ނަމާދު ކުރުމާ ގުޅޭ ގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރައްވާފައިވާ ޓްވީޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދަނީ ފޭކް ޓްވީޓެއް ކަމަށާއި، އެ މައްސަލަ ބަލައިދިނުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބައެއް ނަމާދުތަކުގައި ރަކުއަތްތައް މަދުކޮށްލުމުން ސަރުކާރުގެ ގަވާއިދުތަކުގެ ތެރެއިން ނަމާދު ކުރެވިދާނެ ކަމަށް ބުނެ ރައީސް ނަޝީދުގެ ރަސްމީ އެކައުންޓުން ކޮށްފައިވާ ޓްވީޓެއް ކަމަށް ބުނެ ހަދާފައިވާ ޓްވީޓެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޓްވީޓުގެ ފޮޓޯއެއް ހިއްސާކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެއީ އެމަނިކުފާނު ކުރެއްވި ޓްވީޓެއް ނޫން ކަމަށެވެ.
"މިކަން ބެލުމަށް ކަމާ ބެހޭ އިދާރާތަކަށް މިއަދު ހުށައަޅާނަން." ރައީސް ނަޝީދު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ، ކޯވިޑް-19 އާ ގުޅިގެން ޖަމާއަތުގައި ނަމާދުކުރާއިރު 7 މިނެޓަށްވުރެ ދިގު ނުވާނެ ގޮތަށް ނަމާދު ކުރުމަށް އިމާމުންގެ ސަމާލުކަމަށް ގެނެސްފައެވެ. ރައީސް ނަޝީދުގެ ނަމުގައި ހަދާފައިވާ އެ ޓްވީޓް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، ރައީސް ނަޝީދުގެ ރަސްމީ ޓްވީޓާ އެކައުންޓުން އެފަދަ ޓްވީޓެއް ކުރައްވާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

Mi ee alhugandu koffava tweet eh noon. Mikan belumah kamaibehey faraiythakah miadhu husha alhaanan. pic.twitter.com/79HODBYVel
— Mohamed Nasheed (@MohamedNasheed) July 2, 2020
"މިކަން ބެލުމަށް ކަމާ ބެހޭ އިދާރާތަކަށް މިއަދު ހުށައަޅާނަން." ރައީސް ނަޝީދު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ، ކޯވިޑް-19 އާ ގުޅިގެން ޖަމާއަތުގައި ނަމާދުކުރާއިރު 7 މިނެޓަށްވުރެ ދިގު ނުވާނެ ގޮތަށް ނަމާދު ކުރުމަށް އިމާމުންގެ ސަމާލުކަމަށް ގެނެސްފައެވެ. ރައީސް ނަޝީދުގެ ނަމުގައި ހަދާފައިވާ އެ ޓްވީޓް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، ރައީސް ނަޝީދުގެ ރަސްމީ ޓްވީޓާ އެކައުންޓުން އެފަދަ ޓްވީޓެއް ކުރައްވާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު