ޕްރިންސް ހަމްދާން ބިން މުޙައްމަދު ބިން ރަޝީދު އަލް މަކްޘޫމް
ޕްރިންސް ހަމްދާން ބިން މުޙައްމަދު ބިން ރަޝީދު އަލް މަކްޘޫމް
އެކުވެރި އަރަބި އިމާރާތުގެ ދުބާއީގެ ވަލީ އަހުދު ޕްރިންސް ހަމްދާން އާއްމުންގެ ހިޔާލާއެކު އޭނާގެ ކުއްތާތަކަށް ނަން ދީފިއެވެ.

ދުބާއީގެ ޕްރިންސް ހަމްދާން އޭނާގެ އިންސްޓަރގްރާމް ސްޓޯރީ މެދުވެރިކޮށް އޭނާ ގެންގުޅޭ 3 ކުއްތާއަކަށް ދޭނެ ނަމެއް ހޯދުމަށް އާއްމުންގެ ޚިޔާލު ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ. ޕްރިންސް ހަންދާން މިދިޔަ ހުކުރު ދުވަހު އާއްމުންގެ ފަރާތުން ނަން ހުށަހެޅުމަށް އެދިފައިވަނީ އޭނާ ގެންގުޅޭ ދެއަންހެން ކުއްތާއަށާއި އެއްފިރިހެން ކުއްތާއަށް ނަންދިނުމަށެވެ.

ޕްރިންސް ހަމްދާން އިންސްޓަރގްރާމްގައި ވީޑިއޯއެއް ހިއްސާކޮށް ތިން ކުއްތާއަށް ނަމެއް ހޯދުމަށް އިއުލާން ކުރުމުން ގިނަ ބަޔަކުވަނީ ކުއްތާތަކަށް ކިޔާނެ ތަފާތު އެތައް ނަންތަކެއް ހުށަހަޅާފައެވެ.

އަދި މިޕޯސްޓު ކުރިތާ 4 ގަޑިއިރުފަހުން އެންމެންނަށް ޝުކުރު އަދާކޮށް އޭނާ އެތިން ކުއްތާތައަށް ޚިޔާރުކުރި ނަންތަައްވަނީ އިއުލާންކޮށްފައެވެ.

ފިރިހެން ކުއްތާއަށް ދިން ނަމަކީ ލައިލްއެވެ. އަދި އަންހެން ކުއްތާތަކަށް މިޒޫން އަދި ނަހާރު ކިޔަން ނިންމާފައިވާކަމަށް އޭނާ އިއުލާންކޮށްފައިވެއެވެ.

ޕްރިންސް ހަމްދާނަކީ ދުބާއިގެ ވަލީއަހުދެވެ. ފުރިހަމަ ނަމަކީ ޝެއިޚް ހަމްދާން ބިން މުޙައްމަދު ބިން ރަޝީދު އަލް މަކްޠޫމެވެ. ޝެއިޙް ހަމްދާނަކީ ދުބާއީގެ ރަސްގެފާނު މުހައްމަދު ބުން ރަޝީދު އަލް މަކްތޫމްގެ ތިންވަން ދަރިކަލުންނެވެ.

އަލް މަކްޠޫމް އާއިލާއިން ދުބާއީގެ ރަސްކަމަށް ވަޑައިގެންފައިވަނީ 1833 ވަނަ އަހަރުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން