ﷲ ރުއްސުންލެއްވި މުޢާޛު ބުނު ޖަބަލު، ރަސޫލު ﷲ ޞައްލައް ﷲ ޢަލައިހި ވަސައްލިމް ގެ ފަހަތްޕުޅުގައި ނަމާދު ކުރައްވައިގެން އެކަލޭގެފާނުންގެ ޤަބީލާގެމިހުންގެ ގާތަށް (އަވަށަށް) ވަޑައިގެން، އިސްވެ އެމީހުންނާއެކު ނަމާދު ކުރައްވައި ހައްދަވަތެވެ.
މިގޮތުން އެކަލޭގެފާނު ކީރިތި ރަސޫލާގެ އަރިހުގައި އެއްރެއެއްގެ ޢިޝާނަމާދު ކުރައްވައިގެން އަވަށަށް ވަޑައިގެން އަވަށު މީހުންނާއެކު އިސްވެ ނަމާދު ކުރެއްވިއެވެ. އެވަގުތު މީހަކު އައިސް ޖަމާޢަތުގައި ބައިވެރިވެ ނަމާދުކުރަން ފަށައިފިއެވެ. އޭނާއައީ އޭނާގެ ޖަމަލާއި މަސައްކަތްކުރާ ތަކެތި ބޭރުގައި ބަހައްޓާފައެވެ. މުޢާޛުގެފާނު ބަޤަރާ ސޫރަތް ފައްޓަވައިގެން ނިންމަވައިފިއެވެ. މިމީހާ އޭނާގެ މުދާ ގެއްލިދާނެކަމުގެ ކަމުގެ ބިރުހީވެގެން ޖަމާޢަތް ދޫކޮށްލައި އެކަނި ނަމާދުކޮށް ނިންމާލައިގެން ހިނގައްޖެއެވެ.
މިދެންނެވުނު މީހާ ކަންތައް ކުރިގޮތާމެދު މުޢާޛުގެފާނަށް ޚަބަރު ލިބިވަޑައިގަތުމުން، އެމީހާގެ ކުށް ބަޔާންކުރައްވައި ވާހަކަ ދެއްކެވިއެވެ.
މިމީހާ ރަސޫލާގެ އަރިހަށް ގޮސް މުޢާޛުގެފާނު ނަމާދު ދިގުކުރައްވާ ވާހަކަ ދަންނަވައި ޝަކުވާކުރިއެވެ. އެހިނދު ކީރިތި ރަސޫލު ޞައްލައް ﷲ ޢަލައިހި ވަސައްލިމް މިކަމާ ވަރަށް ކޯފާވެ ވަޑައިގަތެވެ. އަދި މުޢާޛުގެފާނު ރަސޫލާގެ އަރިހަށް ވަޑައިގަތުމަށް އެންގެވިއެވެ.
ރަސޫލުޞައްލައް ﷲ ޢަލައިހި ވަސައްލިމް ގެ އަރިހަށް މުޢާޛުގެފާނު ވަޑައިގަތުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ޢޭ މުޢާޛެވެ! ފިތުނަ އުފައްދަވަނީތޯއެވެ؟ ނަމާދު ދިގުކުރައްވަން ބޭނުންފުޅުނަމަ،
وَالشَّمۡسِ وَضُحٰٮهَا އާއި وَالَّيۡلِ اِذَا يَغۡشٰىۙ އާއި سَبِّحِ اسۡمَ رَبِّكَ الۡاَعۡلَىۙ
ފަދަ ސޫރަތްތައް ކިޔަވާ ވިދާޅުވާށެވެ. ކަލޭގެފާނުގެ ފަހަތްޕުޅުގައި މުސްކުޅިންނާއި ނުކުޅެދޭ މީހުންނާއި ޢުޛުރުވެރީންވެސް ނަމާދު ކުރާނެކަން ދެނެވަޑައިގަންނަވާށެވެ.
އިރުޝާދު:
1. ޖަމާޢަތުގައި އިސްވެ ނަމާދުކުރާނަމަ ނަމާދު ކުރައްވަންވާނީ ބަލިމީހުންނާއި މުސްކުޅީންނާއި އަވަހަށް ދާން ބޭނުންވެފައިވާ މީހުންނަށް ބަލައިގެން ލުއިކޮށެވެ. އެކަނި ނަމާދު ކުރާނަމަ، ތިމާ ބޭނުން ވަރަކަށް ނަމާދު ދިގު ކުރެވިދާނެއެވެ.
2. ޢިލްމުވެރިން ވިދާޅުވަނީ ނަމާދުކުރުން ސުންނަތް ވެގެންވަނީ ތިން ދަރަޖަ އަކަށެވެ. އެއީ ދިގު ނަމާދާއި މެދުމިނުގެ ނަމާދާއި ކުރުނަމާދެވެ. އެބަހީ ދިގުކޮށް ކިޔަވާ ނަމާދާއި މެދުމިނުގައި ކިޔަވާ ނަމާދާއި ކުރުކޮށް ކިޔަވާ ނަމާދެވެ. ދިގުނަމާދަކީ ފަތިސްނަމާދެވެ. މެދުމިނުގެ ނަމާދަކީ މެންދުރުނަމާދާއި ޢިޝާނަމާދެވެ. ކުރުނަމާދަކީ ޢަޞްރު ނަމާދާއި މަޣްރިބް ނަމާދެވެ.
3. ކުރުނަމާދުގައި ކިޔަވަން އޮންނަނީ وَالضُّحٰىۙ އިން ތިރީ ސޫރަތްތަކެވެ. ނުވަތަ އެމިންވަރެއްގެ އާޔަތްތަކެވެ. މެދުމިނުގެ ނަމާދުތަކުގައި ކިޔަވަންވާނީ ޢައްމާ ފޮތުގެ ސޫރަތުއްޝަމްސި ފަދަ ސޫރަތްތަކެވެ. ނުވަތަ އެމިންވަރުގެ އާޔަތްތަކެވެ. ދިގުކޮށް ކިޔަވާ ނަމާދުގައި ކިޔަވަންވާނީ ޙުޖްރާތު ސޫރަތުން ފެށިގެން ތިރީގެ ސޫރަތްތަކެވެ. ނުވަތަ އެމިންވަރުގެ އާޔަތްތަކެވެ.
*********
* މިލިޔުމަކީ، ލޮބުވެތި ރަސޫލާގެ ޙަދީޘްފުޅުގެ ޢަލީގައި ނަމާދާއިގުޅޭގޮތުން އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު