މަރިޔަމް ލަމްޙާ ރަޝީދު   6 އޭޕްރީލު 2023 - 15:25
ނޫޑްލްސް ކެއުމުން ބޮޑެތިބަލިތަކަށް މަގުފަހިވޭ
ނޫޑްލްސް ކެއުމުން ބޮޑެތިބަލިތަކަށް މަގުފަހިވޭ
އިންސްޓެންޓް ނޫޑުލްސް ނުވަތަ ނޫޑުލީހަކީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ހުރިހާ އުމުރުފުރާއެއްގެ މީހުންގެމެދުގައިވެސް މަޤުބޫލު ކެއުމެކެވެ. ތައްޔާރުކޮށްލުމަށް ގިނަ ވަގުތު ނުނަގާ މިކެއުމަކީ ޕެކެޓްތަކުގައި ބާޒާރުގައި ފަސޭހައިން ލިބެން ހުންނަ މީރު ކެއުމެއްވެސް މެއެވެ.

މީހުންގެ ތެރޭގައި ނޫޑުލްސް އެހައި މަޤުބޫލުވީ މިސަބަބާއި ހުރެ ކަމުގައިވެސް ވެދާނެއެވެ. ނަމަވެސް ކެއުމެއްގެ ގޮތުގައި ނޫޑުލީސް ބޭނުންކުރުމުން ހަށިގަނޑަށް ބޭނުންވާ މާއްދާތައް ލިއްބައިދޭތޯ ސުވާލު އުފެދެއެވެ.

ނޫޑުލީހުގައި ހިމެނޭ ނިއުޓްރިޝަންސް:

ކާބޯހައިޑްރޭޓްސް – 27-25 ގްރާމްސް

ފެޓްސް- 7-6 ގްރާމްސް

ޕްރޮޓީންސް- 4 ގްރާމްސް

ކެލޮރީސް- 188 ގްރާމްސް

ފައިބަރ- 1.3-0.9 ގްރާމްސް

ސޯޑިއަމް- 861 މިލިގްރާމްސް

އަޔަން- ހަށިގަނޑަށް ބޭނުންވާ މިންވަރުގެ %10

ވިޓަމިން ބީ2 -ހަށިގަނޑަށް ބޭނުންވާ މިންވަރުގެ %7

މަތީގައި ބަޔާންވެދިޔަ ނިއުޓްރިޝަނަލް ވެލިއުއާއި ބެހޭގޮތުން ހެލްތުވަޔަރ ކިޔާ ޞިއްޙަތާއި ބެހޭ އޮންލައިން މެގަޒިންއެއްގައި ބުނާގޮތުންނަމަ، އިންސްޓެންޓް ނޫޑުލްސްގައި އަޔަން، ވިޓަމިން ބީ2 ، މެގްނީޒިއަމް އަދި ނިއަސިން ފަދަ މައިކްރޯ ނިއުޓްރިޝަން ހިމެނޭތީ މިއީ އެނީމިއާ ދަށްކޮށްދޭ ބަވަތެއްކަމުގައި ބެލެވެއެވެ. އެހެންނަމަވެސް، ނޫޑުލީސް މާގިނައިން ކެއުމުން ހަށިގަނޑަށް ނޭދެވޭ އަސަރުކުރާކަމަށް ލިޔެފައިވެއެވެ.

އެންމެ ފުރަތަމަ ކަމަކަށް، އިންސްޓެންޓް ނޫޑުލްސް ތައްޔާރު ކުރަން ބޭނުންކުރާ ފުށަކީ ރިފައިންޑް ފްލާ އިންނެވެ. ބައެއް ނުއުޓްރިޝަނަލިސްޓުން ނުވަތަ ކާބޯތަކެތީގެ ޞިއްޙީ މާހިރުން މިވައްތަރުގެ ފުށަށް 'ޖަންކް' ނުވަތަ ކުނި ފަދަ ލަފްޒްތައް ބޭނުންކޮށް މުޚާތަބުކުރެއެވެ. ސަބަބަކީ، މިވައްތަރުގެ ފުށަކީ ގޮދަން ފުށްތަކުގައި ހުންނަ، ބޭރު ފަށަލައާއި އެތެރޭގައި ހިމެނޭ ޖާމް ކިޔާ ފުށްތަކުގެ މަޑު އޮށް އުކާލާއި، ބާކީ ހުންނަ ހުދު ބައި އެކަނި މުގުރައި އެއަށްފަހު ހުދުކުރުމަށް ބްލީޗިން ކޮމްޕައުންޑެއްވެސް ބޭނުންކޮށްގެން އުފައްދާ ފުށަކަށް ވާތީއެވެ. އަދި އުކާލާ މިބައިތަކަކީ ގޮދަން ފުށްތަކުގައި ހިމެނޭ ފައިބާރ، ޕްރޮޓީންސް، އެންޒައިމްސް، މިނަރަލްސް އަދި ވިޓަމިން ބީ ކޮމްޕްލެކްސް ހިމެނޭ މުހިންމު ބައެކެވެ. އެހެންކަމުން ވައިޓް ފްލާ ނުވަތަ ރިފައިންޑް ފްލާގައި ހިމެނެނީ ހަމައެކަނި ކާބޯހައިޑްރޭޓްސްއެވެ. މިކަމުގެ ސަބަބުން ހަކުރު މަތިވާ ގޮތްދިމާވެއެވެ. އަދި ފައިބަރ ނެތުމުން ބަނޑު ހަރުވެ ހަޖަމްވުމަށް ލަސްވެ ކޯލަން (ގޮހޮރުގެ) ކެންސަރއަށް މަގުފަހި ކުރުވައެވެ. އެހެންކަމުން ބަނޑު ކެއުމެއްގެ ގޮތުގައި ނޫޑުލްސް އަބަދު ކާނަމަ ބަނޑުގައި އެތަކެތި ހަޖަމްނުވެ ގިނައިރުވުމުން މިފަދަ ބަލިތައް ކުރިމަތިވެދާނެއެވެ.

ދެވަނައަށް ފާހަގަކުރެވެނީ އިންސްޓެންޓް ނޫޑުލްސްގައި ފައިބަރ މަދުވެފައި ޕްރޮޓީންސް ހިމެނޭ މިންވަރު މަދުކަމެވެ. ނޫޑުލްގައި މިމާއްދާތައް ހިމެނެނީ ހަށިގަނޑަށް ބޭނުންވާވަރަށްވުރެ މާމަދުންނެވެ. މިމާއްދާތައް ހަށިގަނޑުގައި މަދުވުމުން މީހާ ބަރުދަން ލުއިކޮށްދިނުމަށް ހުރަސްއެޅެއެވެ. ސަބަބަކީ މިހާ މަދު މިންވަރަކަށް މިމާއްދާތައް ހުރުމުން ބަނޑުފުރުނުކަމުގެ އިހުސާސް ނުކުރެވޭތީއެވެ. އެހެންކަމުން ބަނޑުފުރައި ކެއަސް ކްރޭވިންގްސްގެ ސަބަބުން އިތުރު ބޭކާރު ކެއުންތައް ވަކިން ޚާއްސަކޮށް ލުއިކާނާގެ ބާވަތްތައް ކެވި މީހާ ބަރުދަން އިތުރުވާގޮތް މެދުވެރިވެއެވެ.

މިވައްތަރުގެ ނޫޑުލީހުގައި ސޯޑިއަމް ގިނައިން ހިމެނިފައިވުމަކީވެސް އަޅުގަނޑުމެންގެ ހަށިގަނޑަށް އިތުރު ޞިއްޙީ މައްސަލަތަކެއް މެދުވެރިވާ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ސޯޑިއަމް ހަށިގަނޑުގައި ދައުރުވުމަކީ ހައިޕަރޓެންޝަން ނުވަތަ ލޭމައްޗަށް ދިއުން މަގުފަހި ކުރުވާކަމެކެވެ. އެހެންކަމުން މާގިނައިން ނޫޑުލީސް ކާނަމަ ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ސޯޑިއަމް ހަށިގަނޑަށް އެތެރެވެއެވެ. ނަތީޖާއަކީ ހިތުގެ ބައްޔަށް މީހާ ހުށަހެޅުމެވެ.

މީގެ އިތުރުން ނޫޑުލީހުގައި އެމްއެސްޖީ ހުރުމުން ޞިއްހީގޮތުން ހަށިގަނޑަށް ގެއްލުން ލިބެއެވެ. އެމް.އެސް.ޖީ އަކީ މޮނޯސޯޑިއަމް ގްލޫޓަމޭޓްއެވެ. މިއީ ރަހަ ލެއްވުމަށް ކާތަކެއްޗަށް އަޅާ އެޑިޓީވްއެކެވެ. މާގިނައިން ހަށިގަނޑަށް މިބާވަތް އެތެރެވާނަމަ ހިތާއި ސިކުނޑިއާއި ލިވާއަށް ނޭދެވޭ އަސަރު ކުރެއެވެ. އަދި މައިކްރޯވޭވެކޮށްގެ ކަޕް ނޫޑުލީސް ކާނަމަ އެރަބަރު ތަށީގައި ހުންނަ ޕްލާސްޓިކްތަކުން ލޮލަށް ނުފެންނަ ކުދިކުދި މައިކްރޯ ޕްލާސްޓިކް ނޫޑުލީހާއި އެކުވެ ހަށިގަނޑަށް ޕްލާސްޓިކް އެތެރެވެ ކެންސަރަށް މަގުފަހި ކުރުވައެވެ.

ނޫޑުލްސްއަކީ މިހާ ހަށިގަނޑަށް ނުރައްކާ އެއްޗަކަށްވާއިރު، އަޅުގަނޑުމެންގެ ބައެއް ދިވެހިން ނޫޑުލްސް އާދަވެގެން ކައިއުޅެނީ ފަސޭހަޔަށްތޯ ނޫނީ ހަށިގަނޑަށް ގަސްދުގައި ގެންލުންދޭންވެގެންތޯ މިއީ އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލެކެވެ. އަދި މިއީ އަޅުގަނޑުމެން އެންމެވެސް އުފައްދަންޖެހޭ ސުވާލެކެވެ. ހަށިގަނޑަށް ގެއްލުންދޭން ބޭނުންނަމަ ގިނައިން ކާންވީއެވެ. އެހެނަމަވެސް ކިތައްމެ ރަހަމިރުވެފައި ކައްކަން ހަށްޓަށް ލުއިވިނަމަވެސް މިއިން ތިމާއަށް ލިބިދޭ ގެއްލުންތަކަށް ވިސްނާންވާނެއެވެ. ފުރިހަމަ ދޮޅަހެޔޮ ޞިއްޙަތެއް އެދޭނަމަ މިފަދަ ގެންލުންދެނިވި ކާތަކެތި ބޭނުންކުރުން މަދުކޮށް އެކީ އެކަޗަށް ދޫކޮށްލާށެވެ.

އާދަކޮށް ނޫޑުލްސް ކައިއުޅޭނަމަ، މީހާގެ ހަޖަމްކުރުމުގެ މައްސަލަތައްދިމާވެ އެހެން ހަރު ކާއެއްޗެހި ނުކެވޭ ގޮތް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ނޫޑުލްސް ކެއުމުގެ އާދަ ދޫކޮށްލާށެވެ. އެބޭނުންކުރުން މަދުކުރަމުންގޮސް ހުއްޓޭތޯ މަސައްކަތް ކުރާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން