ޑރ. މުޙައްމަދު އިޔާޒް   16 އޭޕްރީލު 2023 - 19:8
ޔޫސުފް ޢަލައިހިއްސަލާމްގެ ވާހަކަ
ޔޫސުފް ޢަލައިހިއްސަލާމްގެ ވާހަކަ
ޔޫސުފް ޢަލައިހިއްސަލާމްގެ ވާހަކަ އަކީ ނުހަނު ގިނަ ޢިބްރަތްތަކަކުން ފުރިގެންވާ ވާހަކައެކެވެ. ކުޑަކުދިންނާއި، ﷲ ގެ މަގުގައި ދަޢްވަތުގެ މައިދާނުގައި މަސައްކަތް ކުރާ މީހުންނާއި، ވަޡީފާގައި އުޅޭމީހުންނާއި، އަނިޔާ ލިބިފައިވާ މީހުންނާއި، ރިވެތި އަޚްލާގު ގެ ވެރިންނަށް ނުހަނު ގިނަ ޢިބްރަތްތަކެއް މިވާހަކައިގައި ހިމެނިގެންވެއެވެ.

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (لَقَدْ كَانَ فِي قَصَصِهِمْ عِبْرَةٌ لِّأُولِي الْأَلْبَابِ ۗ مَا كَانَ حَدِيثًا يُفْتَرَىٰ وَلَـٰكِن تَصْدِيقَ الَّذِي بَيْنَ يَدَيْهِ وَتَفْصِيلَ كُلِّ شَيْءٍ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ) މާނައަކީ: "ހަމަކަށަވަރުން، އެއުރެންގެ ވާހަކަތަކުގައި، ބުއްދީގެ أهل ވެރިންނަށް عبرة އެއް ވާކަން ކަށަވަރެވެ. އެ قرآن އަކީ، ހަދައިގެން އުފެއްދޭ ވާހަކަތަކެއްނޫނެވެ. އެހެނެއްކަމަކު، އެއީ އޭގެކުރިން ބާވައިލެއްވި ފޮތްތައް ތެދުކުރާ، އަދި ހުރިހާކަމެއް تفصيل ކޮށްދޭ، އަދި إيمان ވާ ބަޔަކަށް هداية އެއް ކަމުގައްޔާއި، رحمة އެއް ކަމުގައިވާ ފޮތެވެ.

ޔޫސުފްގެފާނުގެ ވާހަކައިން ލިބޭ ޢިބްރަތްތައް:

1. ބައްޕަ އަކު ހުރިހާ ކުދިންނާއި މެދުގައި އިންޞާފުން ކަންތައް ކުރުން. އަދި ލޯބިވުމުގައި ވެސް ހުރިހާ ކުދިން ހަމަހަމަ ކުރުން. ނޫންނަމަ އެއް ކުއްޖަކު އަނެއް ކުއްޖެއްދެކެ ޙަސަދަވެރިވެ، ރުޅިއައިސް، އެރުޅިވެރިކަމާއި ނަފްރަތު ހަނގުރާމަ އަކަށް ބަދަލުވެގެން ހިނގައިދާނެއެވެ. ޔޫސުފްގެ ފާނުގެ އަޚުން ބުނި ކަމަށް ގުރްއާނުގައި އައިސްފައިވެއެވެ. (إِذْ قَالُوا لَيُوسُفُ وَأَخُوهُ أَحَبُّ إِلَىٰ أَبِينَا مِنَّا وَنَحْنُ عُصْبَةٌ إِنَّ أَبَانَا لَفِي ضَلَالٍ مُّبِينٍ ﴿٨﴾ اقْتُلُوا يُوسُفَ أَوِ اطْرَحُوهُ أَرْضًا يَخْلُ لَكُمْ وَجْهُ أَبِيكُمْ وَتَكُونُوا مِن بَعْدِهِ قَوْمًا صَالِحِينَ) މާނައަކީ: "އެ أخ ންތައް، ބުނިހިނދު، ހަނދުމަކުރާށެވެ! ތިމަންމެންނީ، ގަދަފަދަ ޖަމާޢަތެއް ކަމުގައި ވާހިނދުވެސް، ޔޫސުފްގެފާނާއި އޭނާގެ އަޚް ބުންޔާމީން ތިމަންމެންގެ ބައްޕާގެ އަރިހުގައި ލޮބުވެތިކަން މާބޮޑެވެ. ހަމަކަށަވަރުން، ތިމަންމެންގެ ބައްޕާވަނީ، ފާޅުވެގެންވާ މަގުއޮޅުމެއްގައެވެ. ތިޔަބައިމީހުން يوسف ގެފާނު قتل ކޮށްލާށެވެ! ނުވަތަ، ދުރު ބިމަކަށް އެކަލޭގެފާނު އެއްލައިލާށެވެ! އޭރުން ތިޔަބައިމީހުންގެ ބައްޕާގެ ހެޔޮކަން ތިޔަބައިމީހުންނަށް އެކަނި ލިބޭނެތެވެ. އަދި އެއަށްފަހު ތިޔަބައިމީހުން ތައުބާވެ ޞާލިޙް ރަގަޅު ބައެއް ކަމުގައި ވާނީއެވެ".

2. ﷲ އަށް އީމަންވެ، އެކަލާނގެ އާއި މެދު ޔަގީންކަން ބޭއްވުމަކީ އެންމެހައި ކުށްފާފަ ތަކުން މީހާ ދުރުހެލި ކުރުވާ ސަލާމަތް ކުރުވާ ކަމެކެވެ. (وَلَقَدْ هَمَّتْ بِهِ ۖ وَهَمَّ بِهَا لَوْلَا أَن رَّأَىٰ بُرْهَانَ رَبِّهِ ۚ كَذَٰلِكَ لِنَصْرِفَ عَنْهُ السُّوءَ وَالْفَحْشَاءَ ۚ إِنَّهُ مِنْ عِبَادِنَا الْمُخْلَصِينَ ) މާނައަކީ: "އަދި ހަމަކަށަވަރުން (އެދުމާއެކު) އެކަނބުލޭގެ އެކަލޭގެފާނާ ކުރިމަތިލިއެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ دليل ފެނިވަޑައިނުގެންނެވިނަމަ، އެކަލޭގެފާނުގެ ހިތްޕުޅުވެސް އެކަނބުލޭގެ ފަރާތަށް ލެނބުނީހެވެ. އެފަދައިން (އެ دليل ދެއްކެވީ) ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ ކިބައިން ނުބައި عمل އާއި، ހުތުރުކަންބޮޑު ފާފަ ދުރުކުރެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލޭގެފާނު ވަނީ، ތިމަންރަސްކަލާނގެ خيار ކުރެއްވި އަޅުންގެ ތެރެއިންނެވެ".

3. މަކަރުވެރިކަމަކީ އިންސާނާގެ ޠަބީޢަތުގައި ލައްވާފައިވާ ޞިފަ އެއް ކަމުގައިވީނަމަވެސް އެޔަކުން ކާމިޔާބާއި ހަމައަށް ވާޞިލްވެވޭނެ އެއްޗެއް ނޫނެވެ. ސަބަބަކީ ކޮންމެވެސް ވަގުތަކުން ޙަގީގަތް އެނގިބަޔާންވަނެތީވެއެވެ. (وَجَاءُوا أَبَاهُمْ عِشَاءً يَبْكُونَ ﴿١٦﴾ قَالُوا يَا أَبَانَا إِنَّا ذَهَبْنَا نَسْتَبِقُ وَتَرَكْنَا يُوسُفَ عِندَ مَتَاعِنَا فَأَكَلَهُ الذِّئْبُ ۖ وَمَا أَنتَ بِمُؤْمِنٍ لَّنَا وَلَوْ كُنَّا صَادِقِينَ ﴿١٧﴾ وَجَاءُوا عَلَىٰ قَمِيصِهِ بِدَمٍ كَذِبٍ ۚ قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ وَاللَّـهُ الْمُسْتَعَانُ عَلَىٰ مَا تَصِفُونَ) މާނައަކީ: "އަދި عشاء ވަގުތުގައި، އެއުރެންގެ ބައްޕާގެ އަރިހަށް ރޮމުން އެއުރެން އައޫއެވެ. އެއުރެން ދެންނެވޫއެވެ. އޭ އަހުރެމެންގެ ބައްޕާއެވެ! ތިމަންމެންގެ ސާމާނުތަކުގެ ކައިރީގައި يوسف ގެފާނު ބަހައްޓާފައި، ތިމަންމެން ވާދަކުރުމަށް ދިޔައީމުއެވެ. ދެން މިނިކާވަގެއްއައިސް، އެކަލޭގެފާނު ކައިފިއެވެ. ތިމަންމެން ތެދުވެރިންކަމުގައިވިޔަސް، ކަލޭގެފާނު ތިމަންމެންގެ ބަސް ތެދެއް ނުކުރައްވާނެތެވެ. އަދި އެއުރެން އެކަލޭގެފާނުގެ ގަމީސްކޮޅުގައި ދޮގު ލެޔެއް އުނގުޅައިގެން ގެނައޫއެވެ. ޔަޢްގޫބުގެ ފާނު ވިދާޅުވިއެވެ. އެހެންނަކުން ނޫނެވެ. ތިޔަބައިމީހުންގެ އަމިއްލަ نفس ތައް (ނުބައި) ކަމެއްކުރުމަށް، ތިޔަބައިމީހުންނަށް ތަންދިނީއެވެ. ފަހެ، (ތިމަންކަލޭގެފާނަށް އޮތީ) ރިވެތިވެގެންވާ ކެތްކުރުމެކެވެ. އަދި ތިޔަބައިމީހުން، ސިފަކޮށް ބުނާ އެއްޗެއްގެ މައްޗަށް (ކެތްކުރުމުގައި) އެހީދެއްވާ ފަރާތަކީ اللَّه އެވެ".

4. މުއިމިނުން އަބަދުވެސް ކަންކަމުގައި ވަކީލުކުރާ ހުށީ ﷲ އަށެވެ. އަދި ކޮންމެ ކަމެއްމެ ހިންމަވައި ދެއްވަނީ ﷲ ކަން ތެދުކޮށް ޔަގީން ކުރާނެއެވެ. ކޮންމެ ކަމަކަށްމެ ދަންނަވަނީ ﷲ ގެ ޙަޟްރަތުގައެވެ. ﷲ ގެ ޙިމާޔަތުން ބޭރުވެވޭނެ އެއްވެސް ޙާލަތެއް ނުވެއެވެ. (قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ وَاللَّـهُ الْمُسْتَعَانُ عَلَىٰ مَا تَصِفُونَ) މާނައަކީ: " ޔަޢްގޫބުގެ ފާނު ވިދާޅުވިއެވެ. އެހެންނަކުން ނޫނެވެ. ތިޔަބައިމީހުންގެ އަމިއްލަ نفس ތައް (ނުބައި) ކަމެއްކުރުމަށް، ތިޔަބައިމީހުންނަށް ތަންދިނީއެވެ. ފަހެ، (ތިމަންކަލޭގެފާނަށް އޮތީ) ރިވެތިވެގެންވާ ކެތްކުރުމެކެވެ. އަދި ތިޔަބައިމީހުން، ސިފަކޮށް ބުނާ އެއްޗެއްގެ މައްޗަށް (ކެތްކުރުމުގައި) އެހީދެއްވާ ފަރާތަކީ اللَّه އެވެ".

5. ބުއްދިވެރިޔަކީ އެމީހެއްގެ މައްޗަށް ދޮގު ތުހުމަތެއް ކުރެވޭ ހިނދު އެއީ ދޮގެއްކަން ޘާބިތުކޮށްދޭ މީހާއެވެ. އެއްވެސް ޙާލެއްގައި އެކަން ޘާބިތުވާކަށް ނޭދޭނެއެވެ. (قَالَ هِيَ رَاوَدَتْنِي عَن نَّفْسِي) މާނައަކީ: " އެކަލޭގެފާނު ވިދާޅުވިއެވެ. ނުބައިކަންތަކަށް ތިމަންކަލޭގެފާނުގެ ކިބައިން އެދުނީ، އެކަނބުލޭގެއެވެ".

6. ސަލާމަތް ބުއްދި އަކީ ކަންކަމުގެ ޙަގީގަތް ދެނެގަތުމުގެ މައިގަނޑު މަޞްދަރެވެ. (وَشَهِدَ شَاهِدٌ مِّنْ أَهْلِهَا إِن كَانَ قَمِيصُهُ قُدَّ مِن قُبُلٍ فَصَدَقَتْ وَهُوَ مِنَ الْكَاذِبِينَ ﴿٢٦﴾ وَإِن كَانَ قَمِيصُهُ قُدَّ مِن دُبُرٍ فَكَذَبَتْ وَهُوَ مِنَ الصَّادِقِينَ) މާނައަކީ: " އަދި (އެކަމާމެދު) އެކަނބުލޭގެ ތިމާގެ މީހުންކުރެ ހެކިވެރިޔަކު ހެކިދީ ބުންޏެވެ. އެކަލޭގެފާނުގެ ގަމީސްކޮޅު ވީދިފައިވަނީ، ކުރިމަތިންނަމަ، އެކަނބުލޭގެ އެބުނީ ތެދެވެ. އަދި އެކަލޭގެފާނު ވަނީ ދޮގުވެރިންގެ ތެރެއިންނެވެ".

7. ދީނުގެ ދަޢްވަތުގައި މަސައްކަތް ކުރާ މީހުން ރަގަޅު ފުރުޞަތުގެ ބޭނުން ހިފަން ޖެހޭނެއެވެ. އަދި ކޮންމެ ޙާލަތަކާ އެންމެ ގުޅޭ އެންމެ މުނާސިބު އުސްލޫބެއް ބޭނުން ކުރަން ޖެހޭނެއެވެ. އަދި މުޚާޠަބު ކުރެވޭ މީހުންގެ ޙާލަތާއި، އެވާހަކަ ތައް އަޑު އެހުމަށް އެބައިމީހުން ތައްޔާރުވެފައި ހުރި ވަރު ވަޒަން ކުރަން ޖެހޭނެއެވެ. އަދި މީސްތަކުންނަށް ދަޢްވަތަށް ގޮވާލާ ހިނދުގައި އެންމެ ފުރަތަމަ ފަށަން ޖެހޭނީ ތަވްޙީދުން ކަން. އަންނަނިވި އާޔަތް ތަކުން އެކަން ވަރަށް ފުރިހަމަ އަށް ދޭހަވެގެންދެއެވެ. (وَدَخَلَ مَعَهُ السِّجْنَ فَتَيَانِ ۖ قَالَ أَحَدُهُمَا إِنِّي أَرَانِي أَعْصِرُ خَمْرًا ۖ وَقَالَ الْآخَرُ إِنِّي أَرَانِي أَحْمِلُ فَوْقَ رَأْسِي خُبْزًا تَأْكُلُ الطَّيْرُ مِنْهُ ۖ نَبِّئْنَا بِتَأْوِيلِهِ ۖ إِنَّا نَرَاكَ مِنَ الْمُحْسِنِينَ ﴿٣٦﴾ قَالَ لَا يَأْتِيكُمَا طَعَامٌ تُرْزَقَانِهِ إِلَّا نَبَّأْتُكُمَا بِتَأْوِيلِهِ قَبْلَ أَن يَأْتِيَكُمَا ۚ ذَٰلِكُمَا مِمَّا عَلَّمَنِي رَبِّي ۚ إِنِّي تَرَكْتُ مِلَّةَ قَوْمٍ لَّا يُؤْمِنُونَ بِاللَّـهِ وَهُم بِالْآخِرَةِ هُمْ كَافِرُونَ ﴿٣٧﴾ وَاتَّبَعْتُ مِلَّةَ آبَائِي إِبْرَاهِيمَ وَإِسْحَاقَ وَيَعْقُوبَ ۚ مَا كَانَ لَنَا أَن نُّشْرِكَ بِاللَّـهِ مِن شَيْءٍ ۚ ذَٰلِكَ مِن فَضْلِ اللَّـهِ عَلَيْنَا وَعَلَى النَّاسِ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَشْكُرُونَ ﴿٣٨﴾ يَا صَاحِبَيِ السِّجْنِ أَأَرْبَابٌ مُّتَفَرِّقُونَ خَيْرٌ أَمِ اللَّـهُ الْوَاحِدُ الْقَهَّارُ ﴿٣٩﴾ مَا تَعْبُدُونَ مِن دُونِهِ إِلَّا أَسْمَاءً سَمَّيْتُمُوهَا أَنتُمْ وَآبَاؤُكُم مَّا أَنزَلَ اللَّـهُ بِهَا مِن سُلْطَانٍ ۚ إِنِ الْحُكْمُ إِلَّا لِلَّـهِ ۚ أَمَرَ أَلَّا تَعْبُدُوا إِلَّا إِيَّاهُ ۚ ذَٰلِكَ الدِّينُ الْقَيِّمُ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ) މާނައަކީ: " އަދި (ރަސްގެފާނުގެ خادم ންގެ ތެރެއިންވާ) ދެކުއްޖަކުވެސް އެކަލޭގެފާނުގެ އަރިހުގައި ޖަލަށްލެވުނެވެ. އޭގެތެރެއިން އެކަކު ދެންނެވިއެވެ. ހަމަކަށަވަރުން، ރާހެދުމަށް، ތިމަން މޭބިސްކަދުރުން ދިޔަފެލާތީ ތިމަންނާއަށް ހުވަފެނުން ފެނުނެވެ. އަދި އަނެކަކު ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންގެ ބޮލުގައި ރޮށިތަކެއް ބަހައްޓައިގެން ދަނިކޮށް، ދޫނި އެއިން ކާތީ ތިމަންނާއަށް ހުވަފެނުން ފެނުނެވެ. މިކަމުގެ މާނަ ތިމަންމެންނަށް ކަލޭގެފާނު ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، ތިމަންމެން ކަލޭގެފާނު ދެކެނީ، إحسان ތެރިންގެ ތެރެއިންވާ ބޭކަލަކު ކަމުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަ ދެމީހުންނަށް ލިބޭ ކާނާއެއް ތިޔަ ދެމީހުންނަށް އައުމުގެ ކުރިން، ތިމަންކަލޭގެފާނު ތިޔަ ދެމީހުންނަށް އެއީ ކޮންއެއްޗެއްކަން އަންގައިދެއްވާހުށީމެވެ. އެއީ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިމަންކަލޭގެފާނަށް އުނގަންނައިދެއްވި ކަންތަކުގެ ތެރެއިން ކަމެކެވެ. اللَّه އަށް إيمان ނުވާ ބަޔެއްގެ دين ހަމަކަށަވަރުން، ތިމަން ދޫކޮށްލައިފީމެވެ. އަދި އެއުރެންނީ، ހަމަ، آخرة އަށް كافر ވެގެންވާ ބަޔެކެވެ. އަދި ތިމަންކަލޭގެފާނުގެ ކާބަފައިކަލުނަވި إبراهيم ގެފާނާއި، إسحاق ގެފާނާއި، يعقوب ގެފާނުގެ دين އަށް ތިމަންކަލޭގެފާނު تبع ވެވަޑައިގަތީމެވެ. اللَّه އަށް އެއްވެސް އެއްޗެއް شريك ކުރުމަކީ ތިމަންމެންނަށް އޮތްކަމެއްނޫނެވެ. އެއީ ތިމަންމެންނަށާއި، މީސްތަކުންނަށް اللَّه ދެއްވި فضل ވަންތަކަމުގެ ތެރެއިންވާ ކަމެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަލާނގެއަށް) شكر އެއް ނުކުރެތެވެ. އޭ ޖަލުގެ ދެ އެކުވެރިންނޭވެ! ވަކިވަކިވެގެންވާ ކަލާނގެ ތަކެއްހޭ ރަނގަޅީ، ނުވަތަ އެއްކައުވަންތަ، ބާރުވެރިވަންތަ اللَّه ހެއްޔެވެ؟ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން އެ އެއްޗިއްސަށް ނަންދީފައިވާ އެއްޗެހިތަކަކަށްމެނުވީ، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަމެއް ނުކުރަމުއެވެ. އެ އެއްޗަކަށް (އަޅުކަންކުރުމަށް) އެއްވެސް حجّة އެއް اللَّه ބާވައެއްނުލައްވަތެވެ. اللَّه އަށް މެނުވީ حكم ކުރެއްވުމެއްނެތެވެ. އެކަލާނގެއަށް ފިޔަވައި ތިޔަބައިމީހުން އަޅުކަން ނުކުރުމަށް އެކަލާނގެ ވަނީ أمر ކުރައްވާފައެވެ. އެއީ حق ތެދު دين އެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ".

8. ޙަސަދަވެރިޔާގެ ޙަސަދައިގެ ސަބަބުން މީހަކަށް ލިބެން އޮތް ނިޢްމަތަކަށް ހުރަސް ނޭޅޭނެ ކަން. އަދި މީހަކު ޙަސަދަލައިގެން އުޅުނު ކަމުގައިވީނަމަވެސް، ކެތްތެރިކަމާއެކު، ﷲ އަށް ތަގްވާވެރި ވެއްޖެނަމަ އެކަންތައްތަކުން ސަލާމަތް ވެވޭނެކަން.

9. މުޞީބާތެއް މެދުވެރިވުމުން އެކަމުގެ ޝަކްވާ ﷲ އަށް އުފުލުން. (إِنَّمَا أَشْكُو بَثِّي وَحُزْنِي إِلَى اللَّـهِ) މާނައަކީ: "ތިމަންކަލޭގެފާނުގެ މޮޅިޔާއި، ހިތާމައިގެ شكوى ދަންނަވާކަން ކަށަވަރީ، ހަމައެކަނި اللَّه އަށެވެ".

10. މުޖްތަމަޢުގެ ތެރޭގައި ކިތަންމެ ވަރަކަށް ފިތުނަވެރިކަން ޢާއްމުވެފައި ވީނަމަވެސް، ޒުވާނުން ޢިއްފަތްތެރިވާން ދަސްކުރުން. (قَالَ مَعَاذَ اللَّـهِ ۖ إِنَّهُ رَبِّي أَحْسَنَ مَثْوَايَ )މާނައަކީ: " އެކަލޭގެފާނު ވިދާޅުވިއެވެ. [معاذ اللَّه] އެވެ. އެބަހީ ﷲ ގެ ރައްކާތެރިކަމަށް އެދެމެވެ. خيانة ތެރިވުމަށް ކަނބުލޭގެ ތިޔަ އެދޭ މީހާ) އެއީ ހަމަކަށަވަރުން، ތިމަންގެ ސާހިބު މީހާއެވެ. އޭނާ ތިމަންކަލޭގެފާނު ބަހައްޓާފައިވަނީ، މާތް ރަނގަޅުގޮތަށެވެ. ހަމަކަށަވަރުން، އަނިޔާވެރިންގެ އަނިޔާވެރިކަމަށް ކާމިޔާބެއް ނުލިބޭ ހުއްޓެވެ".

11. ދޮގުބުނެގެން ސަލާމަތް ކަން ލިބޭނީ ހިނދުކޮޅަކަށް ކަމާއި، ކޮންމެވެސް ވަގުތަކުން ޙައްގު ފާޅުވާނެކަން ދެނެގަތުން. (قُلْنَ حَاشَ لِلَّـهِ مَا عَلِمْنَا عَلَيْهِ مِن سُوءٍ ۚ قَالَتِ امْرَأَتُ الْعَزِيزِ الْآنَ حَصْحَصَ الْحَقُّ أَنَا رَاوَدتُّهُ عَن نَّفْسِهِ وَإِنَّهُ لَمِنَ الصَّادِقِينَ) މާނައަކީ: " އެއުރެން ދެންނެވޫއެވެ. حاش للَّه އެވެ! (اللَّه ގެ ހުސްطاهر ވަންތަކަމާއެވެ! އެކަލޭގެފާނުގެ ކިބައިގައި އެއްވެސް ނުބައިކަމެއްވާ ކަމަކަށް ތިމަންމެން ދެނެއެއްނެތީމުއެވެ. العزيز ގެ އަންހެނުން ބުންޏެވެ. މިހާރު حق ތެދު ފާޅުވެއްޖެއެވެ. އެކަލޭގެފާނުގެ ކިބައިން ނުބައިކަމަކަށް އެދުނީ، ތިމަންނާއެވެ. އަދި ހަމަކަށަވަރުން، އެކަލޭގެފާނު ވަނީ، ތެދުވެރިންގެ ތެރެއިންނެވެ".

12. ދަޢްވަތުގެ މައިދާނުގައި ދިމާވާ ދަތިތަކާއި މުޞީބާތްތަކަކީ މަސައްކަތް ހުއްޓާލާފައި އަމާންދޭން ޖެހޭ ކަމެއް ނޫންކަން. (يَا صَاحِبَيِ السِّجْنِ أَأَرْبَابٌ مُّتَفَرِّقُونَ خَيْرٌ أَمِ اللَّـهُ الْوَاحِدُ الْقَهَّارُ ﴿٣٩﴾ مَا تَعْبُدُونَ مِن دُونِهِ إِلَّا أَسْمَاءً سَمَّيْتُمُوهَا أَنتُمْ وَآبَاؤُكُم مَّا أَنزَلَ اللَّـهُ بِهَا مِن سُلْطَانٍ ۚ إِنِ الْحُكْمُ إِلَّا لِلَّـهِ ۚ أَمَرَ أَلَّا تَعْبُدُوا إِلَّا إِيَّاهُ ۚ ذَٰلِكَ الدِّينُ الْقَيِّمُ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ ) މާނައަކީ: " އޭ ޖަލުގެ ދެ އެކުވެރިންނޭވެ! ވަކިވަކިވެގެންވާ ކަލާނގެ ތަކެއްހޭ ރަނގަޅީ، ނުވަތަ އެއްކައުވަންތަ، ބާރުވެރިވަންތަ اللَّه ހެއްޔެވެ؟ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން އެ އެއްޗިއްސަށް ނަންދީފައިވާ އެއްޗެހިތަކަކަށްމެނުވީ، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަމެއް ނުކުރަމުއެވެ. އެ އެއްޗަކަށް (އަޅުކަންކުރުމަށް) އެއްވެސް حجّة އެއް اللَّه ބާވައެއްނުލައްވަތެވެ. اللَّه އަށް މެނުވީ حكم ކުރެއްވުމެއްނެތެވެ. އެކަލާނގެއަށް ފިޔަވައި ތިޔަބައިމީހުން އަޅުކަން ނުކުރުމަށް އެކަލާނގެ ވަނީ أمر ކުރައްވާފައެވެ. އެއީ حق ތެދު دين އެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ".

13. ޚަޒާނާ އާއި ޙަވާލުވެ ހުންނަ މީހަކީ އަމާނާތްތެރިޔަކު ކަމުގައިވުން. (قَالَ اجْعَلْنِي عَلَىٰ خَزَائِنِ الْأَرْضِ ۖ إِنِّي حَفِيظٌ عَلِيمٌ ) މާނައަކީ: " އެކަލޭގެފާނު ވިދާޅުވިއެވެ. (مصر ގެ) ބިމުގެ خزانة ތަކުގެ ވެރިޔަކަށް ތިމަން ލައްވާށެވެ! ހަމަކަށަވަރުން، ތިމަންނާއީ އެއަށް ރައްކާތެރިވާ، އެއާއި ބެހޭ ކަންތައްތައް ރަގަޅަށް ދަންނަ މީހަކީމެވެ".



14. މައިންބަފައިންނަށް ހެޔޮކޮށް ހިތަން ދަސްވުން. (وَرَفَعَ أَبَوَيْهِ عَلَى الْعَرْشِ) މާނައަކީ: " އަދި يوسف ގެފާނު އެކަލޭގެފާނުގެ މައިބަފައިކަލުން تخت އަށް އުފުއްލެވިއެވެ".

15. އެއްބަނޑު އެއްބަފާ މީހުންގެ ތެރޭގައި މައްސަލަ ޖެހިއްޖެނަމަ އެކަން ޙައްލު ކުރަން ކަންތައް ކުރާނެ ރިވެތި ގޮތް ދަސްވުން. (وَقَدْ أَحْسَنَ بِي إِذْ أَخْرَجَنِي مِنَ السِّجْنِ وَجَاءَ بِكُم مِّنَ الْبَدْوِ مِن بَعْدِ أَن نَّزَغَ الشَّيْطَانُ بَيْنِي وَبَيْنَ إِخْوَتِي إِنَّ رَبِّي لَطِيفٌ لِّمَا يَشَاءُ إِنَّهُ هُوَ الْعَلِيمُ الْحَكِيمُ) މާނައަކީ: " އަދި ތިމަން ޖަލުން ނެރުއްވުމާއި، ތިމަންނާއާއި، ތިމަންގެ أخ ންނާ ދެމެދު شيطان އާ ނުބައިކޮށްފުމަށް ފަހުގައި، بدوى ންގެ ދިރިއުޅުމުން ތިޔަބައިމީހުން ގެންނެވި ކަމާއި، މިހުރިހާ ކަމެއްގައި ތިމަންނާއަށް އެކަލާނގެ ރަނގަޅުގޮތް މެދުވެރިކުރެއްވިއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެއީ، އެކަލާނގެ އިރާދަކުރައްވާ ކަމަކަށް އޯގާވަންތަ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ". މިތަނުގައި އެކަލޭގެފާނު އަނދިރި ވަޅުގަނޑެއްގެ ތެރެއަށް އެއްލައިލި ވާހަކަ ވިދާޅުނުވެއެވެ. އަދި ކިއެއްތަ ވިދާޅުވީ ޖަލުގެ ވާހަކަތަކެވެ. ޖަލުގައި ދުވަސްތަކެއް ހޭދަ ކުރައްވަން ޖެހިވަޑައިގަތުމުގެ ސަބަބުން އެކަލޭގެފާނުގެ އަޚުންނާއި މެދުގައި އެކަން ހުރަހަކަށްވީ ވާހަކަ އެވެ. އެއީ ޝައިޠާނާގެ ސަބަބުން ވީ ކަމެކެވެ.

މިއީ ޔޫސުފް ޢަލައިހިއްސަލާމްގެ ވާހަކައިން ޚުލާޞާ ކޮށްލެވުނު ބައެއް ޢިބްރަތްތަކެވެ. މިނޫންވެސް އެތައް ޢިބްރަތްތަކެއް މިވާހަކާގައި ހިމެނިފައިވެއެވެ. މާތް ﷲ މިފަދަ ވާހަކަ ތަކުން ޢިބްރަތް ޙާޞިލް ކުރުމުގެ ތަވްފީގް އަޅަމެންނަށް ދެއްވާށިއެވެ. އާމީން.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން