މިއީ ފިނިކޮށްގެން ކާ ފޮނި ކްރީމީ ބާވަތެކެވެ. ރޯދަ ދުވަހުގެ އެންމެ ފަހު ދުވަސް ފާހަގަކޮށްލާ އެންމެން އުފާކޮށްލަން މިއީ ތައްޔާރުކޮށްލެވިދާނެ ރަނގަޅު ބާވަތެކެވެ.
ބޭނުންވާ ތަކެތި:
2 ބިސް
3 ބިހުގެ ގޮބޮޅި (ވަކިން ނަގާފައި)
4/3 ޖޯޑު ހަކުރު
600 އެމްއެލް ކްރީމް
4/3 ކެޝިއު ނަޓް ކޮށާފައި
2/1 ޖޯޑު ފުރުޓު (އެކިބާވަތުން – ކުދިކޮށް ކޮށާފައި)
125 ގްރާމް ބްލޫ ބެރީ
75 ގްރާމް ރާސްޕް ބެރީ
2 ސައިސަމްސާ މާމުއި
ތައްޔާރު ކުރާނެގޮތް:
6 ސެންޓިމީޓަރު ފުން 11 ސެންޓިމީޓަރު 21 ސެންޓިމީޓަރު ދިގު ތައްޓެއް ނަގައި ވަތުގައި ބޭކިން ޝީޓްއަޅާށެވެ.
ބިހާއި ވަކިން ހުރި ބިހުގެ ގޮބޮޅި އަދި ހަކުރު މިކްސަރަށް އަޅައި ހުދު ކުލަ އަރަންދެން މިކްސަރު ޖައްސާށެވެ. އަދި އެއްކޮށް މިކްސް ވުމުން ފުން ތައްޓަކަށް އަޅައި ކްރީމްއާއިއެކު އެއްކުރާށެވެ. ދެން ½ ސަމްސާ މާމުއި ކެޝޫ ނަޓް، ބްލޫ ބެރީގެ އެއްބައި އަދި ކޮށި ފުރުޓްތައް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން މި މިކްސް، ތައްޔާރު ކުރި ތައްޓަށް އަޅައި ޕްލާސްޓިކް މައްޗަކުން ރަނގަޅަށް މަތި ޖަހާށެވެ. އަދި ގަނޑު ކުރާ ބަޔަށް ލައި ހަރުވަންދެން ބަހައްޓާށެވެ.
ބާކީ ހުރި ކެޝޫ ނަޓާއި ބެރީސްކޮޅު އަދި ސެމީފްރެޑޯ މައްޗަށް މާމުއި ސާވްކުރާއިރު އަޅާށެވެ.

ކިޔުންތެރިންގެ ހިޔާލު