ޙަޟްރަތު އަނަސް ރަޟިޔަ ﷲ އަންހުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު ޞައްލަ ﷲ ޢަލައިހިވަސައްލަމް ރުކޫއުން ތެދުވެ ވަޑައިގަންނަވަމުން سَمِعَ اللَّهُ لِمَنْ حَمِدَهُ މިފަދައިން ވިދާޅުވަތެވެ. ދެން ހުއްޓި ހުންނަވައިގެން رَبَّنَا لَكَ الْحَمْدُ ނުވަތަ رَبَّنَا وَلَكَ الْحَمْدُ ވިދާޅުވަތެވެ. (މާލިކް-ޝާފިޢީ- ބުޚާރީ- މުސްލިމު)
ނަމާދު ކުރާ ކޮންމެ މީހަކު މިދެކަލިމަވެސް ކިއުން ސުންނަތް ވެގެންވެއެވެ. އިމާމާއާއި މައުމޫމާ އަށެވެ. އަދި އެކަހެރިކޮށް ނަމާދު ކުރާ މީހާވެސް މެއެވެ. ވަކި މިވެނިމީހަކަށް ތަފާތެއް ނެތް ގޮތަށެވެ.
އެއްފަހަރެއްގައި އަޞްޙާބު ބޭކަލަކު ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް އަރިހުގައި ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އިޢުތިދާލުގައި ހުންނަވައިގެން ކަލޭގެފާނު ވިދާޅުވަނީ ކީކޭތޯއެވެ. (އެބަހީ سَمِعَ اللَّهُ لِمَنْ حَمِدَهُ ކިޔުމާއެކު ކޮޅަށްތެދުވެ، ސަޖިދައަށް ދިޔުމުގެ ކުރީން ހުންނަވަގުތު ކިޔާ ދުޢާގެ ވާހަކައެވެ.) ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. "އިމާމާ سَمِعَ اللَّهُ لِمَنْ حَمِدَهُ ކިޔުމުން، ތިޔަބައިމީހުން رَبَّنَا لَكَ الْحَمْدُ މިފަދައިން ކިޔާށެވެ."
ރަސޫލާގެ އެ ޙަދީޘްފުޅުގެ މުރާދަކީ އިމާމުމީހާ سَمِعَ اللَّهُ لِمَنْ حَمِدَهُ ކިޔުމުން މައުމޫމުންވެސް سَمِعَ اللَّهُ لِمَنْ حَمِدَهُ ކިޔަމުން ތެދުވުމެވެ. ދެން ކޮޅަށްހުރެ رَبَّنَا لَكَ الْحَمْدُ ކިޔުމެވެ.
ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް ނަމާދުގައި ޢަމަލުފުޅު ކުރައްވާގޮތާބޭހެގޮތުން ޙަޟްރަތު އަބޫހުރައިރާ ވިދާޅުވެފައި ވެއެވެ. "ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް ރުކޫޢުން އެކަލޭގެފާނުންގެ ބުރިކަށިފުޅު އުފުއްލަވާއިރު، سَمِعَ اللَّهُ لِمَنْ حَمِدَهُ މިފަދައިން ވިދާޅުވަތެވެ. ދެން ކޮޅަށްތެދުވެ ވަޑައިގެންފައި رَبَّنَا لَكَ الْحَمْدُ ކިޔުއްވަތެވެ. (ޝާފިޢީ-އަހްމަދު- ބުޚާރީ- މުސްލިމް)
އިޢުތިދާލުގައި ކިއުމަށް ތަފާތު ދުޢާތައް ވާރިދުވެފައި ވެއެވެ. އޭގެ ތެރެއިން އެންމެ ޢާއްމުވެފައި މަޝްހޫރުވެފައިވަނީ رَبَّنَا لَكَ الْحَمْدُ އެވެ. އެއްފަހަރަކު މީހަކު ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމްގެ ފަހަތްޕުޅުގައި ނަމާދު ކުރިއެވެ. އަދި ރަސޫލާ ރުކޫޢުން ތެދުވެ ވަޑައިގަންނަވަމުންسَمِعَ اللَّهُ لِمَنْ حَمِدَهُ
ވިދާޅުވުމުން ތެދުވެ ކޮޅަށްހުރެ މިފަދައިން ހަރުއަޑުން ކިޔާލިއެވެ. رَبَّنَا لَكَ الْحَمْدُ، حَمْـداً كَثـيراً طَيِّـباً مُـبارَكاً فيه މިފަދައިންނެވެ. މިއަޑު އައްސަވާފައި ނަމާދުން ނިމިވަޑައިގެން ކީރިތި ރަސޫލާ މީސްތަކުންނާ ދިމާއަށް އެނބުރިވަޑައިގެން އެއީ ކާކުތޯ ސުވާކުރެއްވުމުން ޖަވާބުގައި އެއްވެސް މީހަކަށް އެއީ ކާކުކަން އެނގުނުކަމަކަށް ނުވިއެވެ. ދެން ކީރިތި ރަސޫލާ ތަކްރާރުކޮށް ތިންފަހަރުމަތީން އެއްސެވުމުން އެމީހަކު ތިމަންނާއޭ ދެންނެވިހިނދު ޙަދީޘް ކުރެއްވިއެވެ. "މާތް ﷲ ގަންދެއްވައި ވިދާޅުވަމެވެ. އެކަލިމާއިގެ ޘަވާބު ލިޔުއްވާނީ ކޮންބޭކަލެއް ކަމާމެދު ވާދަވެރިވެ އުޅުއްވަން ތިރީސް އެތަކެއް މަލާއިކަތުން ވަޑައިގެން އުޅުއްވިތަން ތިމަން ރަސޫލާ ދެކެވަޑައިގަތީމެވެ."
(ބުޚާރީ- މުސްލިމް)
އެހެންކަމުން ރަސޫލާ ޙަދީޘްފުޅުން އެނގިގެންދަނީ އިޢުތިދާލުގައި ހުއްޓި ހުންނަ ވަގުތު رَبَّنَا لَكَ الْحَمْدُ، حَمْـداً كَثـيراً طَيِّـباً مُـبارَكاً فيه ކިޔުން މޮޅުއިތުރުވެގެންވާ ކަމެވެ.
އިރުޝާދު:
1. އިޢުތިދާލަކީ، ރުކޫޢުން ތެދުވެ ސަޖިދައަށް ދިއުމަށްޓަކައި ކޮޅަށް ހުންނަ ހުރުމެވެ. ދީނުގެ ޢިލްމުވެރިން މިމަޤާމަށް ކިޔުއްވަނީ އިޢުތިދާލެވެ.
2. އިޢުތިދާލަށް ހުރުމަކީ، ނަމާދުގެ ފަރުޟުތަކުގެ ތެރެއިން ފަރުޟެކެވެ. އަދި މިތާނގައި މަޑުވެލުމަކީވެސް ފަރުޟެކެވެ. ރަނގަޅަށް ހަމަހިމޭން ވަންދެންނެވެ.
3. އިޢުތިދާލަށް ކޮޅަށް ހުންނާނީ ދެއަތް ދޫކޮށްލައިގެންނެވެ. މިއީ ސަލަފުން ފެށިގެން މިއަދާހަމައަށް މުސްލިމުން މިކަން ކުރަމުން އައި ގޮތެވެ. އަޅުގަނޑުމެންތެރޭ ބައެއްމީހުން އިޢުތިދާލުގައި ހަށަންބަން ނަމަވެސް އެއްވެސް ޒަމާނެއްގައި މުސްލިމުން އިޢުތިދާލުގައި ހަށަންބަންނަ ކަމަކަށް ސާބިތުވާކަށެއް، އިމާމު ބުޚާރީއާެި އިމާމް މުސްލިމް އަދި އެނޫން އެއްވެސް މުޙައްދިޘަކު ރިވާ ކުރައްވާފައިވާ އެއްވެސް ރިވާޔަތެއްގައި އައިސްފައިއެއް ނެތެވެ.
4. ޤިޔާމަކީ، ރުކޫޢަށް ދިޔުމުގެ ކުރިން ޤުރްއާން ކިޔެވުމަށްޓަކައި ކޮޅަށް ހުންނަ ހުރުމެވެ. ޤިޔާމުގައި ސުއްނަތް ވެގެންވަނީ ހަށަން ބަނދެގެން ހުރުމެވެ. މިނޫންތަނަކަށް ދީނުގެ ޢިލްމުވެރީން ޤިޔާމޭ ކިޔައެއް ނޫޅުއްވަތެވެ. ކޭތަ ނަމާދުގައި ދެ ޤިޔާމު އޮންނަކަމަށް ޙަދީޘްގައި ވާރިދުވެފައި ވާވުމީ މިކަމުގެ ހެއްކެކެވެ. އެއީ އިޢުތިދާލަކީވެސް ޤިޔާމެއް ނަމަ، އޮތީހީ ތިން ޤިޔާމުގެ ވާހަކައެވެ. (والله أعلم)
*********
* މިލިޔުމަކީ، ލޮބުވެތި ރަސޫލާގެ ޙަދީޘްފުޅުގެ ޢަލީގައި ނަމާދާއިގުޅޭގޮތުން އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތުން ނަކަކުކޮށްފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު