ކޮފީ ކޭކަކީ ދިވެހިންގެ ގިނަބަޔަކަށް ކަމުދާ ކޭކެކެވެ. އަނގަޔަށް ލުއި، ހިތްގައިމު މީރު ރަހައެއްދޭ މިކޭކް ރޯދަވީއްލަ ވަގުތަށްވެސް އަދި ހަމަ އެހެންމެ ޢީދުދުވަހުގެވެސް ހެނދުނުގެ ނާސްތާއަށް ފޮނި ބާވަތަކަށް ސުފުރާމަތީ އެންމެ ހިނގާލާނެ އެއް ބާވަތަކަށްވެސް ކޮފީކޭކް ވާނެއެވެ.
ބޭނުންވާ ތަކެތި:
2 މޭޒުމަތީ ސަމުސާ ކޮފީ
3 މޭޒުމަތީ ސަމުސާ ގެރިކިރ
250ގ. ފުށް
170ގ. ބަޓަރު/މާޖަރިނ
150ގ. ހަކުރ1
1 ސައިސަމުސާ ބޭކިން ޕައުޑަރ
5 ބިސް
1 ޖޯޑު މޭބިސްކަދުރު
1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
ގާނިޝްކޮށްލަން ކެޝޫނަޓްސްކޮޅެއް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ކޮފީއާއި، ފުށް، އަދި ބޭކިން ޕައުޑަރު އެއްކޮށް ފުރާނާލާފައި ބަހައްޓާށެވެ.
ދެން ބަޓަރު ނުވަތަ މާޖަރިންނާއި ހަކުރާއި އެއްކޮށްލުމަށްފަހު އޭގެތެރެއަށް ބިސް ވެސް އެއްކޮށްލުމަށްފަހު ފުށްކޮޅުގެ ތެރެއަށް އަޅާ ރަނގަޅަށް ގިރާލާށެވެ.
ދެން އެސެންސާއި މޭބިސްކަދުރު އެއްކޮށްލާފައި ޓްރޭއެއްގައި ބަޓަރު ހާކައި ތައްޔާރުކުރި ފުށްގަނޑު އޭގެތެރެއަށް އެޅުމަށްފަހު ކެޝޫނަޓްސް އިން އޭގެ މަތީ ގާނިޝްކޮށްލާށެވެ. އެއަށްފަހު ދެންއެވީ ފިލަންށެވެ. ފިހާއިރު 175 ޑިގްރީގައި ފިހާށެވެ.

ކިޔުންތެރިންގެ ހިޔާލު