އިންޑިޔާގައި މީހަކު މަރުވެގެން ފުރާނަ ނެތް އެހަށިގަނޑު އަންދާލަން ތައްޔާރުވެފައި ވަނިކޮށް ދަރުތަކުގެ ތެރެއިން އޭނާ ތެދުވެއްޖެއެވެ.

މިކަން ހިނގީ މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ އުއްތަރު ޕްރަދޭޝް ސްޓޭޓުގެ ދަނޑުވެރިކަމުގެ މަރުކަޒީ ރަށެއްކަމަށްވާ މޮރީނާގައެވެ. ރިޕޯޓުތައް ބުނާ ގޮތުން ކިޑްނީގެ ބައްޔަށް ބޭސްކުރަމުންދިޔަ އެރަށު މީހެއްކަމަށްވާ ޖީތޫ ޕްރަޖަޕަތީވަނީ އަންގާރަ ދުވަހު ހޭނެތިގެން ވެއްޓިފައެވެ.

މިކަމާއި ގުޅިގެން އޭނާގެ ހަށިގަނޑުގައި ފުރާނަ ހުރިތޯ ބެލީ އޭނާގެ އަވަށްޓެރިންނެވެ. ނޭވާލާކަމުގެ އެއްވެސް އަސަރެއް ޖީތޫގެ ނޭފަތުން އަދި އަނގައިން އެމީހުންނަށް ނުފެނުމުން ، އެމީހުން ނިންމީ އޭނާ މަރުވީކަމަށެވެ. މިކަން ޖީތޫގެ ގާތް ތިމާގެ މީހުންނަށް އެމީހުން އެންގިއެވެ.

ޖީތޫގެ ހަށިގަނޑު ލާފައިވާ ދަރުތަކުގައި އަލިފާން ރޯކޮށްލަން ވަރަށް ކައިރިވެފައި ވަނިކޮށް، ހޭއަރައިގެން އޭގެ ތެރެއިން އޭނާ މަޑުމަޑުން ތެދުވަން ފެށުމުން އެއްވެފައިތިބި ވަރަށް ގިނަ ބަޔަކު ބިރުން ދުއްވައިގަތެވެ. ރިޕޯޓުތައް ބުނާ ގޮތުން، ބިރުން ދުރަށް ދުވުނު މީހުން ފަހުން ޖީތޫ ކައިރިއަށް އައިސް އޭނާގެ ހާލު ބެލުމަށް އެތަނަށް ޑޮކްޓަރަކު ގެނައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން