ރޯދައަށް ހުންނައިރު އެވާ ކަރުހިއްކުން ފިރުވާލަދޭނެފަދަ ފިނިކުރި އަނގަޔަށް ލުއި ބާވަތެއް ރޯދަވީއްލާ ގަޑިގައި ހުރުމަކީ ވަރަށް މުޙިއްމުކަމެކެވެ. އެގޮތުން ޗޮކްލެޓް މޫސް އަކީ އެންމެ ރަނގަޅު އެއްބާވަތެވެ.
ޗޮކްލެޓް މޫސް އަކީ އަނގަޔަށް ވިރިގެންދާ މީރު ފޮނި ކާއެއްޗެކެވެ. މަޑު ޓެކްސްޗައެއް ހުންނަ މީރު ފޮނި ރަހައެއްދޭ މިކެއުން އެންމެ ގަޔާވާނެ އެއްބަޔަކީ ކުޑަކުދީންނެވެ. ކުޑަކުދީން ރޯދަޔަށް ބައިތިއްބާއިރު، ރޯދަ ވީއްލާގަޑިއަށް އެކުދީންނަށް ޚާއްސަކޮށް ޗޮކްލެޓް މޫސް ފަދަ ފޮނި ކާއެއްޗެއް ތައްޔާރުކޮށްލުމަކީ އެކުދީން ވަރަށް އުފާވާނެ ކަމެކެވެ. މިއަދު ނިކަން ޗޮކްލެޓް މޫސް ތައްޔާރުކޮށްލައި އަޖުމަ ބަލާލާށެވެ.
ބޭނުންވާ ތަކެތި:
3 ބިސް
125 ގްރާމް ޑާކް ޗޮކޮލެޓް (މެލްޓް ކޮށްފައި)
10 ގްރާމް އަން ސާލްޓެޑް ބަޓަރ
½ ޖޯޑު ކްރީމް
3 މޭޒުމަތީ ސަމްސާ އައިސިންގ ޝުގަރ
ޓޮޕިންއަށް ބޭނުންވާތަކެތި:
ތައްޔާރުކުރި ވިޕް ކްރީމް (އިތުރަށް ތައްޔާރުކޮށްލުމުން ޓޮޕިންގއަށް ބޭނުންކޮށްލެވޭނެ)
ޗޮކޮލެޓް ބޮޑެތިކޮށް ގާނާފައި
ތައްޔާރު ކުރާނެގޮތް:
ބިހުގައިވާ ހުދުބަޔާއި ގޮބޮޅިގަނޑު ވަކިކޮށް ގިރޭނެ ކަހަލަ ފުން ތައްޓަކަށް އަޅާށެވެ. އަދި ފޮނު އަރަންދެން ދެބައިވެސް ގިރާށެވެ. ދެން ވިޕް ކްރީމް ތައްޔާރު ކުރުމަށް ކްރީމް، ގިރާފައިވާ ބިހުގެ ގޮބޮޅިބައިގެ ތެރެއަށް އަޅާފައި އެއްކުރާށެވެ. ރަނގަޅަށް ތަތްކޮށް ހުންނަ ވަރަށް މިގޮތަށް އެއްކުރަންވާނެއެވެ.
އެއަށްފަހު ޗޮކްލެޓްއާއި ބަޓަރު އެއްކޮށްކޮށްލާށެވެ. ދެން (ޓޮޕިންއަށް ބޭނުންވާ ވިޕްކްރީމް ނެގުމަށްފަހު) ތައްޔާރުކުރި ވިޕްކްރީމްގެ ތެރެއަށް ޗޮކްލެޓް އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ގިރާފައިހުރި ބިހުގެ ހުދުބައިގެ ތެރެއަށް އައިސިން ޝުގަރ އެއްކޮށްލުމަށްފަހު، ޗޮކްލެޓް މިކްސްގެ ތެރެއަށް އަޅާށެވެ. އަދި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ސާވްކުރުމަށް ބޭނުންވާ ތަށިތައްޓަށް އެޅުމަށްފަހު، ހަރުވަންދެން ފުރިޖުގެ ގަނޑުކުރާބަޔަށް ލާށެވެ.
ސާވްކުރާއިރު ވިޕް ކްރީމްއާއި ގާނާފައި ހުރި ޗޮކްލެޓް ކޮޅެއް އަޅާށެވެ. އޭރުން ޗޮކޮލެޓް މޫސް ތައްޔާރުވީއެވެ.

ކިޔުންތެރިންގެ ހިޔާލު