އިންސްޓަރގްރާމް ޑައުންވާތީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބޭ މިވެބްސައިޓުގެ ޔޫޒާއިން ރުޅިގަދަވެއްޖެއެވެ.
އާދިއްތަ ދުވަހުގެރޭ 11:00 ފެށިގެން އިންސްޓަރގްރާމް ޑައުންވެގެން 50،000 އަށްވުރެ ގިނަ ޔޫޒާއިން ވަނީ މައްސަލަ ރިޕޯޓުވެސް ކޮށްފައިވެއެވެ.
ވެބްސައިޓުތައް ޑައުންވުމުން ޓްރެކް ކުރާ ދަ ޑައުން ޑިޓެކްޓަރ ވެބްސާއިޓުގައި މިހާތަނަށް 56،628 މީހުން އިންސްޓަރގްރާމް ޑައުންވެގެން ރިޕޯޓުކޮށްފައިވާއިރު، ދަ ޑައުން ޑިޓެކްޓަރ ލޮކޭޝަން މެޕުން ދައްކާގޮތުން ޝަކުވާތައް އައިސްފައިވަނީ އިނގިރޭސިވިލާތާއި އެމެރިކާ އަދި އޮސްޓްރޭލިއާގެ ސަރަހައްދުތަކުންނެވެ.
ނަމަވެސް އިންސްޓަރގްރާމް އެޕް މިހާރުވަނީ ރިސްޓޯ ވެފައެވެ. އެޕްލިކޭޝަން ޑައުންވުމާގުޅޭގޮތުން އިންސްޓަރގްރާމްގެ ސްޕޯކްސް ޕާސަން ޑޭވް އާނޯލްޑް ވިދާޅުވެފައިވަނީ އިންސްޓަރގްރާމް ޑައުންވެގެން ވަރަށް ގިނަ ޔޫޒާއިންގެ ޝަކުވާތަކެއް ލިބިފައިވާ ކަމަށާއި މިއީ ޓެކްނިކަލް މައްސަލައަކުން ދިމާވިކަމެއް ކަމަށެވެ. އަދި މިހެން މެދުވެރިވުމުން ޔޫޒާއިންގެ ފަރާތުން މާފަށް އެދޭކަމަށެވެ.
ޑައުން ޑިޓެކްޓަރއިން ފެންނަ ގޮތުގައި މިމައްސަލަތަކުގެ %92 އަކީ އިންސްޓަރ މޮބައިލް އެޕްލިކޭޝަންގައި ދިމާވެފައިވާ މައްސަލަތަކެކެވެ. އަދި %6 އަކީ ވެބްސައިޓުގައި ދިމާވެފައިވާ މައްސަލަތަކެކެވެ. އަދި ބާކީ %2 އަކީ ލޮގިންއާއި ގުޅިގެން އައިސްފައިވާ މައްސަލަތަކެކެވެ.
ޔޫޒަރއިންނަށް ފީޑް ރިފްރެޝް ނުކުރެވޭ މައްސަލައާއި ލޯޑް ނުކުރެވޭ މައްސަލަ ރިޕޯޓުކޮށްފައިވާ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން މިއަހަރުގެ މާރިޗު 9 ވަނަ ދުވަހުގައިވެސް މިފަދަ މައްސަލަތަކެއް ރިޕޯޓު ކުރެވިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު