ޗިކަން މަންޗޫއިންއަން އަކީ މެލޭޝިއާއަށް ޚާއްސަ އިންޑޯ- ޗައިނީސް ސްޓައިލްގެ ހިކި ކުކުޅު ރިހައެކެވެ. މިއީ ބަތާއި އެއްކޮށްގެން އަދި ރޮއްޓާއި ޖައްސައިގެންވެސް ކާލަން އެއްވަނައިގެ ކެއުމެކެވެ.
މިއީ އަޅުގަނޑުމެން ދިވެހީންނަށްވެސް ވަރަށް ކަމުދާނެ ކައުމަކަށް ވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މިއަދު ރޯދަވީއްލާ ގަޑިއަށް ނިކަން އަޖުމަބަލާލާށެވެ. ތިރީގައި ހިމަނާލަނީ ޗިކަން މަންޗޫރިއަން ތައްޔާރުކުރާނެ ގޮތެވެ.
ކުކުޅު މެރިނޭޓް ކުރުމަށް ބޭނުންވާ ތަކެތި:
400 ގްރާމް ބޯންލެސް ޗިކަން (ކިއުބްކޮށް ކޮށާފައި)
1 ސައިސަމްސާ ސޯޔާ ސޯސް
1 ބިސް
½ ސައިސަމްސާ އަސޭމިރުސް
1 ސައިސަމްސާ ލޮނު (ނުވަތަ ރަހަލާވަރަށް)
½ ޖޯޑު ކޯން ފްލާ
2 މޭޒުމަތީ ސަމްސާ އާދައިގެ ފުށް
ސޯސްގަނޑު ތައްޔާރުކުރުމަށް ބޭނުންވާ ތެކެތި:
¼ ޖޯޑު ޓޮމާޓޯ ކެޗަޕް
3 މޭޒުމަރީ ސަމްސާ ގްރީން ޗިލީ ސޯސް
3 މޭޒުމަތީ ސަމްސާ ރެޑް ޗިލީ ސޯސް
1 މޭޒުމަތީ ސަމްސާ ސޯޔާ ސޯސް
1 ސައިސަމްސާ ވިނެގަރ
½ ސައިސަމްސާ ހަކުރު
ތަރުކާރީގެ ބާވަތްތައް:
1 މޭޒުމަތީ ސަމްސާ އިނގުރު ގާނާފައި
1 މޭޒުމަތީ ސަމްސާ ލޮނުމެދު ގާނާފައި
1 ކުޑަ ފިޔާ (ކުދިކޮށް ކޮށާފައި)
1 ކުޑަ ކެޕްސިކަމް (ކުދިކޮށް ކޮށާފައި )
2 މޭޒުމަތީ ސަމްސާ ފެނުގެ ތެރެއަށް 1 ސައިސަމްސާ ކޯން ފްލާ ގިރާފައި
3/2 ޖޯޑު ފެން
ތައްޔާރުކުރާނެ ގޮތް:
ކުކުޅު މެރިނޭޓް ކުރުމަށް ބޭނުންވާ ތަކެތި ފުން ތައްޓެއްގެ ތެރެއަށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި 30 މިނެޓްހާއިރު ވަންދެން ބަހައްޓާފައި ތެލުލާށެވެ. ދެން އެހެން ތައްޓެއް ނަގައި ސޯސް ހެދުމަށް ބޭނުންވާ ހުރިހާ ތަކެތި އަޅައި އެއްކޮށްލައި އެއްކައިރީގައި ބަހައްޓާށެވެ.
ދެން ތަވާވާއަށް ތެޔޮފޮދެއް އެޅުމަށްފަހު ފިޔާ ލޮނުމެދު އަދި އިނގުރުކޮޅު އަޅައި ފިޔާމީރުކުރާށެވެ. އެއަށްފަހު ތައްޔާރުކުރި ސޯސް އޭގެތެރެއަށް އަޅައި 2 މިނެޓްވަންދެން ކައްކާށެވެ. އަދި ކެޕްސިކްމްކޮޅު އަޅައި މިނެޓެއް ވަރުވަންދެން ކައްކާލާށެވެ. ދެން ފެން އަޅާށެވެ. އަދި ބޮކި ޖަހައި ރަނގަޅަށް ކެކިގަތުމުން ކުކުޅުކޮޅު އަޅާށެވެ. އެއަށްފަހު ފެނާއި އެއްކުރި ކޯންފްލާކޮޅު ތަވަލުގެ ތެރެއަށް އަޅާއި އެއްކޮށްލާށެވެ.
އެއްކޮށްލުމަށްފަހު ދެން މަޑުގިނީގައި 2 މިނެޓު ވަންދެން ކައްކާލާށެވެ. އޭރުން ޗިކަން މަންޗޫރިއަން ތައްޔާރުކުރެވުނީއެވެ.

ކިޔުންތެރިންގެ ހިޔާލު