ޓްވިޓާގައި ދެގަޑިއިރުގެ ވީޑިއޯ ޝެއާރކުރެވޭ ގޮތްވުމުން ޓްވީޓަރ ބޭނުންކުރާ ފަރާތްތަކުން ފިލްތައް އަޕްލޯޑް ކުރަންފަށަފިއެވެ.
ޓްވީޓާގެ ހުރިހާ ނޫ ސަބްސްކްރައިބަރުންނަށް ވީޑިއޯ އަޕްލޯޑްކުރެވޭނެކަން އިޢްލާން ކުރައްވަމުން ޓްވިޓާގެ ސީއީއޯ އީލޯން މަސްކު ވިދާޅުވީ މިހާރު 2 ގަޑިއިރުގެ ވީޑިއޯ އަޕްލޯޑް ކުރެވޭނެކަމަށެވެ. އަދި މިއީ 8ޖީބީގެ ކޮންޓެންޓް އެއްފަހަރާ ޓްވިޓާރއަށް އަޕްލޯޑް ކުރުމުގެ ފުރުޞަތު ނޫ ސަބްސްކްރައިބަރުންނަށް ލިބިގެންދާ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އިލޯން މަސްކުގެ މިއެނައުންސްމަންޓާއިއެކު މާގިނަ އިރުތަކެއް ނުވެ މަޝްހޫރު އެނިމޭޓެޑް ފިލްމެއް ކަމުގައިވާ ޝްރެކް 3 ޓްވިޓާގައި ވަނީ އަޕްލޯޑްކޮށްފައެވެ. އެހެންނަމަވެސް މިވީޑިއޯވަނީ ކޮޕީ ރައިޓްސްގެ މައްސަލައިގައި ޓްވިޓަރއިން ޑިލީޓްކޮށްލާފައެވެ.
މިޕްލެޓް ފޯމުގައި މިގޮތަށް ފިލްމާއި ވީޑިއޯތައް އަޕްލޯޑުކޮށް ޝެއަރ ކުރެވެންފެށުމުން، އެކަމާއި ވަރަށް ގިނަ ބަޔަކު އުފާކުރިނަމަވެސް އެ ޕްލެޓްފޯމުގައި މިފަދައިން ފިލްމާއި ވީޑިއޯތައް މީހުން ބަލާނެތޯ ބައެއް މީހުން ސުވާލު އުފައްދައެވެ. ނަމަވެސް ޓްވިޓާރއަށް އިތުރު ކުރެވުނު މި އައު ފީޗަރގެ ސަބަބުން ޔޫޓިއުބާއި ނެޓްފްލިކްސްގެ އާމްދަނީއަށް އަސަރު ކުރާނެކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. އަދި އިލޯން މަސްކުގެ މިއެނައުންސްމަންޓާ ގުޅިގެން ގިނަބަޔަކު އަންނަނީ ތަފާތު ޚިޔާލުތައް ފާޅުކުރަމުންނެވެ.
މިގޮތުން ޓްވިޓަރ ޔޫޒަރ އެއްގެ ކޮމެންޓުގައި "ރެސްޓް އިން ޕީސް ޔޫޓިއުބު" ލިޔެފައިވާއިރު އިތުރު އެކައުންޓަކުން ޓްވިޓާއަކީ އައު ނެޓްފްލިކްސް ކަމަށް ބުނެ ޚިޔާލު ފާޅުކޮށްފައިވެއެވެ.
ޓްވީޓާގައި ވީޑިއޯ އަޕްލޯޑްކުރެވުމުގެ އިތުރުން ޔޫޒައިންނަށް ވޮއިސް ކޯލާއި ވިޑިއޯކޯލްވެސް ކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާކަމުގެ އުފާވެރި ޚަބަރުވެސް އީލޯން މަސްކުވަނީ ދެއްވާފައެވެ.
މިޚަބަރުދެއްވަމުން އީލޯން މަސްކު ވިދާޅުވިގޮތުގައި ވޮއިސް ކޯލްއާއި ވިޑިއޯކޯލް ފީޗަރގެ ސަބަބުން ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރިމީހަކަށްވެސް ފޯނުނަންބަރާ ނުލައި ޓްވިޓަރ މެދުވެރިކޮށް ގުޅާލުމުގެ ފުރުސަތު އޭރުން ހުޅުވިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު