ގާސިމް އިބްރާހީމަށް ލިބިވަޑައިގެންފައިވާ ތަނަވަސްކަމަކީ، ތަނަަވަސް އެހެން ބައެއް ބޭފުޅުންނަށް ލިބިވަޑައިގެންނެވި ފަދަ ވާރުތަވި މުދާތަކަކުން ހޯއްދެވި ތަނަވަސްކަމެއް ނޫނެވެ. އެއީ އެމަނިކުފާނު އެންމެ ޅަ އުމުރުން ފެށިގެން ގަދައަޅާ ކުރެއްވި ބުރަ މަސައްކަތުން ހޯއްދެވި ތަޖުރިބާތަކާއި އިލްމާއި ހުނަރު ބޭނުންކުރަށްވައިގެން، ޒުވާން އުމުރުފުޅުގައި ހިތްވަރާއި ކެރުމާއެކު ފެއްޓެވި އަމިއްލަ މަސައްކަތް ވަރުބަލިފުޅުކަމެއް ނެތި ކުރިއަށްގެންގޮސް ހޯއްދެވި ހަލާލު ތަނަވަސްކަމެކެވެ.
ޤާސިމް އިބްރާހީމަކީ، އަރިއަތޮޅު މާމިގިލީގެ އާދައިގެ ޢާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ދިވެހި ދަރިއެކެވެ. ޢުމުރުފުޅުން 39 ވަނަ ދުވަހުގައި ޤާސިމްގެ މަންމާފުޅު މިދުނިޔެ ދޫކުރައްވައިފިއެވެ. ޤާސިމްގެ ބައްޕާފުޅަކީ ޚާއްޞަ އެހީއަށް ބޭނުންވާ ބޭފުޅެއްކަމުން، ވަރަށް ޅަޢުމުރުގައިވެސް މީހުންނަށް "ނޯކިރީ" ކޮށްދެއްވައިގެން ދިރިއުޅުއްވުމަށް އާމްދަނީ ހޯއްދަވަން ޤާސިމަށް މަޖުބޫރުވެވަޑައިގަތެވެ.
ވަރަށް ޒުވާން ޢުމުރުފުޅުގައި ޤާސިމް މާލެ ވަޑައިގަތީ ތަޢުލީމު ހާސިލު ކުރެއްވުމުގެ ފުރުޞަތު ކޮންމެވެސް މިންވަރަކަށް ލިބިވަޑައިގަތުން އެދިވަޑައިގެންނެވެ. ގޭގޭގައި ނޯކިރީގައި އުޅުއްވަމުން، އެދުވަސްވަރު އޮތް ތަޢުލީމީ ނިޒާމުގެ ތެރެއިން ސަނަދަށް ކިޔަވާ ވިދާޅުވަމުން ވަޑައިގެން، ސަރުކާރުގައި ވަޒީފާ އަދާކުރައްވަން ފެށްޓެވިއެވެ. އޭގެފަހުން އަމިއްލަ މީހުންގެ ވަޒީފާތަކުގައިވެސް އުޅުއްވިއެވެ.
ސަރުކާރަށް ފުރަތަމަ ވެދެވަޑައިގެން ލިބިވަޑައިގެންނެވި މުސާރަފުޅުން ނިކަމެތިންނަށާއި، ދިރިއުޅުމުގެ އެކި މުހުތާދުތައް ފުއްދުމަށް އެދޭ ފަރާތްތަކަށް މުސާރައިގެ މިންވަރެއް ހޭދަކުރެއްވުމަކީ، ޤާސިމްގެ އޭރުގެވެސް އާދައެކެވެ. އެކިއެކި ވަޒީފާތަކުގައި އުޅުއްވައި، ލިބިވަޑައިގަތް ތަޖުރިބާގެ އަލީގައި ޤާސިމް ފުރަތަމަ އަމިއްލަފުޅު ވިޔަފާރިއެއް ފެށްޓެވީ 1976 ވަނަ އަހަރުއެވެ. އެއީ، ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ނެންގެވި -/15000 ރުފިޔާގެ ލޯނަކުންނެވެ.
🎯Constitutional right to health care and public health
— Iru(Iruthisham) Adam (@IruthishamAdam) May 14, 2023
✅ Leader of the Jumhooree Party (the Republicans) and MP H.E. Qasim Ibrahim @qasimibrahim , the Chairman of Villa Group @villagroupmv one of the largest private businesses embodies the spirit of the self-made man who… pic.twitter.com/wipzxjc6XT
ޤާސިމަކީ، މަސައްކަތުގައި ވަރަށް ހީވާގި މުރާލި ބޭފުޅެކެވެ. ވިޔަފާރީގައި ކުރިއަށް ވަޑައިގަތުމުގެ ހިތްވަރާއި ކެރުން ހުރި ބޭފުޅެކެވެ. އެހެންކަމުން، ވިޔަފާރީގައި 10 ވަރަކަށް އަހަރު ޤާސިމް ހޭދަކުރެއްވިއިރު، އެމަނިކުފާނު ގުނާލެވުނީ ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރީންގެ ސަފުގައެވެ. ދިވެހި ވިޔަފާރިވެރީންގެ ޖަމްޢިއްޔާގެ އެއް މުއައްސިސްގެ ގޮތުގައެވެ. އަދި ހުރިހާ ފަންތިއެއްގެ ވިޔަފާރިވެރީންގެ ޙައްޤުގައި އަޑުއުފުއްލެވުމުގައިވެސް ފަސްޖެހިވަޑައިނުގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ.
އޭގެފަހުން 1988 ވަނަ އަހަރު ޓުއަރިޒަމްގެ ވިޔަފާރީގެ ތެރެއަށް ވެދެވަޑައިގެން، 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ހުރި އެންމެ ޒަމާނީ އެންމެ ބޮޑެތި ރިޒޯޓްތައް ހިންގަވާ އަދި އެންމެ އެނދުގިނަ އެއް ކުންފުނި އޮޕަރޭޓް ކުރައްވާ ރިޒޯޓް އޯނަރަކަށް ޤާސިމްވެވަޑައިގަތެވެ.
ދިވެހިންނަށް މިއިން ޒަމާނަކު ލިބިފައިނުވާފަދަ ހައްޤުތަކާއި ސިޔާސީ އަދި މަދަނީ މިނިވަންކަން ދިވެހިންނަށް ގެނެސްދިން ފެހި ޤާނޫން އަސާސީ އަށް 12 އަހަރުފުރުނީއެވެ. މި ބުރަ މަަސައްކަތުގައި އިޚްލާސްތެރިކަމާ އެކު މަސައްކަތް ކުރެއްވި އެންމެހާ ފަރާތްތަކަށް ޝުކުރާ ތަހާނީ އަރިސްކުރަމެވެ. pic.twitter.com/BWoNoWaSGC
— Qasim Ibrahim (@qasimibrahim) August 7, 2020
ވިޔަފާރީގެ ތަފާތު ދާއިރާތަކުގައި ރާއްޖޭގައި އެންމެ ބިޔަ އިންވެސްޓްމަންޓްތައް ކުރައްވާފައިވާ އަމިއްލަ ފަރުދުންގެ ތެރޭގައި ޤާސިމް އިބްރާހީމް ހިމެނިވަޑައިގަންނަވައެވެ. ސިމެންތިއާއި ގޭހާއި އަދި މަތިންދާބޯޓު ދަތުރުފަދަ ވިޔަފާރިތައް ވާދަވެރި ވިޔަފާރިތަކަކަށްވެ، އަގުހެޔޮވެގެން ދިޔައީ، މިފަދަ ވިޔަފާރިތަކުގައި ޤާސިމް ކުރެއްވި އިންވެސްޓްމަންޓްތަކުގެ ސަބަބުންނެވެ. ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލޯން ލިބެންފެށީ، ޤާސިމް އެކަމަށް އިސްނެންގެވި ހިސާބުންނެވެ.
ރާއްޖޭގެ ޓޫރިޒަމްގައި މޫދުކޮޓަރި ތަޢާރަފްކުރެއްވުމާއި، ރިޒޯޓްތަކުގެ މުވައްޒަފުންނަށް ރަނގަޅު އެކޮމޮޑޭޝަން ދެއްވުމާއި، މަސްވެރިކަމުގެ ބިޔަ އިންވެސްޓްމަންޓްތައް ކުރައްވައި ބޮޑުއަގުގައި މަސްވެރީންގެ އަތުން މަސް ބައްލަވައިގަންނަވަން ފެށްޓެވުމާއި، ޕްރައިވެޓް އެއަރޕޯޓްތައް ރާއްޖޭގައި ބިނާކުރުމަށް އިސްނެންގެވުމާއި، ޕްރައިވެޓް ކޮލެޖެއް ރާއްޖޭގައި އަލަށް އުފެއްދެވުން ފަދަ ކަންކަމަކީ، ޤައުމީގޮތުން ފާހަގަކޮށްލެވޭ ގާސިމްގެ ބޮޑެތި އިންވެސްޓްމަންޓްތަކެވެ.
A Man With a Vision to Make #MALDIVES Great Again!
— ᗰᝪᕼᗩᗰᗴᗞ ᗩᗞᕼᑌᕼᗩᗰ (@M_Adhuham) May 27, 2023
HON. @qasimibrahim #Qasim2023 pic.twitter.com/FXg0peSguj
ވިޔަފާރި ކުރިއެރުވުމާއި އިންސާނިއްޔަތަށް އެހީތެރިވުމުގައި ޤާސިމް ހޯއްދަވާފައިވާ ބޮޑެތި ކާމިޔާބީތައް ވަޒަންކޮށް، މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީއިން އެމަނިކުފާނަށް ވަނީ އޮނަރަރީ ޕީ.އެޗް.ޑީ އަރުވާފައެވެ. އަދި، ތަޢުލީމަށްޓަކައި ޤާސިމް ކުރެއްވި އަގުހުރި ޚިދުމަތުގެ އަގުވަޒަންކޮށް ވާރލްޑް އެޑިޔުކޭޝަން ފޯރަމުގެ ފަރާތުން ވަނީ [ލައިފްޓައިމް އެޗީވްމަންޓް އެވޯޑް] އެމަނިކުފާނަށް އަރުވާފައެވެ. ޤައުމީ ޚިދުމަތުގެ ތަފާތު އެކި ދާއިރާތަކުން ހިތްވަރުދިނުމުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު، އެންމެ ގިނަ އަދަދަކަށް ހާސިލު ކުރައްވާފައިވާ އެއްބޭފުޅަކީ ޤާސިމް އިބްރާހީމްކަންވެސް ފާހަގަކުރެވެއެވެ.
އިންސާނީ ޚިދުމަތަށް ބަލާއިރު، ރާއްޖެއިން ބޭރަށް ދިވެހީން ފޮނުވައިގެން ބޮޑެތި ބަލިތަކަށް ބޭސްފަރުވާކޮށްދެއްވުމުގައި އެންމެ ދިގުމުއްދަތެއް ހޭދަކުރެއްވި އަމިއްލަ ފަރުދަކީ އެމަނިކުފާނެވެ. ރާއްޖޭގައި އިންސާނިއްޔަތަށް ޚިދުމަތްކުރާ ފައުންޑޭޝަނެއް ފުރަތަމަ އުފެއްދެވީ ޤާސިމެވެ. އަދި ދިވެހި ދަރީންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ފުޅާކުރެއްވުމަށް ސްކޮލަރޝިޕް ސްކީމެއް ފުރަތަމަ ތަޢާރުފް ކުރައްވައި އެޚިދުމަތް ފެށްޓެވީވެސް ޤާސިމެވެ. މީގެއިތުރުން، ރާއްޖޭގެ ރަށްތަކުގެ ތަޢުލީމާއި، އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށްޓަކައި މިވޭތުވި ސާޅީހަކަށް އަހަރު، އެންމެ ދީލަތި އެހީތެރިކަމެއް ވެދެއްވާފައިވާ އެއް ފަރުދަކީވެސް ޤާސިމް އިބްރާހީމެވެ.
މިހާރުގެ ގޮތަށް ކިޔާނަމަ ނޫނީ ލިޔާނަމަ އޭރު ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ހިލޭ ދެއްވީ ގާސިމް އިބްރާހީމެވެ. އިންޑިއާގައި ގާސިމްގެ މުވައްޒަފުން ބައިތިއްބައިގެން ވަރަށް ފުޅާ ދާއިރާއެއްގައި ދިވެހިންނަށް ބިލޭ ބޭސްފަރުވާ ކޮށްދެއްވައި އެޚިދުމަތް ދެއްވިއެވެ.
މިހާރުގެ ނަމުން ދަންނަވާނަމަ އޭރު ހިލޭ ޑިގްރީ ނުވަތަ ހިލޭ މަތީތައުލީމާއި މަތީތަޢުލީމުގެ ލޯނު ޕްރޮގަރާމު ހިންގެވީ ގާސިމެވެ. ގާސިމްގެ އެ އަގުހުރި މަތިވެރި ޚިދުމަތުގެ ސަބަބުން މިއަދު މިގައުމަށް ޚިދުމަތް ކުރާނެ ތައުލީމީ ފަންނުވެރި އިލްމީ ގާބިލު އެތައް ދިވެހި ދަރީންނެއް އެވަނީ އުފެދިފައެވެ. ކޮންމެ ދާއިރާއަކަށް ބަލައިލިއަސް މިދެންނެވި ޚިދުމަތުގެ ކުލަތައް އެހެރީ ފެންނާށެވެ.
👨🎓Investing in Private Education
— Iru(Iruthisham) Adam (@IruthishamAdam) May 16, 2023
📌As an individual and a private company, a philanthropist, JP Leader, and MP H.E. Qasim Ibrahim (@qasimibrahim ) has contributed to over 🇲🇻👨🎓1841 Villa scholarships, including study loans, since 1999. In addition to these scholarships, he has… pic.twitter.com/lOM67h0jSu
ޤައުމެއްގެ އާބާދީގެ ނިސްބަތުން ބަލާއިރު ގާސިމް ފަދަ އެހެން ބޭފުޅަކު ބައިނަލްއަޤްވާމީ މުޖަތަމަޢުންވެސް ނުފެންނާނެއެވެ. ހަމަޤައިމްުވެސް ގާސިމް އިބްރާހިމަކީ ނިކަމެތިންނަށް އެހީތެރިވެދީ، އިންސާނިއްޔަތަށް ޚިދުމަތްކުރެއްވުމުގައި ދުނިޔެއަށްވެސް މިސާލެއްކަމަށް ދެންނެވިދާނެ ކިތަންމެ މަސައްކަތެއް އެމަނިކުފާނު އެވަނީ ކުރަށްވާފައެވެ. އަދިވެސް އެގެންދަވަނީ ކުރައްވަމުންވެ.
ގާސިމް އިބްރާހީމްގެ އިންސާނީ ޚިދުމަތްތަކާއި ގައުމީ މަސައްކަތް ތަކުގެ ވާހަކަ މިފަދަ އެންމެ ލިއުމަކުން، ދެލިއުމަކުން ޚުލާސާ ކޮށްލުމަކީ ވެސް ވާނެކަމެއް ނޫނެވެ. އެހެންކަމުން މިސިލްސިލާ އަދިވެސް ކުރިއަށް އޮތީއެވެ.
ކިޔުންތެރިންގެ ހިޔާލު