ކުދީން ފެއިލްކޮށްލި ޕްރޮފެސަރު
ކުދީން ފެއިލްކޮށްލި ޕްރޮފެސަރު
ޗެޓް ޖީޕީޓީ ބޭނުންކޮށްގެން 'އެސޭ' ނުވަތަ އިނގިރޭސި މަޒުމޫނު ލިޔުނުކަމަށް ބުނެ ޕްރޮފެސަރަކު އޭނާ ކިޔަވައިދޭ ކްލާހުގެ ހުރިހާ ދަރިވަރުން ފެއިލްކޮށްލައިފިއެވެ.



ރެޑިޓްގައިވާ 'ޑިސްކަޝަން ތްރެޑް' އެއްގައިވާ ގޮތުން އެމެރިކާގެ ޓެކްސަސް ޔުނިވަރސިޓީގެ ޕްރޮފެސަރަކު އޭނާގެ މުޅި ކްލާސް އެއްކޮށް ފެއިލްކޮށްލާފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ޓޫލްއެއް މެދުވެރިކޮށް ދަރިވަރުން މަކަރު ހެދިތޯ ބެލިބެލުމުން ނުބައިކޮށް އެ ޕްލެޓްފޯމްއިން ދަރިވަރުންގެ ލިޔުންތައް ކޮޕީކޮށްފައިވާކަމަށް ބުނުމުންނެވެ.

ރެޑިޓްގައި ނަން ހާމަކޮށްފައިނުވާ އެޕްރޮފެސަރު ބޭނުންކޮށްފައިވަނީ ޗެޓް ޖީޕީޓީ ކަމަށާއި އެޗެޓްބޮޓުން ދަރިވަރުންގެ އެސޭތައް ސްކޭންކުރުމަށްފަހު ބުނެފައިވަނީ އެއީ ކޮމްޕިއުޓަރަކުން ޖަނަރޭޓްކޮށްފައިވާ ލިޔުންތަކެއް ކަމަށެވެ.

މިކަމާއި ގުޅިގެން މިދަރިވަރުންތައް ނުރުހުންފާޅުކުރަމުން ރެޑިޓްގައި ބުނެފައިވަނީ އެދަރިވަރުންގެ އެސޭތައް 'ޕްލެޖަރައިޒް' ނުވަތަ ކޮޕީކޮށްފައި ކަމަށް ކަނޑައަޅައި އެކުދިންނަށް ލިބެންޖެހޭ ނަތީޖާ، މިޗެޓްބޮޓްގެ ސަބަބުން އުނިކޮށްފައިކަމަށެވެ.

އެހެންނަމަވެސް، ފަހުން ވަނީ އެލިޔުންތަކަކީ ކޮމްޕިއުޓަރަކުން ނުވަތަ އާޓިފިޝިއަލް އިންޓެލިޖެންސް ބޭނުންކޮށްގެން ލިޔެފައިވާ ލިޔުންތަކެއް ނޫންކަމަށާއި މިފަހަރު ޗެޓް ޖީބީޓީވިޔަސް މިވަނީ ޞައްޙަ ނޫން މަޢުލޫމާތު ދީފައިކަން ހާމަވެފައިކަމަށް ލިޔެފައިވެއެވެ. އަދ އެޕްރޮފެސަރު އެކުދިންނަށް އަލުން ޓެސްޓު ހެދުމުގެ ފުރުސަތުދީ އަދި މާފަށް އެދިފައިވާ ކަމުގައިވެސް ވެއެވެ.

މިހާދިސާއިން އެނގިގެންދަނީ އޭއި ޓޫލްތައް މެދުވެރިކޮށް ޕްލޭޖަރިޒަމް ހޯދައިގަތުމަކީ އެހައި ރަނގަޅު ކަމެއް ނޫންކަމެވެ. އަދި އަލަށް ޑިވެލޮޕްވެގެން އަންނަ މިފަދަ ޓޫލްސްތަކަކަކީވެސް މައްސަލަތައް ދިމާވުން އެކަށީގެންވާ ތަކެތިކަން ބަލައިގަނެ މިއީ އިންސާނުންގެ ސިކުނޑިން ދެނެގަނެވޭނެ ހުރިހާކަމެއް ދެނެގަތުމަށް އޮތް އެއްޗެއް ނޫންކަންވެސް ހާމަވެގެން ދެއެވެ.



ޕްލޭޖަރިޒަމް ނުވަތަ ކޮޕީކޮށްފައިވާކަން ދެނެގަތުމަށް މިފަދަ ވަސީލަތްތަކަށް އެކަނި ބަރޯސާނުވެ، މިތަކެތި ބޭނުން ކުރުމަކީ މައްސަލައެއް ނޫނެވެ. އަދި މިފަދަ ވަސީލަތްތައް ބޭނުންކުރުމުގައި ސަމާލުވުމުގެ މުހިންމުކަންވެސް މިފަދަ ހާދިސާތަކުން އަޅުގަނޑުމެންނަށް ހާމަވެގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން