މީގެ ދެއަހަރެއްހާ ދުވަސްކުރިން، ޖަރުމަނު ސަރުކާރުން، އަތުލި އިންޑިއާގެ ދެމަފިރިއެއްގެ ތުއްތު ދަރިފުޅު ރައްކާތެރިކަމާއެކު އަނބުރާ އިންޑިއާއަށް ފޮނުވައިދިނުމަށް، އިންޑިއާއިން ޖަރުމަނު ސަރުކާރަށް އިލްތިމާސްކޮށްފިއެވެ.

އިންޑިއާގެ މި ދެމަފިރިންގެ އަތުން ތުއްތު ދަރިފުޅު އަތުލުމަށް ފަހު، އެކުއްޖާ ބަލަހައްޓަމުން ގެންދަނީ އެފަދަ ކުދިން ބަލައްޓާ ތަނެއްގައެވެ.

އިންޑިއާގެ ޚާރިޖިއްޔާގެ ތަރުޖަމާނު އަރިދަމް ބަގްޗީ ވިދާޅުވި ގޮތުގައި އަރިޝާ ޝާހް، ކިޔާ މި ތުއްތު ކުއްޖާ ، ޖަރުމަނު ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިޔައީ، އޭނާ ބެލެހެއްޓުމުގައި އޭނާގެ މަންމަޔާއި ބައްޕަ ފަރުވާކުޑަކުރިކަމަށް ތުހުމަތުކޮށްފައެވެ.

ބަގްޗީ ވިދާޅުވި ގޮތުގައި ހަތް މަހުގައި މަންމަޔާއި ބައްޕަޔާއި ވަކިކުރި، އެ ތުއްތު ކުއްޖާއަކީ އިންޑިއާގެ ރައްޔިތެކެވެ. އެހެންކަމުން، އިންޑިއާއަށް އެތުއްތު ކުއްޖާ ގެނައުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އިންޑިއާ ސަރުކާރުން ކުރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން