ފުޓްބޯޅައިގައި އެންމެ މުހިންމު ކަމަކީ ފުރިހަމަ ކުޅުންތެރިއަކަށްވުން ކަމަށާއި, އެހެންކަމުން އަބަދުވެސް ބަލަނީ އިތުރު ކުރިއެރުންތަކެއް ހޯދަން ކަމަށް ފްރާންސްގެ މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާ ބުނެފިއެވެ.
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކަމަވިންގާ ވަނީ ފެބްރިސް ހޯކިންސްއަށް ދިން އިންޓަވިއުއެއްގައި އޭނާގެ ކެރިއަރާއި ގުޅޭ ގިން ވާހަކަތަެއް ކިޔައިދީފައެވެ. އެގޮތުން އޭނާ ބުނީ ފުރަތަމަކޮޅު އޭނާ އެއްވެސް ވަރަކަށް ޑިފެންސް ކުރުމަށް ނުވިސްނާ ކަމަށާއި, އަބަދުވެސް ސަމާލުކަން ދިނީ އެޓޭކް ކުރުމަށް ކަމަށެވެ. ނަމަވެސް ފަހުން ޑިފެންސްކުރަންފަށާ, އެއީ އޭނާ ވަރަށް ގަޔާވާ ކަމަކަށް ވިކަންވެސް ކަމަވިންގާ ފާހަގަކުރިއެވެ. ޓެކްލް ކުރުމުގެ އިތުރުން ބޯޅަ އިންޓަސެޕްޓް ކުރުމަކީވެސް ކަމަވިންގާ މިހާރު ޝައުގުވެރިކަމާއެކި ކުރާ ކަމެކެވެ.
ކަމަވިންގާ ފާހަގަކުރި ގޮތުގައި އޭނާގެ އެންމެ މޮޅު ކަމަކީ އިދިކޮޅު ކުޅުންތެރިންގެ އަތުން ފަސޭހަކަމާއެކު ގިނަ ބޯޅަތަކެއް ހޯދުމެވެ. ނަމަވެސް ޓެކްލް ކުރާއިރު ގިނަ ފައުލްތަކެއް ކުރެވޭކަން ފާހަގަކޮށް ކަމަވިންގާ ބުނީ ކޯޗާއެކު މަސައްކަތް ކޮށްގެން އެކަމަށް ހައްލެއް ހޯދަމުން އަންނަ ކަމަށެވެ. އަދި އެޓޭކް ކުރާ ވަގުތު މާ އަވަހަށް ހާސްވެގެން ނުބައި ނިންމުންތައް ނިންމޭކަމަށް ކަމަވިންގާ ބުންނެވެ. އެހެންކަމުން އެޓޭކިންގ ރަނގަޅު ކުރުމަށް ޓީމުގެ ކެޕްޓަން ކަރިމް ބެންޒެމާ އާއެކު ކަމަވިންގާ އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި އިންޓަވިއުގައި ކަމަވިންގާ ވަނީ ޓީމުގައި އޭނާ އާއެކު ކުޅޭ ބައެއް ކުޅުންތެރިންނަށްވެސް އަލިއަޅުވާލާފައެވެ. އެގޮތުން ފްރާންސްގެ އޮޣޭލިއަން ޗުއަމެނީއަކީ އޭނާގެ ބޭބެއެއް ކަމަށާއި އެކުގައި ކުޅެން އެހާ ފަސޭހައީ ކުރިންވެސް ދަންނަ މީހަކަށް ވުމުން ކަމަށް ކަމަވިންގާ ބުންޏެވެ. އަދި ދެކުޅުންތެރިންވެސް މަސައްކަތްކުރަނީ އަނެކާގެ ކުރިއެރުމަކީ އަމިއްލަ ކުރިއެރުން ކަމަށް ދެކިގެންކަން ފާހަގަކުރިއެވެ. މީގެ އިތުރުން ކަމަވިންގާ ބުނީ ބެންޒެމާއަކީ ހުނަރުން ފުރިގެންވާ ކުޅުންތެރިއެއް ކަމަށާއި, އަދިވެސް އޭނާއަށް އިތުރު ބެލެންޑޯތަކެއް ހޯދިދާނެ ކަމަށެވެ.
އިންޓަވިއު ނިންމާލަމުން ކަމަވިންގާ ބުނީ ފްރާންސްގައި މިހާރު މިއޮތީ ވަރަށް އުންމީދީ ސްކޮޑެއް ކަމަށެވެ. މިއީ މިފަހުން ފްރާންސްގައި އުފެދުނު އެންމެ ރަނގަޅު ސްކޮޑުކަން ފާހަގަކޮށް ކަމަބވިންގާ ބުނީ އޭނާގެ އަމާޒަކީ ކުރިއަށް އޮތް ޔޫރޯ އާއި ވޯލްޑް ކަޕްވެސް ފްރާންސް ޓީމާއެކު ކާމިޔާބުކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު