ޗިކަން އެވަކާޑޯ ޕީޓާ ސޭންޑްވިޗްއަކީ ޞިއްހަތަށް ސަމާލުކަންދީގެން ކެއިން ބުއިމުގެ އާދަތައް ގެންގުޅޭ ފަރާތްތަކަށް ތައްޔާރުކޮށްލެވޭނެ މީރު ކެއުމެކެވެ. މިއީ ކުކުޅާއި، އެވަކާޑޯ، ޗީޒް އަދި ކްރީމީ ޔޯގަޓް އަޅައިގެން ފަސޭހައިން ތައްޔާރުކޮށްލެވޭނެ ކެއުމެއްވެސް މެއެވެ.
އެހެންކަމުން މިއަދު މިގެނެސްދެނީ ޗިކަން އެވަކާޑޯ ޕީޓާ ސޭންޑްވިޗް ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި:
500 ގްރާމް ކުކުޅު- (ރަނގަޅަށް ފެނުކެއްކުމަށްފަހު-ވަރަށް ތުނިކޮށް ކުށާފައި)
4 ޕީޓާ ރޮށި- (އަމިއްލަޔަށް ތައްޔާރުކޮށްލެވިދާނެ ނުވަތަ ގަނެގެންވެސް ރަނގަޅުވާނެ)
2 އެވަކާޑޯ- (ކުދިކޮށް ކޮށާފައި)
½ ޖޯޑު ޕްލެއިން ޔޯގަޓް
6-8 ޗެރީ ޓޮމާޓޯ (ކުދިކޮށް ކޮށާފައި)
4 ސްލައިސް ޗީޒް- (ޗީޒް ސްލައިޒް ނުވަތަ ބޭނުން ކޮންމެ ވައްތަރެއްވެސް ރަނގަޅުވާނެ)
1 ސިއިސަމްސާ ގާލިކް ސާލްޓް (ނުވަތަ ގާލިކް ޕައުޑަރ އާއި ލޮނުކޮޅެއް އެއްކޮށްލުމުންވެސް ފުދޭނެ)
½ ބޮޑު ލުނބޮލެއްގެ ހުތް
1 ސައި ސަމްސާ އޮލިވް އޮއިލް
1 ސައިސަމްސާ ކޮތަނބިރި (މުގުރާފައި)
ތައްޔާރުކުރާނެ ގޮތް:
ޕީޓާ ރޮށި ގަނަގި ކޮންމެ އެއްޗަކަށް 1 ސްލައިސް ޗީޒް އަޅާށެވެ. ދެން ފުން ތައްޓެއް ނަގައި ޔޯގަޓާއި ގާލިކް ސާލްޓްއަޅައި އެއްކޮށްލުމަށްފަހު ކައިރީގައި ބަހައްޓާށެވެ. އަދި އެހެން ތައްޓެއް ނަގައި އެވަކާޑޯއާއި ޓޮމާޓޯއާއި ލުބޯހުތް އަދި ކޮތަނބިރި އަޅައި އެއްކޮށްލާށެވެ. ދެން ތަވަލަކަށް ތެޔޮ ފޮދެއް އެޅުމަށްފަހު ކެކުޅުކޮޅު ރަތްކޮށްލުމަށް 4-3 މިނެޓުވަންދެން ފްރައިކޮށްލާށެވެ. އަދި އެއަށް ކުޑަ ކޮތަނބިރިކޮޅެއް އެއްކޮށްލާށެވެ. ބޭނުންނަމަ މިބައި ދޫކޮށްލެވިދާނެއެވެ. އެއަށްފަހު ހަތަރުބަޔަކަށް ބަހާލައި ކޮންމެ ރޮށިކޮޅެއްގެ ތެރެއަށް ކުކުޅު މަސްކޮޅު އަޅާށެވެ. ދެން ޔޯގަޓް މިކްސް އާއި އެވަކާޑޯ މިކްސް އަޅާށެވެ. ސާވް ކުރުމަށް 2 މިނެޓްވަރު ސޭންޑްވިޗް މޭކާއަކަށް ލައި ފިހެލެވިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު