(ކުރީގެ އަދާދާގުޅޭ)
.
ދުވަސްކޮޅެއްފަހުން زيد ގެފާނުގެ ބައްޕާފުޅާއި ބޮޑުބޭބޭފުޅަށް زيد ގެފާނުގެ ޚަބަރު ލިބިވަޑައިގެން އެކަލޭގެފާނު ބައްލަވައި މައްކާއަށް ވަޑައިގެންނެވިއެވެ. ދަރިކަލުން މިނިވަން ކުރައްވައިގެން އަރިހުގައި ގެންދެވުމުގެ ބޭނުންފުޅުގައެވެ. އެހެންކަމުން އެދެބޭފުޅުން މައްކާއަށް ވަޑައިގެން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَއާ ބައްދަލުކުރެއްވިއެވެ. އަދި ދަރިފުޅު ދެއްވުމަށް އެދިވަޑައިގެން އެބޭފުޅުން އެކަލޭގެފާނު އަރިހުގައި ވިދާޅުވިއެވެ. "ކަލޭގެފާނު ވިދާޅުވި ފިދްޔައެއް އަރުވަން އަޅުގަނޑުމެން މިތިބީ ތައްޔާރަށެވެ. ކަލޭގެފާނު އަޅުގަނޑުމެންގެ ދަރިފުޅު އަޅުގަނޑުމެންނަށް ދެއްވާށެވެ."
رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "އަހުރެން އެއްވެސް އަގެއް ބޭނުމެއް ނޫނެވެ. އެކުއްޖާ ތިޔަބައިމީހުންނާއެކު ދާންހުރިނަމަ ތިޔަބައިމީހުން އޭނާ ގެންދާށެވެ." އެހެން ޙަދީޘްކުރެއްވުމަށްފަހު އެކަލޭގެފާނު زيد ގެފާނު ގެންނަވައި ސުވާލުކުރެއްވިއެވެ. "މިތިއްބެވީ ކޮންބައެއްކަން އެނގޭ ހެއްޔެވެ؟" زيد ގެފާނު ވިދާޅުވިއެވެ. "މިއީ އަޅުގަނޑުގެ ބައްޕައާއި ބޮޑުބޭބެއެވެ." އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. މިބައިމީހުން އެދެނީ زيد ގެންދިޔުމަށެވެ. زيد ބޭނުން ކަމުގައިވާނަމަ ބައްޕަފުޅާއި ބޮޑުބޭބޭފުޅާއިކު ގެއަށް ދިޔަޔަސް އެންމެ ރަނގަޅެވެ."
زيد ގެފާނު ޖަވާބު ދެެއްވިއެވެ. "އަޅުގަނޑު ކަލޭގެފާނު ދޫކޮށްލައްވައިފައި އެއްވެސް ތާކަށް ނުދާނަމެވެ." މިއަޑު އައްސަވައިފައި زيد ގެފާނުގެ ބައްޕާފުޅާއި ބޮޑުބޭބޭފުޅު ކޯފާއިސްވިއެވެ. އެބޭފުޅުން ވިދާޅުވިއެވެ. "ކަލޭގެ މިނިވަންކަމަށްވުރެ ބޮޑަށް އެދެނީ އަޅުވެތިކަން ހެއްޔެވެ؟"
زيد ގެފާނު ޖަވާބު ދެެއްވިއެވެ. "އަހުރެންނަށް محمد ގެފާނުގެ ފަރާތްޕުޅުން ފެނިފައިވާ ރީތި ޚުލުޤުފުޅަށްފަހު އެކަލޭގެފާނުގެ މައްޗަކަށް އެހެން އެކަކަށްވެސް އިސްކަމެއް ނުދެވޭނެއެވެ." އެންމެފަހުން زيد ގެފާނުގެ ބައްޕާފުޅާއި ބޮޑުބޭބޭފުޅު އެބޭފުޅުންގެ ޤައުމަށް އެނބުރި ވަޑައިގަންނަވަން ޖެހުނީ زيد ގެފާނާ ނުލައެވެ.
މިޙާދިޘާ ހިނގާފައިވަނީ ނަބީކަމުގެ ފުރަތަމަ އަހަރުގައެވެ. އިތުރު ސާހިބާގެ މިދެންނެވި ރީތި އަޚްލާޤީ މާތް ސިފަފުޅު ތަފާތު ލަފުޒުތަކުން ކީރިތި ޤުރްއާނުގައި ވަނީ ބަޔާންވެގެން އައިސްފައެވެ. މިދެންނެވި ލަފުޒުތަކުގެ މާނައިގެ ވެއެވެ.
"އެބައިމީހުންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ ﷲ ގެ ޙަޟްރަތުން ލެއްވި ރަޙްމަތެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި ޚުލުޤު ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނު ވީނަމަ ކަލޭގެފާނު އަރިހުން އެބައިމީހުން ވަކިވެގެން ހިނގައްޖެއީހެވެ." (އާލުޢިމްރާން:159)
އިސްލާމްދީނުގެ ނަބިއްޔާގެ އިސްވެދެންނެވި މަތިވެރި ޚުލުޤުފުޅުގެ ސަބަބުން އެކަލޭގެފާނުގެ ޒާތުފުޅުގައި ހިތްތައް ފަތަޙަކުރުމުގެ ބާރު އުފެދުނެވެ. އެކަލޭގެފާނާ ގާތްގުޅުމެއް އުފެދޭ ހަމަ ކޮންމެ މީހަކު އެކަލޭގެފާނުގެ މާތްކަމާއި މަތިވެރިކަމަށް އިޢުތިރާފްވަމުން ދިޔައެވެ. އެބައިމީހުންގެ ހިތްތައް ފަތަޙަވަމުން ދިޔައެވެ.
ޠާއިފުގެ އެ ހަވީރަކީ ކިހާ ނާމާން ހަވީރެއް ހެއްޔެވެ؟ އެއީ އިސްލާމްދީނުގެ ނަބިއްޔާގެ ގައިކޮޅަށް އެރަށުގެ ކުޑަކުދީން ހިލައުކަމުން އެކަލޭގެފާނު ރަށުން ބޭރަށް ފައްސަވަމުން ގެންދިޔަ ހަވީރެވެ. މައްކާއާ ފަންސާސް މޭލު ދުރުގައިވާ، ޙިޖާޒުގެ މުއްސަނދީގެ ހޫނުމޫސުމްގެ ވެރި ރަށަށް މާތް ﷲ ގެ ނަބިއްޔާ ވަޑައިގަތީ ފައިންޕުޅުން ހިންގަވައިފައެވެ. އެކަލޭގެފާނު ވަޑައިގަތީ އެރަށުގެ މީހުންނަށް އިސްލާމްދީނަށް ގޮވައިލެއްވުމަށެވެ. ނަމަވެސް ޠާއިފުގެ ބޮޑުން އިތުރު އެކަލޭގެފާނު ގޮވައިލެއްވި، އިންސާނިއްޔަތުގެ ހެވާއި ލާބައިގެ މައްޗަށް އެކުލެވިފައިވާ ގޮވައިލެއްވުން އަޑުއެހުމުގެ ބަދަލުގައި ރަށުގެ ހޭނުޖެހޭ ކުޑަކުދީންނާއި މޮޔައިންނާ އެކަލޭގެފާނު ޙަވާލުކުރިއެވެ. އިރުއޮއްސި، އެކުދީންނާއި އިސްލާމްދީނުގެ ނަބީއްޔާއާއި ދެމެދަށް އަނދިރީގެ ފަރުދާތައް ހުރަސްއަޅައިފުމަށް ދާންދެން އެކުދީން މާތްރަސޫލާގެ ފަހަތްޕުޅުން ދޫކޮށެއް ނުލައެވެ.
އިތުރު އެކަލޭގެފާނުގެ ހަށިކޮޅުވަނީ ޒަޚަމުން ފުރިފައެވެ. އިސްތަށިފުޅުން ފެށިގެން ފައިތިލަފުޅާ ހަމަޔަށް ހުންނެވީ ޠާހިރު ލޭފޮދުން ތެމިވަޑައިގެންފައެވެ. އެވަގުތު އިތުރު ސާހިބާ ވަރުބަލިފުޅުވެ ވަޑައިގެން މޭބިސްކަދުރު ބަގީޗާއެއްގެ ހިމާޔަތް ހޯއްދެވިއެވެ. ވިސްނާވަޑައިގެން ބައްލަވާށެވެ. އެއީ އިންސާނަކަށް ކުރިމަތިވާނެ ކިހާ ނާޒުކުވަގުތެއްތޯއެވެ؟ އިތުރު އެކަލޭގެފާނު އެއްފަހަރަކު އެކަލޭގެފާނުގެ އަނބިކަނބަކުން ام المؤمنين السيدة عائشة رضي الله عنها ގެ އަރިހުގައި ޙަދީޘް ކުރެެއްވިއެވެ. " ޠާއިފުގެ ހަވީރަކީ އަހަރެންގެ ޙަޔާތުގެ އެންމެ އިހާނެތިކޮށް ހިތެވުނު ހަވީރެވެ. "
ނަމަވެސް އެނިހާޔަތުގެ ބިރުވެރި ނުރައްކާތެރި ވަގުތުގައިވެސް އިތުރު އެކަލޭގެފާނުގެ ދޫފުޅުން އެކަލޭގެފާނުގެ ދުޝްމިނުންގެ މައްޗަކަށް އެއްވެސް ބަދު ދުޢާފުޅެއް ނުކުރައްވައެވެ. އަދި ކީއްތޯއެވެ؟ އެކަލޭގެފާނު ވިދާޅުވަމުން ގެންދެވީ "ހައްދަވައި ބޮޑުކުރެއްވި ކަލާކޯއެވެ! މިއަޅާގެ ޤައުމުގެ މީހުންގެ ފާފަ ފުއްސަވާނދޭވެ! އެބައިމީހުންނަށް އެކުރެވޭ ކަމެއް ހަމަނޭނގެނީއެވެ!" މިފަދައިންނެވެ.
އެކަލޭގެފާނުގެ ދުޝްމިނުންތައް ބަލިކޮށް މުޅި ޢަރަބިކަރަ އެކަލޭގެފާނަށްޓަކައި ފަތަޙަކުރީ އެކަލޭގެފާނުގެ އިސްވެދެންނެވި މަތިވެރި ޚުލުޤުފުޅެވެ. އެޚުލުޤުފުޅުގެ ސަބަބުން މުޅި ޢަރަބިކަރަ އެކަލޭގެފާނުގެ ދީން ޤަބޫލުކުރިއެވެ. އެކަލޭގެފާނުގެ މަތިވެރި ޚުލުޤުފުޅުގެ ކުރިމަތީގައި އެއްވެސް މީހެއްގެ ތަޢައްޞުބަކަށް، އެއްވެސް ޢަދާވާތްތެރިއެއްގެ ގޮތްދޫނުކުރުމަކަށް ދެމިއެއް ނުހުރެވުނެވެ. އެކަލޭގެފާނުގެ ރީތި އުޅުއްވުން ޖާދޫއެއްފަދައިން މީސްތަކުންގެ ހިތްތައް ފަތަޙަކޮށް ނިންމައިލިއެވެ.
އިތުރު އެކަލޭގެފާނު އެއްފަހަރަކު ޙަދީޘްކުރެއްވިއެވެ. "ތިމާގެކަމުގެ ގުޅުން ދެމެހެއްޓުމަކީ ތިޔަބައިމީހުންނާ ތިމާގެކަމުގެ ގުޅުން ދަމަހައްޓާ މީހުންނާމެދު އެގުޅުން ދެމެހެއްޓުމެއްނޫނެވެ. އަދި ކީއްހެއްޔެވެ؟ އެއީ ތިޔަބައިމީހުންނާމެދު ތިމާގެކަމުގެ ގުޅުން ކަނޑާމީހުންނާމެދު ތިމާގެކަމުގެ ގުޅުން ދެމެހެއްޓުމެވެ."(ސަޙީޙު ބުޚާރީ- ކިތާބުލްއަދަބް)
ނުނިމޭ (މާދަމާގެ ބަޔަށް އިންތިޒާރުކޮށްލަވާ!)
********
މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން މިރަމަޟާން މަހު ކޮންމެ ދުވަހުކު ގެނެސްދެމުން އަންނާނެ ސިލްސިލާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު