ފަލަސްތީނުގެ ތުއްތުކުދިންނާއި ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޖުރުމުތައް ހުއްޓުވުމަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތްކުރުމަށް ، ހަމާސް ޖަމާޢަތުން ގޮވާލާ ، އިލްތިމާސްކޮށްފިއެވެ.

ފަލަސްތީނުގެ މުގާވަމަތު (ރެޒިސްޓެންސް) ޖަމާޢަތެއްކަމަށްވާ ހަމާސް ޖަމާޢަތުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލުން ދަނީ ބައްޔަށް ބޭސްކުރަންޖެހޭ ތުއްތުކުދިންގެ ފަރުވާޔަށް ހުރަސްއަޅަމުންނެވެ. ގައްޒާޔަށް ވަދެވޭނެ މަގުތައް އިސްރާއީލުން ބަންދުކޮށްފައިވާތީ ތުއްތުކުދިންނަށް ލިބެންޖެހޭ ބޭހާއި ކާނާ ލިބުންވަނީ ހުއްޓިފައެވެ.

މީގެ އިތުރުން އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ، ފަލަސްތީނުގެ ކުޑަކުދިން ވަގަށްނެގުމާއި އެކުދިން ޖަލަށްލުމާއި ބައެއް ފަހަރު އެކުދިން މެރުންފަދަ ލާއިންސާނީ ޖުރުުމުތައް އިސްރާއީލުން ދަނީ ހިންގަމުންނެެވެ. މީގެ އިތުރުން އެކުދިން ގޭގައި ބަންދުކުރުމާއި އިންސާނީ އަށްޑަނަތަކެއްގެ ގޮތުގައި ބޭނުންކުރުމަކީވެސް އިސްރާއީލުން ކުރާކަމެކެވެ.

ހަމާސްގެ ބަޔާން ނެރެފައިމިވަނީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ދުވަހެއްކަމުގައިވާ އަނިޔާ ލިބިފައިވާ ތުއްތުކުދިންގެ ދުވަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން