އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި މިސުރުގެ އިމުގެ ކައިރީގައިވާ އިސްރާއީލުގެ އިމުގެ ތެރެއަށް މިސުރުގެ ފުލުހަކު ބަޑިޖެހުމާއި ގުޅިގެން އިސްރާއީލުގެ ސިފައިންގެ ތިން މީހުން މަރުވެއްޖެއެވެ.
އިސްރާއީލުން ބުނާ ގޮތުން މިސުރުގެ އަސްކަރިއްޔާއާއި ގުޅިގެން މިކަމުގެ ތަހްގީގު މިހާރުވަނީ ފަށާފައެވެ. މިކަމާއި ގުޅިގެން މިސުރުން ބުނީ ޑްރަގުގެ ވިޔަފާރިކުރާ ބަޔަކު އަތުލުމަށް ކުރި މަސައްކަތެއްގައި އެގައުމުގެ ސަލާމަތީ އޮފިސަރަކު ޗެކްޕޮއިންޓެއް ހުރަސްކޮށްފައިވެއެވެ. އެފަދަ އޮޕަރޭޝަނެއްގައި އެގައުމުގެ ސިފައިންތަކެއް ބައިވެރިވިކަމަށް އިސްރާއީލުންވެސް ބުނެއެވެ.
މި މީހުންގެ ފުރާނަ ނެތް ހަށިތައް ހޯދާފައިވަނީ އެމީހުންނާއި ގުޅަން ސީނިއަރ އޮފިސަރަކު ކުރި މަސައްކަތް ކޮޅެއްގައި ނުޖެހުމުން އެއަށް ފަހު އެމީހުން ހޯދަން ކުރި މަސައްކަތުންނެވެ.
މިސުރުން ބުނެފައިވާ ގޮތުގައި ޑްރަގް ވިޔަފާރިކުރާ މީހުން އަތުލުމަށް ކުރި މަސައްކަތުގައި އިސްރާއީލުގެ ސިފައިންނާއި ދެމެދު ހަމަލާތަކެއް ބަދަލުކުރެވުނުވެ. އިސްރާއީލު ސިފައިން މަރުވީ މި ހަމަލާތަކުގައިކަމަށް މިސުރުން ބުނެއެވެ.
އިސްރާއީލުން ހިންގި ޑްރަގް އޮޕަރޭޝަނުގައި ހަތަރު ލައްކަ ޑޮލަރުގެ އަގު ހުރި މަނާ ޑްރަގް އަތުލައިގަނެވުނުކަމަށް އިސްރާއީލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު