އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނުކަމަށް ބުނާ ނ.މަނަދޫ އަންނާރުމާގެ، ނައީމާ މޫސާ (62އ)ގެ މަރާ ގުޅިގެން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ޓީމެއް އެރަށުގައި ޙަރަކާތްތެރިވާން ފަށައިފިއެވެ.
ނައީމާގެ ހަށިގަނޑަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށްބޮޑަށް ޒަހަމްކޮށްލާފައި ކަމަށް ބުނާ ޚަބަރުތަކެއްވެސް ދަނީ ދައުރުވަމުންނެވެ. އެގޮތުން އޭނާގެ ކަރުވެސް ބުރިކޮށްލަން މަސައްކަތް ކޮށްފައިވާކަމަށް ބައެއް ފަރާތްތަކުން މަޢުލޫމާތުދެއެވެ. ނަމަވެސް އެކަމާމެދު ފުލުހުންގެ ރަސްމީ ބަހެއް މިހާތަނަށް ނެތެވެ.
އެކަނި ދިރިއުޅެމުންއައި ނައީމާގެ މަރަކީ ސިހުރާ ގުޅުންހުރި ކަމެއްކަމަށް ބުނާ ޚަބަރުތަކެއްވެސް މިހާރުވަނީ ފެތުރެން ފަށާފައެވެ. އެކަމުގައިވެސް ފުލުހުން މިހާތަނަށް އިޚްތިޔާރުކޮށްފައިވަނީ ހަނުތިބުމަށެވެ. އެހެންނަމަވެސް މި ޢަމަލުގެ މޯޓިވް ދެނެގަތުމަކީ ފުލުހުންގެ ތަޙްޤީޤުގެ ތެރެއިން ކުރާނެ ކަމެއްކަމަށް ބެލެވެއެވެ.
ނައީމާގެ މަރާ ގުޅިގެން މިހާތަނަށް ރަސްމީ ޙައިސިއްޔަތުން މަނަދޫ ކައުންސިލުން އެރަށު ވައިބަރ ގްރޫޕެއްގައި ބުނެފައިވަނީ އެ ރަށަށް އަރައި، ފައިބާ މީހުންގެ މައުލޫމާތު ފުލުހުންނާއި ހިއްސާކުރަން އެދޭ ކަމަށެވެ. ހަމައެއާއެކު ރޭ 23:37 ގައި ފުލުހުންވެސް ވަނީ އެމެސެޖް މީޑިއާތަކަށް ފޯރުކޮށްދީފައެވެ.
މި މައްސަލާގައި ރަސްމީކޮށް އެންމެ ފުރަތަމަ ފުލުހުން ބަހެއް ބުނެފައިވަނީ ރޭ 19:55 ގައެވެ. ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މަނަދޫގައި އެކަނި އުޅެމުންދިޔަ އުމުރުން 62 އަހަރުގެ އަންހެނެއްގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާއިން އިއްޔެ އިރުއޮއްސެނިކޮށް ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން ފުލުހުން ގޮސް ބެލިއިރު އަންހެން މީހާ އޮތީ އޭނާ ދިރިއުޅޭ ކޮޓަރި ތެރޭގައި މަރުވެފައިކަމަށެވެ. އަދި އަންހެން މީހާ އޮތީ ބިންމަތީގައިކަމަށްވެސް ފުލުހުން ބުނެއެވެ.
މަނަދޫގައި މަރުވެފައި އޮއްވާ ފެނުނު ނައީމާއަކީ އެ ރަށު ކައުންސިލްގެ މުވައްޒަފެކެވެ. އެކަނި އުޅެމުންދިޔަ ނައީމާގެ 3 ދަރިންވެސް ދިރިއުޅެނީ ރަށުން ބޭރުގައެވެ. އަދި އޭނާގެ ހަބަރެއް ނުވާތާ ދެ ދުވަސްވުމުން އެކަން އާއިލާއަށް އެންގީ އޭނާއާއެކު މަސައްކަތްކުރާ މީހުންނެވެ.
ފުލުހުން ބުނީ ނައީމާގެ މަރާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ. އެގޮތުން ފުލުހުންގެ ޚާއްސަ ތަހުޤީޤު ޓީމެއް މިހާރުވަނީ މަނަދޫއަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު