ޗައިނާއަށް ޚާއްސަ ކެއުންތަކުގެ ތެރޭގައި ހިމެނޭ ޑަމްޕްލިންއަކީ މީރު ކެއުމެކެވެ. އަދި މިހާރަކަށް އައިސް މަޑުމަޑުން ދިވެހިންގެ ތެރޭގައިވެސް ޑަމްޕްލިންއަށް ސަމާލުކަން އިތުރުވަމުން އެބަދެއެވެ. ވަކިން ޚާއްސަކޮށް ޒުވާނުންގެ ތެރޭގައި އައު ކެއުންތައް ތަޖުރިބާ ކޮށްލަން ބޭނުންވާ މީހުން މިހާރު ވަރަށް ގިނައެވެ. އެހެންކަމުން، ޗިކަން ޑަމްޕްލިން ގޭގައި ތައްޔާރުކޮށް އަޖުމަ ބަލާލުމަކީ ރަހަ ތަފާތުކޮށްލަން ބޭނުންވާ ފަރާތްތަކަށް ރަނގަޅު ގޮތެކެވެ.
މިފަހަރު މިގެނެސްދެނީ ސްޓަފިން ނުލައި ހުންނަ ސޫޕް ޑަމްޕްލިންއެއް ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާ ތަކެތި:
4/3 ޖޯޑު އާދައިގެ ފުށް (ބައިކޮށްފައި- ޑަމްޕްލިންއަށް )
½ ސައިސަމްސާ ލޮނު
½ ސައިސަމްސާ އަސޭ މިރުސް
1 ކިލޯ ކުކުޅު (ކުދިކޮށް ކޮށައި ފްރައިކޮށްފައި)
2 މޭޒުމަތީ ސަމްސާ ތެޔޮ
1 ބޮޑު ފިޔާ (ހިމުންކޮށް ކޮށާފައި)
2 މީޑިއަމް ސައިޒުގެ ކެރެޓް (ކުދިކޮށް ކޮށާފައި )
2 ސެލެރީ (ކުދިކޮށް ކޮށާފައި)
3 ލޮނުމެދު
6 ޖޯޑު ޗިކަން ސްޓޮކް
½ ޖޯޑު އެޕަލް ސައިޑަރ ވިނެގަރ
2 ސައިސަމްސާ ހަކުރު
2 ބޭ ލީފް
5 ފުށް އަސޭމިރުސް
ޑަމްޕްލިން ފުށްގަނޑަށް ބޭނުނަވާތަކެތި:
1 1/3 ޖޯޑު ފުށް
2 ސައިސަމްސާ ބޭކިން ޕައުޑަރ
4/3 ސައިސަމްސާ ލޮނު
3/2 ޖޯޑު ހޯލް މިލްކް
1 މޭޒުމަތީ ސަމްސާ ބަޓަރު
ސޫޕަށް ބޭނުންވާ ތަކެތި:
½ ޖޯޑު ވިޕިންގ ކްރީމް
2 ސައިސަމްސާ ތައިމް (ކޮށާފައި)
ރަހަލާވަރަށް ލޮނާއި މުގުރި އަސޭމިރުސް
ތައްޔާރުކުރާނެގޮތް:
ފުންތައްޓަކަށް ½ ޖޯޑު ފުށާއި ރަހަލާވަރަށް ލޮނު އަދި އަސޭމިރުސް އެޅުމަށްފަހު އެއްކޮށްލާށެވެ. ކުކުޅު ތެލުލާށެވެ. ދެން ކުކުޅުކޮޅު ތަވަލުން ނަގައި ވަކިން ބަހައްޓާފައި އެތަވަލުގެ ތެރެއަށް ފިޔާ ކެރެޓް އަދި ސެލެރީކޮޅު އަޅާށެވެ. ފިޔާކޮޅު މަޑުވަންދެން ހަލުވާށެވެ. ދެން ލޮނުމެދު އަޅާފައި މިނެޓެއްވަރު ވަންދެން ކައްކާފައި ¼ ޖޯޑު ފުށް އެއަށް އަޅާށެވެ. އަދި ރަނގަޅަށް އެއްކޮށްލާށެވެ.
އެއަށްފަހު މަޑުމަޑުން އެއްކުރަމުން ޗިކަން ސްޓޮކް އަޅަމުން ގެންދާށެވެ. ދެން އެޕަލް ސައިޑަރ ވިނެގަރ، ހަކުރު، ބޭ ލީފް އަދި އަސޭމިރުސް ފުށްތައް އަޅާށެވެ. އަދި ކުކުޅުކޮޅުވެސް އަޅާށެވެ. ދެން މަތިޖެހުމަށްފަހު މަޑު ގިނީގައި 25-20 މިނެޓްވަންދެން ކައްކާށެވެ.
ޑަމްޕްލިން ތައްޔާރުކުރުމަށް ބޭނުންވ ހުރިހާ ތަކެތި ފުންތައްޓަކަށް އަޅައި އެއްކޮށްލާށެވެ. ނިމުމުން ހުންނާނީ ކޮންމެވެސް ވަރަކަށް ތަތްކޮށެވެ. އެއަށްފަހު ގުޅަކަނޑާފައި ބޭކިން ޝީޓްއެއް މަތީގައި އެއްކައިރީގައި ބަހައްޓާށެވެ. އެއަށްފަހު ސްޓޮކް ޕޮޓުން ކުކުޅުކޮޅު ނަގާށެވެ. އަދި އޭގައި ހުރި ފަތް ނަގައި އުކާލާށެވެ. އަދި އުލަކުން ކުކުޅުގެ މަސްކޮޅު ރަނގަޅަށް ވީދައި ޝްރެޑް ކުރާށެވެ. އަދި ކުކުޅު ކަށިތައް އުކާލައި މަސްކޮޅު އަނެއްކާވެސް އެސޫޕް ގަނޑުގެ ތެރެއަށް އަޅާށެވެ. އަދި ކައްކާލާށެވެ.
ދެން ތައްޔާރުކުރި ޑަމްޕްލިން ފުށްކޮޅުތައް އެއަށް އަޅައި މަތި ޖަހާފައި މަޑު ގިނީގައި 18-15 މިނެޓް ވަންދެން ކައްކާށެވެ. އިތުރަށް ލޮނު އަޅަން ޖެހޭނަމަ ލޮނު އަޅާށެވެ. އޭރުން ޗިކަން ސޫޕް ޑަމްޕްލިން ތައްޔާރުކުރެވުނީއެވެ.

ކިޔުންތެރިންގެ ހިޔާލު