ކުރީގެ އަދަދާގުޅޭ
.
އިސްލާމީ ތާރީޚު މަޝްހޫރު ޙާދިޘާއެކެވެ. އިސްލާމްދީނުގެ ދުޝްމިނުންގެ ބަޔަކު އެއްފަހަރު ام المؤمنين السيدة عائشة رضي الله عنها ގެ އިސްތަށިފުޅުގައި ހިލޭފިރިހެނަކާ ނިސްބަތްކޮށް ދޮގު ތުހުމަތެއް އެޅުވިއެވެ. އެކަމަނާއަކީ މާތް ރަސޫލާގެ ޠާހިރު އަނބިކަނބަލުންނެވެ. ابو بكر الصديق رضي الله عنه ގެ ލޮބުވެތި ދަރި ކަނބަލުންނެވެ.
މިދެންނެވި ތުހުމަތަކީ ކަނޑައެޅިގެންހުރި ދޮގު ތުހުމަތެކެވެ. އެއްވެސް ބިންގަލެއްނެތް ވާހަކައެކެވެ. އެފުލޯކު ވާހަކަ އުފައްދައި ފެތުރި މީހުންގެ ތެރޭގައި مسطح އެވެ ކިޔުނު ބޭކަލަކު ހިމެނިވަޑައިގަތެވެ. އެކަލޭގެފާނަކީ ابو بكر ގެފާނުގެ ތިމާގެފުޅު ބޭކަލެކެވެ. ابو بكر الصديق رضي الله عنه އެކަލޭގެފާނުގެ ފަޤީރުކަމާހުރެ ކޮންމެ މަހަކުވެސް އެކަލޭގެފާނަށް އެކަލޭގެފާނަށް ފައިސާގެ އެހީފުޅެއް ދެއްވައެވެ. ابو بكر الصديق رضي الله عنه ގެ މަޢުޞޫމް ދަރިކަނބަލުންގެ އިސްތަށިފުޅުގައި އެދޮގު ތުހުމަތު އެޅުވި މީހުންގެ ތެރޭގައި مسطح ވެސް ހިމެނިވަޑައިގަންނަވާކަން އެނގިވަޑައިގަތުމުން ابوبكرގެފާނު مسطح އަށް މާލީ އެހީ ދެއްވުން ހުއްޓަވައިލެއްވިއެވެ. އެކަމާގުޅިގެން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް މާތް ﷲ ގެ ވަޙީ ލިބިވަޑައިގަތެވެ. ބޭނުންޖެހިފައިވާ އަތްމަތިދަތި އެއްވެސް މީހަކަށްދޭ މާލީ އެހީއެއް އޭނާ ކުރާ އަޚްލާޤީ ކުށެއްގެ ސަބަބުން ހުއްޓައި ނުލުމަށެވެ. އަދި ކީއްތޯއެވެ؟ އޭނާ ކުރާ ކުށަކަށް މާފުދިނުމާއެކު އޭނާއަށް ދޭ މާލީ އެހީ ދެމެހެއްޓުމަށެވެ. އަރަހުށި މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައިވެއެވެ. "ތިޔަބައިމީހުންގެ ތެރެއިން ދީލަތިކަމާއި ތަނަވަސްކަމުގެ ވެރީން، ގާތްތިމާގެ މީހުންނަށާއި މިސްކީނުންނަށާއި ﷲ ގެ މަގުގައި ހިޖްރަކުޅަ މީހުންނަށް ނުދިނުމަށް ހުވާނުކުރާހުށިކަމެވެ! އަދި އެބައިމީހުންނަށް ޢަފޫކޮށް މާފުކުރާހުށިކަމެވެ! ﷲ ތިޔަބައިމީހުންނަށް ފާފަ ފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ." (ސޫރަތުއްނޫރު: 22)
ابوبكر رضي الله عنه ބެހޭ އެހެން ޙާދިޘާއެކެވެ. އެއްދުވަހަކު ابوبكر ގެފާނު މާތްރަސޫލާގެ އަރިހުގައި އިންނަވަނިކޮށް މީހަކުއައިސް ابوبكر ގެފާނަށް އެއްޗެހި ގޮވަންފެށިއެވެ. އޭނާ ފުރަތަމަފަހަރު އެއްޗެހިގޮވުމުން ابوبكر ގެފާނު ޖަވާބެެއް ނުދެއްވައި ހިމޭނުން އިންނެވިއެވެ. ދެވަނަ ފަހަރަށް އެއްޗެހި ގޮވުމުންވެސް ޖަވާބެއް ނުދެއްވިއެވެ. ނަމަވެސް ތިންވަނަ ފަހަރަށް އެއްޗެހި ގޮވާންފެށުމުން ابوبكر ގެފާނަކަށް ހިމޭނަކުން ނުއިންނެވުނެވެ. ޖަވާބުގައި ވާހަކަފުޅު ދަައްކަވަން ފެއްޓެވިއެވެ. އެވަގުތު އެތަން ފެނިވަޑައިގަތުމުން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެތަނުން ތެދުވެވަޑައިގެން ދުރަށް ވަޑައިގަންނަވަން ފެއްޓެވިއެވެ. ابوبكر ގެފާނު އެކަމާ ސުވާލުކުރެއްވިއެވެ. "އޭ މާތް ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނު ތިޔަވަޑައިގަންނަވަނީ ކީއްވެގެންތޯއެވެ؟"
މާތްރަސޫލާ ޖަވާބު ދެއްވިއެވެ. " ابوبكر ގެފާނެވެ. ކަލޭގެފާނު ހިމޭނުންއިންނެވިއިރު މަލާއިކަތުން ކަލޭގެފާނުގެ ފަރާތްޕުޅުން ޖަވާބު ދެއްވަމުން ގެންދެވިއެވެ. ނަމަވެސް ކަލޭގެފާނު އަމިއްލަފުޅަށް ޖަވާބުދެއްވަން ފެއްޓެވުމުން މަލާއިކަތުން މިތަނުން ވަޑައިގެންފިއެވެ."
(ސުނަނު އަބީދާއޫދު- ކިތާބުލްއަދަބު)
މިޙާދިޘާއަށް ވިސްނާއިރު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އިރުޝާދު ދެއްވާފައިވަނީ، ތިމާއަށް އަނެކަކު ކުރާ ނުބައިކަމެއްގެ ބަދަލުގައި ތިމާގެ ފަރާތުން ބަދަލުހިފުމުގެ ފިޔަވަޅެއް ނާޅާހާހިނދަކު އެމީހެއްގެ ފަރާތުން ބަދަލު ހިއްޕެވުމަށްޓަކައި މާތް ﷲ ވޮޑިގެންވާކަމެވެ. ނަމަވެސް އޭނާ އަމިއްލަޔަށް ބަދަލުހިފާން އުޅެގެންފިނަމަ މާތް ﷲ އެމީހެއްގެ ކަންތައް އެމީހަކަށް ދޫކޮށްލައްވައެވެ. ޝައްކެއްނެތް ގޮތުގައި މާތް ﷲ އަށްވުރެ މޮޅަށް ބަދަލުހިފުމަކީ އިންސާނަކަށް ކުރެވޭނެ ކަމެއްނޫނެވެ.
علي رضي الله عنه ރިވާކުރައްވާފައި ވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެއްފަހަރަކު ޔަހޫދީ ދަންނަބޭކަލެއްގެ އަތުން އަސްރަފީކޮޅެއް ދަރަންޏަށް އަތުލެއްވިއެވެ. ދުވަސްކޮޅެއްވުމުން އެޔަހޫދީ ކަލޭގެ އެދަރަނި ބަލައި އަތުވެއްޖެއެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ކަލޭގެ ދަރަނި އަދާކުރަން ދޭނެ އެއްޗެއް މިވަގުތަކު އަހުރެންގެ އަތަކު ނެތެވެ." ޔަހޫދީ ކަލޭގެ ދެންނެވިއެވެ. "ކަލޭގެފާނު އަޅުގަނޑުގެ ދަރަނި އަދާނުކުރައްވަނީހެއް އަޅުގަނޑު ކަލޭގެފާނު ދޫކޮށެއްނުލާނަމެވެ." މިހެންބުނެފައި އޭނާ މެންދުރުއްސުރެ އިރުއޮއްސެންދެން މާތްރަސޫލާ އެކަލޭގެފާނުގެ ގަނޑުވަރަށް ވަޑައިގަތަނުދީ ހިފަހައްޓައިގެން އިނދެއްޖެއެވެ. އޭރު މަދީނާގައިވަނީ މާތް ރަސޫލާގެ ވެރިކަން ޤާއިމްވެފައެވެ. މާތް ރަސޫލާއަށްވަނީ އެޔަހޫދީ ކަލޭގެއާމެދު ފިޔަވަޅު އެޅުއްވުމުގެ ބާރު ލިބިވަޑައިގެންފައެވެ. އެހެންކަމުން ޞަޙާބީންގެ ބައެއްބޭކަލުން ޔަހޫދީކަލޭގެއަށް އެއްޗެހި ވިދާޅުވެ އޭނާ ފޮނުއްވައިލައްވާން އުޅުއްވިއެވެ. ނަމަވެސް މާތް ރަސޫލާ އެބޭކަލުންނަށް އެކަން މަނާކުރެއްވިއެވެ. އެއްބޭކަލަކު ވިދާޅުވިއެެވެ. "މާތް ﷲ ގެ ރަސޫލާއެވެ. ޔަހޫދީއަކު މިވަނީ ކަލޭގެފާނު ހައްޔަރުކޮށްފައެވެ." އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އާނއެކެވެ! އެކަމަކު އަހުރެންނަށްވަނީ އަނިޔާވެރިވުން މަނާކުރެވިގެންނެވެ."
އެގޮތުގައި އެރޭގެ ފަތިސްވެއްޖެއެވެ. ދެވަނަ ދުވަހަށް ފެށުމުން ޔަހޫދީ ކަލޭގެ ލޯހުޅުވިއްޖެއެވެ. އިިތުރު އެކަލޭގެފާނަށް ބާރުލިބިވަޑައިގެން ހުންނެވުމާއެކުވެސް އެގޮތަށް ބަރުދާސް ކުރެެއްވީތީ ޔަހޫދީ ކަލޭގެއަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އޭނާ އެހާތަނުން އިސްލާމް ވެއްޖެއެވެ. މިދެންނެވި ޔަހޫދީއަކީ މަދީނާގެ ވަރަށްބޮޑު މުއްސަންޖެކެވެ. އެދުވަހާ ހަމަޔަށް އޭނާ ހުރީ މަދުއަސްރަފީކޮޅަކާހުރެ މާތްރަސޫލާ ހައްޔަރު ކޮށްގެންނެވެ. ނަމަވެސް މާތްރަސޫލާގެ ރީތި ޚުލުޤުފުޅުން އޭނާއަށް އަސަރުކުރިވަރީ އޭނާގެ ހުރިހާ މުދާ، މާތް ރަސޫލާއަށް ވެދުންކޮށްފައި ދެންނެވިއެވެ. ބޭނުންފުޅު ގޮތަކަށް ޚަރަދު ކުރައްވާށެވެ. (ބައިހަޤީ)
عبدالله بن أبي الحمساء ބަޔާން ކުރައްވާފައިވެއެވެ. އަހުރެން އެއްފަހަރަކު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އާ ވިޔަފާރީގެ މުޢާމަލާއެއް ކުރީމެވެ. އެމުޢާމަލާ މުޅިން ނުނިމެނީސް އަހަންނަ ކޮންމެވެސް ބޭނުމަކު އެތަނުން ދާންޖެހިއްޖެއެވެ. އަހުރެން ދެންނެވީމެވެ.
" ކަލޭގެފާނު މިތާނގައި މަޑުކުރައްވާށެވެ. އަޅުގަނޑު އެނބުރި އައިސް ވިޔަފާރިގެ ނުނިމިއޮތްބައި ނިންމާނަމެވެ."
އަހުރެން ގެއަށް ދިޔުމަށްފަހު މަސައްކަތްތަކަކާ މަޝްޣޫލުވެވުނުލެއް ބޮޑުކަމުން އަހުރެންގެ ވަޢުދުމަތީން ހަދާން ނެތިއްޖެއެވެ. ތިންދުވަސްފަހުން ހަނދާންވެގެން އަހުރެން ދިޔައިރު މާތް ރަސޫލާ އެހުންނެވިތާނގައި ހުންނެވިއެވެ. އެކަލޭގެފާނަށް އަހުރެން ފެނިވަޑައިގަތުމުން ހަމައެކަނި ޙަދީޘްކުރެެއްވީ "ކަލޭގެ އަހުރެންނަށް ވަރަށް އުނދަގޫޖައްސައި ފީމުއެވެ. އަހުރެން މިތާ ހުންނަތާ ތިން ދުވަސް ވެއްޖެއެވެ." މިފަދައިންނެވެ.
(އަބޫދާއޫދު) އާދެ މިބާވަތުގެ ޙާދިޘާތަކަކީ އޭގައި އެކުލެވޭ ދަމާބާރުން ކިތަންމެ ހަރުކަށި މީހަކަށްވެސް އަސަރުނުކުރާ ކަހަލަ ކަންކަމެއް ނޫނެވެ.
ام المؤمنين السيدة عائشة رضي الله عنها ރިވާކުރައްވާފައި ވެއެވެ. އެއްފަހަރަކު ޔަހޫދީ ދަންނަ ބޭކަލުންގެ ޖަމާޢަތެއް މާތްރަސޫލާގެ އަރިހަށް އައެވެ. އެބައިމީހުން އައިސް މާތްރަސޫލާއަށް ދެންނެވިއެވެ.
"السام عليكم ކަލޭގެފާނުގެ މައްޗަށް ހަލާކުހުއްޓެވެ. عائشة رضي الله عنها އެއަޑު އިވިވަޑައިގަތުމުން އެކަމާއެއްޗެކޭ ވިދާޅުނުވެއެއް ނުއިންނެވުނެވެ. އެކަމަނާ ވިދާޅުވިއެވެ. "އަދި ކީއްހެއްޔެވެ؟ ހަލާކުހުރީ ތިޔަބައިމީހުންގެ މައްޗަށެވެ. ތިޔަބައިމީހުންގެ މައްޗަށް ﷲ ގެ ލަޢުނަތް ހުއްޓެވެ! " އިތުރު އެކަލޭގެފާނު عائشة ގެފާނަށް އެފަދަ ޖަވާބުދެއްވުން މަނާ ކުރެެއްވިއެވެ. އެކަލޭގެފާނު ޙަދިޘް ކުރެއްވިއެވެ. " މާތް ﷲ އީ އޯގާވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ރުހިވޮޑިގަންނަވަނީ ކޮންމެ ކަމެއްގައިވެސް އޯގާވެރިކަމަށެވެ."
ޝައްކެއްނެތެވެ. އިދިކޮޅު މީހެއްގެ ހިތް އަތުލައިގަތުމަށް އޭނާގެ ހަރުކަށިކަމަށާއި ދޫނުބައިކަމަށް މަޑުމައިތިރިކަމާއި ރީތިބަހުން ޖަވާބު ދިނުމަށްވުރެ ރަނގަޅުގޮތެއް ނޯންނާނެއެވެ. ހަތިޔާރުގެ ޙަމަލައަށް ކެތްކުރުމަކީ ކުރެވިދާނެ ކަމެކެވެ. ނަމަވެސް ރީތި އަޚްލާޤުގެ ޙަމަލައިގެ ކުރިމަތީގައި އެކަކަށްވެސް ގޮތްދޫނުކޮށެއް ނުހުރެވޭނެއެވެ. ކޮންމެ މީހަކަށްވެސް ތިމާ ދެރަވެއްޖެކަން ޤަބޫލުކުރަން ޖެހޭނެއެވެ.
(1) މިއީ އިސްލާމީ ސަލާމުގައި ހިމެނޭ ހެޔޮދުޢާގެ ޢިބާރާތް ބަދަކުކޮށް ބަދުދުޢައެއް ކުރުމުގެގޮތުން ބޭނުންކުރާ ގޮތެކެވެ. މިގޮތަށް އަވަސްއަވަހަށް ކިޔާލުމުން އެކިޔަނީ " السلام عليكم " މިހެން ނޫންކަން އޮޅުންފިލާނީ ވަރަށް ބޮޑަށް އެކަމާވިސްނައިހުރެގެންނެވެ.
ނުނިމޭ (މާދަމާގެ ބަޔަށް އިންތިޒާރުކޮށްލަވާ!)
********
މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން މިރަމަޟާން މަހު ކޮންމެ ދުވަހުކު ގެނެސްދެމުން އަންނާނެ ސިލްސިލާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު