޔާއިން މި އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު އާންމު ކުރި ރިޕޯޓާ މެދު ކަންބޮޑުވާ ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތުން ވަނީ ބުނެފައެވެ.
ޢަދާލަތުން ބުނީ، އުތެމައިން ނެރުނު ރިޕޯޓުގައި ވަނީ އެމްޑީއެންއިން ނެރުނު ރިޕޯޓަށް ތާއީދުކޮށް އަދި އިސްލާމްދީން ތައުހީނުކޮށް ޝަރީއަތުގެ ހުކުމްތަކަށް ފުރައްސާރަކޮށް ތައުހީނުކޮށްފައި ކަމަށެވެ. އެފަދަ ކަންކަމަކީ ސައްތައިންސައްތަ މުސްލިމް ގައުމެއްގައި އެއްވެސް ފަރުދެއްގެ ކިބައިން ފެނިގެން ވާނެ ކަންކަމެއް ނޫން ކަމަށް އަދާލަތުން ބުނެފައިވެއެވެ.
އަދާލަތު ޕާޓީން ވަނީ އިސްލާމްދީނުގެ އަސްލު އުސޫލުތައް ތައުހީނު ކުރުމަށް ކުރެވޭ މަސައްކަތްތަކާއި އެދީނުގެ މަތިވެރި އުސޫލުތަކާއި ޚިލާފަށް ކުރެވޭ ކަންކަން އެ ޕާޓީން އެންމެ ހަރުކަށިކޮށް ކުށްވެރިކުރާކަމަށް ބުނެފައެވެ.
ދިވެހި މުޖްތަމަޢުން މިހާރު ނޭއްގާނީ ގިނަ ޢަމަލުތަކެއް ފެންނަމުންދާ ކަމަށާއި، އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، އަނެހެން ކުދިންގެ ޢިއްފަތްތެރިކަން ފޭރިގަތުންފަދަ ފާސިދު މުންކަރާތްތައް ހިމެނޭ ކަމަށް ޢަދާލަތުގެ ބަޔާނުގައިވެއެވެ. މިފަދަ މުންކަރާތްތަކުން ދުރުހެލިވުމަށާއި އިލާހީ ކޯފާއަށް ބިރުވެތިވުމަށް އެދި އެންމެހާ ރައްޔިތުންނަށް ނަސޭޙަތްތެރިވުމާއެކު، އެފަދަ މުންކަރާތްތައް ހުއްޓުވައިދެއްވުން އެދި ކަމާބެހޭ ފަރާތްތަކުގައި ދެންނެވުމަކީ، ކޮންމެ މުވާތިނެއްގެ މަސްއޫލިއްޔަތެއްކަން ވެސް ޢަދާލަތުން ހަނދުމަކޮށްދީފައިވެއެވެ.
ޢަދާލަތުގެ ބަޔާން ނިންމާލަމުން ވަނީ، މިފަދަ ކަންކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނަސް ލަސްނުކޮށް ފިޔަވަޅު އެޅުމަށް އެންމެހާ މުވައްސަސާތަކަށް ގޮވާލާފައެވެ.
އަދާލަތުން މިފަދަ ގޮވާލުމެއް ގޮވާލާފައިވާއިރު މިފަދަ ކަންކަން ހުއްޓުވައި ފިޔަވަޅު އަޅައި ތަހުގީގު ކުރުމުގެ ޒިންމާ މަތިކޮށްފައިވާ ފުުހުންގެ އިދާރާއާއި ހަވާލުވެ ހުންނެވި އެންމެ އިސް ވެރިއަކީ އަދާލަތު ޕާޓީގެ ރައީސް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއެވެ.

އިސްލާމްދީނުގެ އަސްލު އުސޫލުތައް ތައުހީނު ކުރުމަށް ކުރެވޭ މަސައްކަތްތަކާއި އެދީނުގެ މަތިވެރި އުސޫލުތަކާއި ޚިލާފަށް ކުރެވޭ ކަންކަން ކުށްވެރިކުރުމާއި އެކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް ގޮވާލައި، ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ނެރޭ ބަޔާން pic.twitter.com/mJXzOTvFoT
— Adhaalath Party (@AdhaalathOffice) June 30, 2020
ޢަދާލަތުން ބުނީ، އުތެމައިން ނެރުނު ރިޕޯޓުގައި ވަނީ އެމްޑީއެންއިން ނެރުނު ރިޕޯޓަށް ތާއީދުކޮށް އަދި އިސްލާމްދީން ތައުހީނުކޮށް ޝަރީއަތުގެ ހުކުމްތަކަށް ފުރައްސާރަކޮށް ތައުހީނުކޮށްފައި ކަމަށެވެ. އެފަދަ ކަންކަމަކީ ސައްތައިންސައްތަ މުސްލިމް ގައުމެއްގައި އެއްވެސް ފަރުދެއްގެ ކިބައިން ފެނިގެން ވާނެ ކަންކަމެއް ނޫން ކަމަށް އަދާލަތުން ބުނެފައިވެއެވެ.
އަދާލަތު ޕާޓީން ވަނީ އިސްލާމްދީނުގެ އަސްލު އުސޫލުތައް ތައުހީނު ކުރުމަށް ކުރެވޭ މަސައްކަތްތަކާއި އެދީނުގެ މަތިވެރި އުސޫލުތަކާއި ޚިލާފަށް ކުރެވޭ ކަންކަން އެ ޕާޓީން އެންމެ ހަރުކަށިކޮށް ކުށްވެރިކުރާކަމަށް ބުނެފައެވެ.
ދިވެހި މުޖްތަމަޢުން މިހާރު ނޭއްގާނީ ގިނަ ޢަމަލުތަކެއް ފެންނަމުންދާ ކަމަށާއި، އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، އަނެހެން ކުދިންގެ ޢިއްފަތްތެރިކަން ފޭރިގަތުންފަދަ ފާސިދު މުންކަރާތްތައް ހިމެނޭ ކަމަށް ޢަދާލަތުގެ ބަޔާނުގައިވެއެވެ. މިފަދަ މުންކަރާތްތަކުން ދުރުހެލިވުމަށާއި އިލާހީ ކޯފާއަށް ބިރުވެތިވުމަށް އެދި އެންމެހާ ރައްޔިތުންނަށް ނަސޭޙަތްތެރިވުމާއެކު، އެފަދަ މުންކަރާތްތައް ހުއްޓުވައިދެއްވުން އެދި ކަމާބެހޭ ފަރާތްތަކުގައި ދެންނެވުމަކީ، ކޮންމެ މުވާތިނެއްގެ މަސްއޫލިއްޔަތެއްކަން ވެސް ޢަދާލަތުން ހަނދުމަކޮށްދީފައިވެއެވެ.
ޢަދާލަތުގެ ބަޔާން ނިންމާލަމުން ވަނީ، މިފަދަ ކަންކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނަސް ލަސްނުކޮށް ފިޔަވަޅު އެޅުމަށް އެންމެހާ މުވައްސަސާތަކަށް ގޮވާލާފައެވެ.
އަދާލަތުން މިފަދަ ގޮވާލުމެއް ގޮވާލާފައިވާއިރު މިފަދަ ކަންކަން ހުއްޓުވައި ފިޔަވަޅު އަޅައި ތަހުގީގު ކުރުމުގެ ޒިންމާ މަތިކޮށްފައިވާ ފުުހުންގެ އިދާރާއާއި ހަވާލުވެ ހުންނެވި އެންމެ އިސް ވެރިއަކީ އަދާލަތު ޕާޓީގެ ރައީސް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއެވެ.
ކިޔުންތެރިންގެ ހިޔާލު