މީހަކު ނަމާދަށް ހުއްޓާ އެއީ މިސްކިތުގައި ކަމުގައިވިޔަސް އަދި އަމިއްލަ ގޭގައި ނަމާދު ކުރަންހުއްޓާ ކަމުގައިވިޔަސް އަދި އެނޫން ތަނެއްގައި ނަމަވެސް، އެމީހާ ކުރިމަތީން ހުރަސް ކުރުން އެއީ ކިހާވަރެއްގެ ނުބައިކަމެއްކަން އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކަށް އޮލުންފިލާފައިވާހެނެއް ހީއެއް ނުވެއެވެ.
ސަބަބީ މިހާރުވެސް އަޅުގަނޑުމެންގެ ޒުވާނުން އަދި ބޮޑެތިމީހުންގެ ކިބައިންވެސް ނަމާދަށް ހުއްޓާ ކުރިމަތީން ހުރަސް ކުރަނިކޮށް ފެންނާތީއާއި އަދި ބައެއްފަހަރު މީހަކު ހުރަސް ކުރާއިރު، މިސްކިތުގައި ދެންތިބޭ ބަޔަކަށް ފެނިގެން އެމީހާ ހުއްޓުވަން މަސައްކަތް ނުކުރާތަނުގައި، ނަމާދަށްހުރި މީހާވެސް އޭނާގެ ކުރިމަތީން ދާމީހާ ހުއްޓުވަން މަސައްކަތްނުކުރާތީއެވެ. ފަހަރުގައި ނަމާދަށް ހުންނަ މީހާ އެމީހަކު ހުއްޓުވަން މަސައްކަތް ނުކުރަނީ އެކަމަކީ އެއީ އިތުރު ހަރަކާތަކަށްވުމުން، ތިމާގެ ނަމާދުގައި ހުޝޫއަތްތެރިކަން ގެއްލިދާނެ ކަމުގެ ބިރު ހީވާތީއެވެ.
މިކަމުގައި އަޅުގަނޑުމެން ބަލަންވާނީ މިއުއްމަތުގެ ނަބިއްޔާ އަޅުގަނޑުމެންގެ މިއުއްމަތަށް ބުނެދެއްވާގޮތެއްގެ މަތީ އެއަށް ޢަމަލުކުރުމެވެ. އަދި ޢަމަލުކުރަންވީ ގޮތް އެންމެ ތުއްތުކުއްޖާއަށް ވެސްބުނެދިނުމެވެ. ނަމާދަށް ހުއްޓާ ކުރިމަތިން ހުރަސް ކުރުމާ ގުޅޭގޮތުން ކީރިތި ރަސޫލާގެ ޙަދީޘުން އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައިވާ ގޮތަށް ބަލާލާނަމެވެ.
ހުކުރު ދުވަހެކެވެ. ލޮބުވެތި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިވަސައްލަމްގެ އަޞްޙާބު ބޭކަލުންގެ ތެރެއިން އަރައިހުންނެވި އަބޫ ސަޢީދުލްޚުދްރީ ރަޟިޔަ ﷲ ޢަންހު މީސްތަކުންނަށް އިމާމްވެ ހުންނަވައިގެން ހުކުރު ނަމާދު ކޮށްދެއްވަނީއެވެ. އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ހުރަހެއް ބަހައްޓާފައި ހުއްޓެވެ. އެހިނދު ޒުވާނަކު އައިސް އިމާމުމީހާ (އަބޫ ސަޢީދުގެ) ކުރިފުޅުމަތިން ހުރަސްކުރަން އުޅުނެވެ. އަބޫ ސަޢީދު އެޒުވާނާ ދިޔަނުދެއްވައި އަތްޕުޅުން މަނާކުރެއްވިއެވެ. ޒުވާނާ އެކިފަރާތްފަރާތަށް ބެއްޔެވެ. އޭނާއަށް ދެވޭނެ އެހެން މަގެއް ފެނުނުކަމަކަށް ނުވިއެވެ. ދެވަނަ ފަހަރަށްވެސް އެޒުވާނާ އިމާމާގެ ކުރުމަތިންލާފައި ހުރަސްކުރަން މަސައްކަތް ކުރިއެވެ. މިފަހަރު އަބޫ ސަޢީދު ކުރީފަހަރަށް ވުރެ ބާރަށް އޭނާ ކޮށްޕާލެއްވިއެވެ. މިކަމާހުރެ މިޒުވާނާ ވަރަށް ބޮޑަށް ރުޅިއައިސް އަބޫ ސަޢީދަށް ހަޑިހުތުރު ބަސްބުނެ ހެދިއެވެ. އެއަށްފަހު އެޒުވާނާ މަދީނާގެ ގަވަރުނަރު މަރްވާނު ބުނުލް ޙަކަމުގެ އަރިހަށް އަބޫ ސަޢީދުގެ ޝަކުވާ އުފުލިއެވެ.
ޝަކުވާ އުފުލުމާއެކު މަރްވާން، އަބޫ ސަޢީދު ރަޟިޔަ ﷲ ޢަންހުގެ އަރިހަށް މީހަކު ފޮނުއްވައި އެމަނިކުފާނުންގެ އަރިހަށް ވަޑައިގަތުމަށް ދެންނެވިއެވެ.
އަބޫ ސަޢީދު ވަޑައިގަތުމުން އެޒުވާނާއާދޭތެރޭ ކަންތައް ކުރެެއްވިގޮތުގެ ވާހަކައާއި އެކަން އެގޮތަށް ކުރެެއްވި ސަބަބު އޮޅުން ފިލުއްވައިދެއްވުމަށް މަދީނާގެ ގަވަރުނަރ މަރްވާން އެދިވަޑައިގެންނެވިއެވެ.
ޖަވާބުގައި އަބޫ ސައީދު ވިދާޅުވެ ދެއްވިއެވެ. ތިމަން ކަލޭގެފާނު ރަސޫލު ﷲ ޞައްލަ ﷲ ޢަލައިވަސައްލަމް ޙަދީޘް ކުރެއްވި އަޑު އެއްސެވީމެވެ. "ތިޔައިން މީހަކު ކުރިމަތީގައި ހުރަހެއް ބަހަށްޓައިގެން ނަމާދުކުރަން ހުއްޓައި އޭނާގެ ކުރިމަތިން މީހަކު ހުރަސްކުރަން ގަސްދުކޮށްފިނަމަ، އޭނާ ދުރުކުރާށެވެ. ދެން އެކަމާ އެނާ ދެކޮޅުހަދައިފިނަމަ އޭނާއާއި ހަނގުރާމަ ކުރާށެވެ. މިހެނީ އެއީ ޝައިޠާނެއްކަން ކަށަވަރެވެ. (ބުޚާރީ- މުސްލިމް)
*އިރުޝާދު:
1. ތިމާ ނަމާދު ކުރާއިރު ތިމާގެ ކުރިމަތިން ހުރަސްވިޔަ ނުދިނުމަށްޓަކައި ކުރިމަތީގައި ސަޖިދަކުރާހާ ހިސާބު ހުރަހެއްގެ ގޮތުގައި އެއްޗެއް ބެހެއްޓުމަކީ ސުއްނަތެކެވެ.
2. މީހަކު ނަމާދަށް ހުއްޓާ އޭނާގެ ކުރިމަތިންލާފައި ހުރަސްކުރުމަކީ ޙަރާމްވެގެންވާ ކަމެކެވެ. ހުރަސްކުރަން ވެއްޖެނަމަ، ހުރަސްކުރަންވާނީ، އެމީހާއަށްވުރެން އެއްސަފު ކުރިންނެވެ. ނުވަތަ އެމީހާ ސަޖިދަކުރާ ހިސާބަށްވުރެން ދުރުންނެވެ.
3. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. "ކަލޭގެ އަޚާ ނަމާދަށް ހުއްޓާ އޭނާގެ ކުރިމަތިން ހުރަސްކުރުމުގެ ފާފައިގެ ބޮޑުކަން ކަލޭއަށް އެނގޭނަމަ، ސާޅީސް އަހަރު ވަންދެންވެސް ކަލޭ ހުރަސްނުކޮށް ކޮޅަށް ހުރުމަށް ކަލޭ ރުހުނީހެވެ." (އަޙްމަދު، ބުޚާރީ، މުސްކިމް، ތިރްމިޛީ)
*********
* މިލިޔުމަކީ، ލޮބުވެތި ރަސޫލާގެ ޙަދީޘްފުޅުގެ ޢަލީގައި ނަމާދާއިގުޅޭގޮތުން އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު