އިއްޔެ އަކީ ބައިނަލް އަގުއާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ދިމާކޮށް ޗާގޮސް މައްސަލައިގައި ކުރީގެ ބަންޑާރަ ނައިބުންނާއި، ކުރީގެ ބައެއް ވަޒީރުންނާއި، ސިޔާސީ ޕާޓީތަކުގެ ބައެއް އިސް ބޭފުޅުން ގުޅިވަޑައިގެން އިއްޔެ ވަނީ ނޫސްވެރިންގެ ބައްދަލުވުމެެއް ބާއްވާފައެވެ. ޕްރެސްގައި ބައިވެރިވި ބޭފުޅުން ޗާގޮސް މައްސަލައިގައި ދެކިވަޑައިގަންނަވާ ގޮތް ހާމަކުރުމަށްފަހު ނޫސްވެރިންނަށް ސުވާލުކުރުމަށް ފުރުސަތު ހުޅުވާލިއެެވެ. އެއާއެކު "ރަސްއޮންލައިން" ގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ސުވާލެއް ކުރިމަތިކޮށްފިއެވެ.

"ރަސްއޮންލައިން"ގެ ފަރާތުން ޑރ. މުނައްވަރާއި ސުވާލު ކުރީ އަންކްލޮސްގައި އިކްއިޑިސްޓެންސްގެ ހަމަތައް ބަޔާންކޮށްފައިވާއިރު، އަންކްލޮސްގައި ރިޒަވޭޝަނެއް ހުށަނޭޅުއްވީ ކީއްވެތޯ ސާފުކުރުމަށެވެ. އަންކްލޮސްގައި ދިވެހިރާއްޖެ އިން ސޮއިކޮށް އެއަށް އަމަލު ކުރުމަށް ތަސްދީގު ކުރެއްވީ ޑރ. މުނައްވަރުގެ ބަންޑާރަ ނައިބު ކަމުގައެެވެ.

އެސުވާލާއެކު ވަގުތުން ޑރ. މުނައްވަރުގެ މޫނުގެ ކުލަވަރު ބަދަލުވެ. މޫނުމަތިން ފެނިގެން ދިޔަ ކުލަވަރާއެކު އުޅުއްވި ގޮތުން ހީވަނީ ނޫސްވެރިއެއްގެ ފަރާތުން އަންނާނެ ކަމަށް ހީފުޅު ނުކުރަށްވާ ޒާތުގެ ސުވާލެއް ކުރިމަތި ކުރުވީމާ ވީގޮތެއް ހެންނެވެ. ކޮންމެއަކަސް އެހާހިސާބުން "ރަސްއޮންލައިން"ގެ ނޫސްވެރިޔާ އަށް ކުދި ކިޔައި ފުރައްސާރަ ކުރަން ފަށައިފިއެވެ.



ނޫސްވެރިޔާ "ބޮޑެއް ނުވެއޭ، ތަސައްރަފު ނުފުދެޔޭ، ތަންދޮރު ނޭގެޔޭ ވިދާޅުވެ ޑރ. މުނައްވަރު ކުރެއްވީ މަލާމާތާއި ފުރައްސާރައެެވެ. މުނައްވަރު ގަޔާ ނުވާ ސުވާލެއް ކުރުމުން ދެން މަސައްކަތް ކުރެއްވީ ނޫސްވެރިޔާ އެންމެންގެ ތެރޭގައި ލަދުގަންނަވާލައި ބޭޒާރުކޮށްލުމަށެވެ.

ޔުނައިޓެޑް ނޭޝަންސްގެ ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ ގައި އިކުއިޑިސްޓަންސްގެ ހަމަތައް ބަޔާންކޮށްފައިވާއިރު، އެކޮންވެންޝަން ތަސްދީގު ކުރިއިރު ރާއްޖޭގެ ފަރާތުން އެއްވެސް ރެޒަވޭޝަނެއް ހުށައަޅުއްވާފައި ނުވާ މައްސަލައިގައި ޑރ. މުނައްވަރާއި ނޫސްވެރިޔާ ކުރި ސުވާލަށް ޑރ. މުނައްވަރު ޖަވާބުދެއްވި ރުންކުރު ގޮތުން ބައެއް ނޫސްވެރިންގެ ފާޑުކިޔުން އޭނާ އަށް ވަނީ އަމާޒުވެފައެވެ.

"ލޯ އޮފް ދަ ސީ ކޮންވެންޝަންގެ މުއާހަދާ ދެކެވަޑައިގަތިންތޯ ރައްދުގަ (އަޅުގަނޑުގެ) ސުވާލަކަށް ވާނީ، އެހެންނަމަވެސް ދެކެވަޑައިނުގަންނަވާނެކަން ޔަގީންވާތީ އަހާކަށް ނެތީން..، އިކުއިޑިސްޓަންސް ކިޔާވަރަށް ތިކުދިން އަދި ބޮޑެެއް ނުވޭ،" "ރަސްއޮންލައިން" އިން ސުވާލުކުރި ނޫސްވެރިޔާ މައުލޫމާތު ނުހޯއްދަވައި ސުވާލުކުރި ކަމަށް ވިދާޅުވެ ޑރ. މުނައްވަރު ވިދާޅުވިއެެވެ.

މީގެ އިތުރުން ޗާގޮސް އަކީ ރާއްޖޭގެ ތަނެއް ނަމަ ނުވަތަ އެ ކަމަށް ދައުވާކުރުމުގެ ފުރުސަތު އޮތް ނަމަ، މުނައްވަރު އިސްވެ ހުންނަވައި އެކުލަވާލެއްވި ކަނޑުގެ ގާނޫނުގައި، ޗާގޯސްގެ އީއީޒެޑް ވެސް ރާއްޖޭގެ އީއީޒެޑްގެ ގޮތުގައި ނުހިމެނުއްވީ ކީއްވެތޯ "ރަސްއޮންލައިން" ގެ ނޫސްވެރިޔާ ސުވާލުކުރުމުން ޑރ. މުނައްވަރު ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެ، ވަރަށް ބޮޑަށް ހިތް ނުތަނަވަސް ވެފައެވެ.

އެ ސުވާލާއެކު ކުރީގެ ބަންޑާރަ ނައިބް އާޒިމާ ޝަކޫރަކަށް ވެސް މަޑަކުން ނުއިންނެވުނެވެެ. ވަރަށް ބޮޑަށް ރުޅި އިސްކުރަށްވައި އާޒިމާ ވިދާޅުވީ ނޫސްވެރިޔާ ކުރި އެ ސުވާލަކީ "މީހަކު ފޮނުވައިގެން" ކުރި ސުވާލެއް ކަން އެކަމަނާ އަށް އެނގިވަޑައިގަންނަވާ ކަމަށެވެ.



އެ ސުވާލަށް އެއްޗެއް ވިދާޅުނުވެ އިންނަވަން އުނދަގޫވީ ކަމަށް ވިދާޅުވެ، މައިކްގެ ކޮންޓްރޯލް ނަންގަވައި އާޒިމާ ވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހި ވަޑައިނުގެން ވާހަކަދައްކަވާފައެވެ. އާޒިމާ ވެސް އެސުވާލަށް ޖަވާބު ދެއްވަން ނުވަތަ ރައްދު ދެއްވަން އުޅެގަތް ގޮތުން ސިފަވެގެން ދިޔައީ އެބޭފުޅުން ގަޔާނުވާ ސުވާލެއް ނޫސްވެރިއަކު ކޮށްގެން ނުވާނެ ކަމަށް ގަބޫލުކުރަށްވައިގެން ވަޑައިގެން އިންނެވި ހެންނެވެ. ނޫސްވެރިން ސުވާލު ކުރާނީ މުޅިންވެސް ތިމާމެން ދައްކަން ބޭނުންވާ ވާހަކަ ދެއްކޭގޮތަށް އެކަނި ކަމަށް ގަބޫލުކުރަށްވައިގެން ވަޑައިގެން އިންނެވި ކަހަލައެވެ.

އާޒިމާ ވިދާޅުވީ، ރާއްޖެއަށް ލިބެން ޖެހޭ ކަނޑުގެ ސަރަަހައްދު ހޯދުމުގައި ޗާގޯސް އަކީ ރާއްޖޭގެ ތަނެއްތޯ ބަލަން ނުޖެހޭ ކަމަށެވެ. ކަނޑުގެ ސަރަހައްދު ހޯދުމަށް ކުރިން އެ ތަން ރާއްޖޭގެ ތަނެއްގެ ގޮތުގައި ކަނޑަނޭޅީ ކީއްވެތޯ ބެލުން މުހިންމު ނޫން ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި އެ ސުވާލުކުރެއްވި ނޫސްވެރިޔާގެ އަމާޒަކީ ކަމާބެހޭ މާހިރެއް އިންނެވުމުން އެމީހަކު ޖަޖް ކުރެއްވުން ކަމަށް އާޒިމާ ވިދާޅުވިއެވެ.

"ރާއްޖޭގެ ތަނެއްތޯ ޗާގޯސް އަކީ އިރެލެވެންޓް، އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދު އަޅުގަނޑުމެން ކްލެއިމް ކުރަން. އެ ވަރު އަންޑަސްޓޭޑް ވާން ޖެހޭނެ ތި ބޭފުޅުން ވެސް، އަޅުގަނޑުމެން މި ދައްކަނީ އަޅުގަނޑުމެންގެ ކަނޑުގެ ސަރަަހައްދު ދޫކޮށްލި ވާހަކަ. އެކަމަކާ ޗާގޯސް އޮތީ އަޅުގަނޑުމެން އަތުގައިތޯ އިޓްސް ޓޯޓަލީ ޑިފަރެންޓް. ހަމަ އަޅުގަނޑަށް އުނދަގޫވެގެން މި ސުވާލަށް ޖަވާބު މި ދިނީ." ވަރަށް ބޮޑަށް ރުޅި އިސްކުރަށްވައި އާޒިމާ ވިދާޅުވިއެވެ.



ސިޔާސީ ގޮތުން ތަސައްރަފު ފުދޭ ކަމަށް ދައުވާ ކުރަށްވާ އަދި ގާނޫނީ ގޮތުން ވަރަށް ފުންނާބު އުސް ކަމަށް ގަބޫލު ކުރަށްވާ އެފަދަ ބޭފުޅުން މީޑިޔާގެ ކުރިމައްޗަށް އަރާވަޑައިގަންނަވާއިރު، ތަފާތު އެކި ސުވާލުތައް އަމާޒުވާނެކަން އެބޭފުޅުން ގަބޫލުކުރަށްވަންޖެހެއެވެ. ފަހަރުގައި އެއީ ތިމާ އެންމެ އެދޭ ސުވާލަށް ވެސް ނުވެދާނެއެވެެ.

މީޑިޔާގެ ކުރިމައްޗަށް ނުކުމެވަޑައިގަންނަވާއިރު ހަމައެކަނި ހިތް އެދޭ ރުހޭ ސުވާލު ނޫސްވެރިން ކުރާނެ ކަމަށް ދެކިވަޑައިގަތުމަކީ ވަރަށް ބޮޑު ކުށްހީއެކެވެ. އަދި އެފަދަ ސުވާލެއް ކުރިމަތިވުމުން ނޫސްވެރިޔާ ލަދުގަންނަވާލައި "ސައިޒު"ކުރަން މަސައްކަތް ކުރުން އެއީ ވަރަށް ދަށު ދަރަޖައިގެ ޑިމޮކްރަސީ އާއި ބީރައްޓެހި އަމަލަކަށް ނޫނީ ނުވާނެއެވެ. އެކަމުން އެ ދޭހަވަނީ ތިމާ ކުފޫ ހަމަނުވާކަމެވެ. ބޮޑެތި އުސްތާޒުން ކުރީގައި ބައިތިއްބައިގެން އާންމުކޮށް ހުޅުވާލައިގެން ބޭއްވި ނޫސްކޮންފަރެންސެއްގައި ދައުލަތުގެ ބަންޑާރަ ނައިބްކަން ކުރަށްވާފައިވާ ދެބޭފުޅަކު ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ނޫސްވެރިއަކު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ސުވާލެއް ކޮށްލުމުން "ރަތްމަހަށް ނުގޮވާ" އެއްޗެހި ގޮވުމަކީ ވަރަށް ވެސް ލަދުވެތި ހުތުރު އަމަލެކެެވެ.

މީޑިޔާގެ ކުރިމައްޗަށް އަރަން ބޭނުންފުޅު ނުވާނަމަ ގޭގައި މަޑުމަޑުން ތިބުން ވެސް އެއަށް ވުރެ ތާހިރުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


7

ޙަސނު

05-May-2023

ޗާގޮސް އަކީ އަހަރުމެންގެ ތަނެއްނޫންކަމަށް އެއްބަސްވެފަ އެތަނުގެ ކަނޑުގެ ސަރަހައްދަކީ އަހަރުމެންގެ ތަނެއްކަމަށް ދައުވާކުރާނީ ސިނކުޑިގެ ތެތްކޮށް ހުންނަންޖެހޭ ބައިތަކެއް ހިކިފަހުރުމުން.


-1

ރަތްސުނީ

05-May-2023

ތިއާޒިމާމެންގެ ބޮޑާކަން އެފެންނަނީ.މުނައްވަރުގެވެސް އެކޮލެޓީއެއް ނެތް.



ޓްރެންޑިން