އިންޑިއާގައި ހަދަމުންދާ ބްރިޖެއް އަހަރެއްގެ ތެރޭގައި ދެވަނަ ފަހަރަށް ވެއްޓިއްޖެ

އިންޑިއާގެ ބިހާރުގެ ބަގަލްޕޫރު އަވަށުގައި ބިނާކުރަމުން ދިޔަ ބްރިޖެއް އަހަރެއްގެ ތެރޭގައި ދެވަނަ ފަހަރަށް ވެއްޓިއްޖެއެވެ. މި ބްރިޖަކީ ގަންގާ ކޯރު މަތިން އަޅަމުންދާ ބްރިޖެކެވެ. މި ބްރިޖް އެންމެ ފަހުން ވެއްޓިފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

މިކަމާއި ގުޅިގެން، މިކަން ތަޙްގީގުކުރަން ބިހާރުގެ ސްޓޭޓް ސަރުކާރުންވަނީ މިހާރު އަމުރުކޮށްފައެވެ. ހަތަރު ލޭނުގެ މި ބްރިޖުގެ ސްޓްރަކްޗަރ މިދިޔަ އަހަރު ވެއްޓުނީ ގަދަ ވަޔާއިއެކު، ވެހުނު ބޯވާރޭގައެވެ. 2014 ވަނަ އަހަރު ބިނާކުރަން ފެށި، މިބްރިޖުގެ މަސައްކަތް ނިންމަން ދިން މުއްދަތުވަނީ އަށް ފަހަރަށް އިތުރުކޮށްފައެވެ.

ބްރިޖު ވެއްޓުނު މަންޒަރު މިފަހަރު، ހަމަލޮލުން ދުށް މީހުން ބުނި ގޮތުގައި، ބްރިޖު ވެއްޓުނީ އޭގެ މަތީގައި އެތައް ބަޔަކު މަސައްކަތް ކުރަމުން ދަނިކޮންނެވެ. މިކަމާއި ގުޅިގެން އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ލިބުނު ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ޕްލޭންކުރި ގޮތަށް ކުރިޔަށްދިޔަނަމަ، މި ބްރިޖުގެ މަސައްކަތް ނިމި، 2019 ވަނަ އަހަރު މި ބްރިޖު ބޭނުންކުރަން ފެށޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން