އެމެރިކާއާއި ޗައިނާއިން ހަނގުރާމައެއް ކުރާނަމަ، ދުނިޔެއަށް ނުއުފުލޭ ވަރުގެ ބޮޑު މުޞީބާތަކަށް އެކަން ވެގެންދާނެކަމަށް މަގާމާއި ހަވާލުވެ ވަޑައިގަތުމަށް ފަހު ދެއްވި އެންމެ މުހިންމު ޚިޠާބުގައި ޗައިނާގެ ދިފާއީ ވަޒީރު ޖެނެރަލް ލީ ޝަންގްފޫ ވިދާޅުވެއްޖެއެވެ.

މި ޚިޠާބުގައި ޝަންގްފޫ ވިދާޅުވި ގޮތުގައި އޭޝިއާގައި ހަތިޔާރުގެ ވާދަވެރިކަމެއް ފެއްޓުވޭތޯ ބައެއް ގައުމުތަކުންދަނީ މަސައްކަތްކުރަމުންނެވެ. ޝަންގްފޫ މިމޭރުމުން ވާހަކަދައްކަވާފައިވަނީ ސިންގަޕޫރުގައި އަހަރަކު އެއްފަހަރު ބާއްވާ ސަލާމަތީ ބައްދަލުވުމެއް ކަމަށްވާ ޝަންގްރިލާ ޑައިލޮގްގައެވެ.

އޭނާ ވިދާޅުވި ގޮތުގައި ދުނިޔެއަކީ ޗައިނާއާއި އެމެރިކާއާއި ދެގައުމަށް އެކުގައި އުޅެވޭވަރުގެ މިނެއް ހުރި ބޮޑު ތަނެކެވެ. އެހެންކަމުން ދެ ގައުމުން މަސައްކަތްކުރަންވާނީ އެކުގައި އުޅެވޭނެ މަގުކޮށުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

ޝަންގްފޫގެ މިޚިޠާބުގެ ކުރިން، ޓައިވާނު ކަނޑުއޮޅީގައި ޗައިނާގެ މަނަވަރެއް ނުރައްކާތެރި ގޮތަކަށް ހަރަކާތްތެރިވެފައިވާ ކަމަށް ބުނެ އެމެރިކާއިން އެކަން ކުށްވެރިކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން