'ތުރުކީގެ ގަރުނު' ފެށިއްޖެކަމަށާއި ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި ވަޙްދަތާއި އުޚުއްވަތްތެރިކަން ގާއިމުކުރަންޖެހޭކަމަށް ތުރުކީގެ ރައީސް ރިޖިބް ތައްޔިބް އެރްދުގާން ވިދާޅުވެއްޖެއެވެ.

ރައީސް އެރްދުގާން ހޮނިހިރު ދުވަހު މިހެން ވިދާޅުވީ އޭނާގެ ރިޔާސީ ތިންވަނަ ދައުރު ފެށުމުގެ ގޮތުންނެވެ. ރައީސް އެރްދުގާން ވިދާޅުވި ގޮތުގައި ތުރުކީގެ މިގަރުނުގައި އެއްވެސް ރައްޔިތަކު ބާކީވެގެން ނުދާނެއެވެ.

"ވޯޓުލާ ނިމި ، ނަތީޖާ އިޢުލާނުކުރުމާއި ގުޅިގެން ތުރުކީވަނީ އާމަގެއްގެ ތެރެއަށް ވަދެފައި. ތުރުކީގެ ގަރުނު ފެށިއްޖެ. މި ގައުމު ކުރިއަރާދިއުމުގެ ދޮރުތައް ހުޅުވިއްޖެ" ، ރިއާސީ ގަނޑުވަރުގައި ރިއާސީ ތިންވަނަ ދައުރު ފެއްޓެވުމުގެ އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އެރްދުގާން ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބޭރުގެ ވަރަށް މަތީ ފެންވަރުގެ އޮފިޝަލުންގެ ހާޒިރުގައެވެ.

"85 މިލިއަން މީހުންގެ ތެރެއިން އެކަކުވެސް ބާކީވިޔަކު ނުދޭނަން. މިކަމުގައި ސިޔާސީ ފިކުރަކަށް، ނަސްލީ އަސްލަކަށް، ދީނަކަށް، މަޒުހަބަކަށްބެލުމެއް ނޯންނާނެ." ރައީސް އެރްދުގާން ވިދާޅުވިއެވެ.

"އެއްބައިވަންތަކަމާއި އެކަތިގަނޑަކަށް ވެގެން ތިބުން މީގެ ކުރިން ދުވަހަކުވެސް ބޭނުންނުވާ މިންވަރަށް ތުރުކީއަށްވަނީ ބޭނުންވެފައި. އަޅުގަނޑުމެން ބޭނުންވަނީ ގައުމީ އިރާދައާއި ދިމާޔަށް އިދިކޮޅު އެންމެނާއި ނޫސްވެރިންނާއި ލިޔުންތެރިންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ފަންނުވެރިންނާއި ފަންނާނުންނާއި ސިޔާސީ ބޭފުޅުން އެނބުރެން. ރުޅިވެރިކަމެއްވާނަމަ، ހިތްތަކެއް ކުދިކުދިވެފައިވާނަމަ ، ޞުލްޙަވެވޭނެ މަގެއް ހޯއްދަވަމާ ހިންގަވާ." އިތުރަށް އުރްދުގާން ވިދާޅުވިއެވެ.

މެއި މަހު އަށާވީހުގައި އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގުގައި ލިބިވަޑައިގެންނެވި ތާއީދުގެ މަތިން ހަނދުމަފުޅުނެތި ވަޑައިނުގަންނަވާނެކަމަށް ރައީސް އެރްދުގާން ވިދާޅުވިއެވެ. ރައީސް އެރްދުގާން ރައީސްކަމުގެ ހުވާކުރެއްވީ ތުރުކީގެ ޕާލަމަންޓުގައެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން