ފުލުހުންވަނީ ނުފޫޒުގައި ޖެހި ވާޖިބުން އެއްކިބާ ވެފައިކަން ހާމަވެއްޖެ ކަމަށް ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވެ ޓްވީޓު ކުރެއްވީ ހުޅުމާލެ ކައިރީގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕްކުރި މައްސަލާގައެވެ. ޖިންސީ އަނިޔާގެ މައްސަލާގައި ތުހުމަތުވާ ދެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ނުބެލެވޭ ކަމުގައި ފުލުހުން ބުނި ބުނުމަށް އިޝާރާތްކުރައްވައި އެ ދެމިހުންގެ ކުޑަކަމުދާ ތަކެތި ނެގުމަކާނުލައި އެމީހުން މަސްތުނުވާ ކަމުގައި ފުލުހުން ނިންމީ ކޮން ގާނޫނެއްގެ ދަށުންތޯ ޑރ. ޖަމީލް ވަނީ ސުވާލު އުފައްދަވައިފައެވެ. އެކަންކަމާ ގުޅިގެން ފުލުހުންގެ ލީޑަރޝިޕްގެ އިތުބާރު ގެއްލި ފުލުހުން ނުފޫޒުގައި ޖެހި ވާޖިބުން އެއްކިބާވެފައިވާ ކަން ޢާންމުންނަށް ރަނގަޅަށް އެނގިއްޖެ ކަމުގައި އޭނާ ވިދާޅުވެފައިވެއެވެ.
"ފުލުހުންގެ ލީޑަރޝިޕަށް އިތުބާރުކުރި މަދުބައެއްގެ އިތުބާރު ގެއްލިއްޖެ. ގޭންގު ރޭޕާ ގުޅިގެން ފުލުހުންވަނީ ނުފޫޒުގައި ޖެހި ވާޖިބުން އެއްކިބާވެފައިކަން ހާމަވެއްޖެ. ތުހުމަތު ކުރެވުނު މީހުންގެ ޔޫރިން ވެސް ނުނަގައި މަސްތުނުވާ ކަމަށް ނިންމީ ކޮން ގާނޫނީ ހަމަޔަކުންތޯ؟" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
އެ ރޭޕާ ގުޅިގެން ފުލުހުން ޢަމަލު ކުރައްވާފައިވާ ގޮތުން ފުލުހުންގެ މުޢައްސަސާގައި ވަނީ ހުތުރު ލައްގަނޑެއް ޖެހިފައި ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
"ތިޔައީ ދާއިމަށް ފުލުހުންގެ މުއައްސަސާގައި ޖެހުނު ހުތުރު ލައްގަނޑެއް. ޣައިރުގާނޫނީ އަމުރަށް ތަބާވާ ފުލުހުން ވެސް އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރެވުމުން ނޫނީ ގާނޫނުގެ ހުކުމް މި ގައުމުގައި ދުވަހަކުވެސް ނުހިނގާނެ. ފުލުހުންގެ ލީޑަރޝިޕް އެކްޓިވިސްޓުންގެ ދަރަޖައަށް ވެއްޓިގެން ނުވާނެ،" ޑރ. ޖަމީލް ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
އަދި ބޮޑުފިނޮޅުގައި ދިވެހިން ރަހީނުކޮށް، ތަނުގެ މުދަލާއި ތަކެއްޗަށް ގެއްލުން ދޭންޖެހުނީ އެތައް މަހެއް ވަންދެން މަސައްކަތްކުރާ ފަރާތްތަކަށް މުސާރަނުދިނުމާއި މަކަރާއި ހީލަތުގެ ސަބަބުން ކަމަށާއި، އެކަމުގައިވެސް ހިމެނެނީ އެމްޑީޕީގެ މަޖިލިސް މެމްބަރެއް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. އެހެންކަމުން މިމައްސަލަ ރަނގަޅަށް ބެލޭނެ ކަމުގައި ދެކެވަޑައިނުގަންނަވާ ކަމުގައިވެސް ޑރ.ޖަމީލް ވަނީ ވިދާޅުވިއެވެ.

Thee dhaaimah fuluhunge muassasaaga jehunu huthuru lahgandeh. Ghairu qaanoonee amurah thabaavaa Fuluhun ves insaafu ge kurimahchah haaziru kurevumun noonee qaanoon ge hukum mi qaum ga dhuvahakuves nuhingaane. Fuluhun ge leadership activistun ge dharaja ah vehttigen nuvaane. 2/3 pic.twitter.com/7oRqeMwbvs
— Mohamed Jameel Ahmed (@MJameelAhmed) July 4, 2020
އެ ރޭޕާ ގުޅިގެން ފުލުހުން ޢަމަލު ކުރައްވާފައިވާ ގޮތުން ފުލުހުންގެ މުޢައްސަސާގައި ވަނީ ހުތުރު ލައްގަނޑެއް ޖެހިފައި ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
"ތިޔައީ ދާއިމަށް ފުލުހުންގެ މުއައްސަސާގައި ޖެހުނު ހުތުރު ލައްގަނޑެއް. ޣައިރުގާނޫނީ އަމުރަށް ތަބާވާ ފުލުހުން ވެސް އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރެވުމުން ނޫނީ ގާނޫނުގެ ހުކުމް މި ގައުމުގައި ދުވަހަކުވެސް ނުހިނގާނެ. ފުލުހުންގެ ލީޑަރޝިޕް އެކްޓިވިސްޓުންގެ ދަރަޖައަށް ވެއްޓިގެން ނުވާނެ،" ޑރ. ޖަމީލް ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
އަދި ބޮޑުފިނޮޅުގައި ދިވެހިން ރަހީނުކޮށް، ތަނުގެ މުދަލާއި ތަކެއްޗަށް ގެއްލުން ދޭންޖެހުނީ އެތައް މަހެއް ވަންދެން މަސައްކަތްކުރާ ފަރާތްތަކަށް މުސާރަނުދިނުމާއި މަކަރާއި ހީލަތުގެ ސަބަބުން ކަމަށާއި، އެކަމުގައިވެސް ހިމެނެނީ އެމްޑީޕީގެ މަޖިލިސް މެމްބަރެއް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. އެހެންކަމުން މިމައްސަލަ ރަނގަޅަށް ބެލޭނެ ކަމުގައި ދެކެވަޑައިނުގަންނަވާ ކަމުގައިވެސް ޑރ.ޖަމީލް ވަނީ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު