މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްގީކުރަމުން ގެންދިޔަ ގދ. މާވަރުލު އެއާޕޯޓާއި ބަނދަރުގެ މަސައްކަތް ނިންމާލައިފި އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު އެމްޓީސީސީއާ ހަވާލު ކުރި މި ޕްރޮޖެކްޓުގެ މަސައްކަތް އެ ކުންފުނިން ފަށާފައި ވަނީ އޮގަސްޓު މަހުގަ އެވެ. ޖުމުލަ 12.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާ މާވަރުލު އެއާޕޯޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީން ނިންމާލާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން އެއަރޕޯޓުގެ ޕެސެންޖާ ޓާމިނަލާއި ފަޔާ ބިލްޑިން އާއި ސްޓާފް ކުއާޓާއާއި އިންޖީނުގެ އަދި ގާޑު ޕޯސްޓާއި ރެސްޓޯރެންޓެއް ވަނީ ހަދައިފަ އެވެ.
މާވަރުރުލު އެއާޕޯޓް ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކައް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ 2018 ވަނަ އަހަރުގެ މާޗް 15 ވަނަ ދުވަހު އެވެ. އެ މަޝްރޫއުގެ މަސައްކަތް އެ އަހަރުގެ އޭޕްރިލް ހަ ވަނަ ދުވަހު ފަށައި މަސައްކަތް ނިންމާލާފައި ވަނީ 2019 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު އެވެ.
އެ މަޝްރޫއުގެ ދަށުން ޖުމްލަ 57.04 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެމްޓީސީސީ އިން ވަނީ އެއާޕޯޓުގައި 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއްގެ އިތުރުން 60 މީޓަރު ދިގު، 15 މީޓަރު ފުޅާ ޓެކްސީވޭ އަކާއި 120 މީޓަރު ދިގު، 45 މީޓަރު ފުޅާ އޭޕްރަން އެއް ތަރައްގީކޮށްފައެވެ.
އޭގެ އިތުރުން އެމްޓީސީސީ އިން ވަނީ ބަނދަރު ބޮޑުކޮށް ތަރައްގީ ކުުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަށައި ނިންމާލާފަ އެވެ. 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައި ވާއިރު، އެ މަޝްރޫއަށް 18.1 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
މާވަރުލު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެމްޓީސީސީ އިން ވަނީ އެ ރަށުގައި 199 މީޓަރުގެ ބްރޭކްވޯޓާ އަކާއި 30 މީޓަރުގެ ރިވެޓްމެންޓް ގެ އިތުރުން 50 މީޓަރުގެ ކުއޭ ވޯލް އަކާއި ބަނދަރުގައި 250 ސްކުއޭމީޓަރުގެ ޕޭވްމަންޓުވެސް ތަރައްގީކޮށްފައެވެ. އޭގެ އިތުރުން ބަނދަރުގައި ހޮޅިބުރި ހަރުކުރުމާއި ނެވިގޭޝަން އެއިޑްސް އަދި މޫރިންގް ރިންގްސް ވެސް އެކުންފުނިން ވަނީ ހަރުކޮށްފައެވެ.
މާވަރުލު އެއާޕޯޓުގެ ގިނަ މަސައްކަތްތައް ނިމިފައިވާއިރު މި މަހު އެ އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ފަށާނެ އެވެ. މާލެއިން މާވަރުލު އަށް އެއްކޮޅު ޓިކެޓުގެ އަގަކީ 827ރ. އެވެ. މި އެއަރޕޯޓް ހިންގާނީ ރީޖަނަލް އެއަރޕޯޓްސްއިންނެވެ.

ގދ. މާވަރުލު އެއަރޕޯޓު ބިލްޑިންގ ފޭސް 2 ގާއިމްކުރުމުގެ މަސައްކަތް 30 ޖޫން 2020 ގައި ވަނީ ނިމިފައި. @MoTCAmv ގެ ފަރާތުން ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ހަރަދަކީ 12.1 މިލިއަން ރުފިޔާ. މި މަޝްރޫޢު މޮބިލައިޒްކޮށްފައިވަނީ 05 އޮގަސްޓް 2019 ގައި. pic.twitter.com/iQrDP1kpiJ
— MTCC Plc (@MTCCPlc) July 2, 2020
މާވަރުރުލު އެއާޕޯޓް ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކައް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ 2018 ވަނަ އަހަރުގެ މާޗް 15 ވަނަ ދުވަހު އެވެ. އެ މަޝްރޫއުގެ މަސައްކަތް އެ އަހަރުގެ އޭޕްރިލް ހަ ވަނަ ދުވަހު ފަށައި މަސައްކަތް ނިންމާލާފައި ވަނީ 2019 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު އެވެ.
އެ މަޝްރޫއުގެ ދަށުން ޖުމްލަ 57.04 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެމްޓީސީސީ އިން ވަނީ އެއާޕޯޓުގައި 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއްގެ އިތުރުން 60 މީޓަރު ދިގު، 15 މީޓަރު ފުޅާ ޓެކްސީވޭ އަކާއި 120 މީޓަރު ދިގު، 45 މީޓަރު ފުޅާ އޭޕްރަން އެއް ތަރައްގީކޮށްފައެވެ.
އޭގެ އިތުރުން އެމްޓީސީސީ އިން ވަނީ ބަނދަރު ބޮޑުކޮށް ތަރައްގީ ކުުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަށައި ނިންމާލާފަ އެވެ. 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައި ވާއިރު، އެ މަޝްރޫއަށް 18.1 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
މާވަރުލު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެމްޓީސީސީ އިން ވަނީ އެ ރަށުގައި 199 މީޓަރުގެ ބްރޭކްވޯޓާ އަކާއި 30 މީޓަރުގެ ރިވެޓްމެންޓް ގެ އިތުރުން 50 މީޓަރުގެ ކުއޭ ވޯލް އަކާއި ބަނދަރުގައި 250 ސްކުއޭމީޓަރުގެ ޕޭވްމަންޓުވެސް ތަރައްގީކޮށްފައެވެ. އޭގެ އިތުރުން ބަނދަރުގައި ހޮޅިބުރި ހަރުކުރުމާއި ނެވިގޭޝަން އެއިޑްސް އަދި މޫރިންގް ރިންގްސް ވެސް އެކުންފުނިން ވަނީ ހަރުކޮށްފައެވެ.
މާވަރުލު އެއާޕޯޓުގެ ގިނަ މަސައްކަތްތައް ނިމިފައިވާއިރު މި މަހު އެ އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ފަށާނެ އެވެ. މާލެއިން މާވަރުލު އަށް އެއްކޮޅު ޓިކެޓުގެ އަގަކީ 827ރ. އެވެ. މި އެއަރޕޯޓް ހިންގާނީ ރީޖަނަލް އެއަރޕޯޓްސްއިންނެވެ.
ކިޔުންތެރިންގެ ހިޔާލު