ހަ ކިލޯގެ ޑްރަގާއެކު އަތުލައިގަތް މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ޕޮލިސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން 2020 ޖޫން 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރާ ބޮޑު ނެޓްވޯކެއްގައި ހިމެނޭ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެމީހުންގެ ތެރެއިން ބައެއް މީހުންނާ ގުޅުންހުރި ހުޅުމާލެ ލޮޓް 10634 ބަލައި ފާސްކުރިއިރު ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތް މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދު ދެވަނަ ފަަހަރަށް އިތުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، އަސްރަފީގެ، މުޙައްމަދު ޝަރީފް (43) އާއި ގއ. ކޮލަމާފުށި، ކަރަންކާވިލާ، އަފްޞަލް ރަޝީދު (33އ) އެވެ.
އެމީހުންގެ ބަންދު ދެވަނަ ފަހަރަށް އިތުރުކުރުމަށް 2020 ޖޫން 30 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައި ކަމަށާއި، އެމީހުންގެ ބަންދުގެ މުއްދަތު ދެން ހަމަވާނީ 2020 ޖުލައި 15 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މުޙައްމަދު ޝަރީފަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށާއި، އޭގެ އިތުރުން، ފުޅާދާއިރާއެއްގައި ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީގެ ކުރިންވެސް ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ފުލުހުން ހާމަކުރެއެވެ. ހުޅުމާލޭގައި ހިންގި މި އޮޕަރޭޝަންގައި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކޮށްފައިވާއިރު، އެމީހުންގެ ތެރެއިން އެކަކާ ގުޅުންހުރި އެއްވެސްތާކުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައިނުވާތީ އެމީހާ ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ހައްޔަރުކުރި މީހުންގެ ބަންދު ދެވަނަ ފަހަރަށް އިތުރުކޮށްފި
— Maldives Police (@PoliceMv) July 2, 2020
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، އަސްރަފީގެ، މުޙައްމަދު ޝަރީފް (43) އާއި ގއ. ކޮލަމާފުށި، ކަރަންކާވިލާ، އަފްޞަލް ރަޝީދު (33އ)https://t.co/q3sVtFhlyN pic.twitter.com/PhFayhqW35
އެމީހުންގެ ބަންދު ދެވަނަ ފަހަރަށް އިތުރުކުރުމަށް 2020 ޖޫން 30 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައި ކަމަށާއި، އެމީހުންގެ ބަންދުގެ މުއްދަތު ދެން ހަމަވާނީ 2020 ޖުލައި 15 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މުޙައްމަދު ޝަރީފަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށާއި، އޭގެ އިތުރުން، ފުޅާދާއިރާއެއްގައި ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީގެ ކުރިންވެސް ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ފުލުހުން ހާމަކުރެއެވެ. ހުޅުމާލޭގައި ހިންގި މި އޮޕަރޭޝަންގައި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކޮށްފައިވާއިރު، އެމީހުންގެ ތެރެއިން އެކަކާ ގުޅުންހުރި އެއްވެސްތާކުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައިނުވާތީ އެމީހާ ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު