މިދިޔަ ހަފުތާގައި އިސްރާއީލު ސިފައިން ބަޑިޖަހާ ، ޝަހީދުކޮށްލި ދެއަހަރާއި ބައިގެ ފަލަސްތީނުގެ ތުއްތުކުއްޖެއްކަމަށްވާ މުޙައްމަދުލް ތަމީމީގެ ޖަނާޒާގެ ކަންތައްތަކުގައި ބައިވެރިވުމަށް ރާމަﷲ އަށް އެތައް ސަތޭކަ ބަޔަކު ހާޒިރުވެއްޖެއެވެ.

ފަރުވާދެމުން ދަނިކޮށް ތުއްތު ތަމީމީ މަރުވީ ޓެލް އަވީވްގެ ހޮސްޕިޓަލެއްގައެވެ. އިއްޔެ ބޭއްވި ޖަނާޒާގެ ހިނގާލުން ފަށާފައިވަނީ ރާމަﷲގެ ހޮސްޕިޓަލުންނެވެ. އެހިނގާލުން ނިންމާލީ ތުއްތު ތަމީމީގެ ރަށްކަމަށްވާ ނަބީ ޞާލިޙާ ހަމައިންނެވެ.



ޖަނާޒާގެ މި ހިނގާލުމުގައި ، ހިތާމަފާޅުކުރަމުން ދިޔަ މީހުންވަނީ ފަލަސްތީނުގެ ދިދަތަކާއި ބެނާތައް އުފުލާފައެވެ. އަދި އެމީހުންވަނީ ފަލަސްތީނުގެ ތުއްތުކުދިންނާއި އަދި ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ ޖުރުމުތަކާ ދެކޮޅަށް އަޑުއުފުލާފައެވެ.

ތުއްތު ތަމީގެ މަންމަ ، މަރުވާ ބުނީ މިދިޔަ ބުރާސްފަތި ދުވަހަކީ ހަމަހިމޭން ދުވަހެއް ކަމަށެވެ. އެދުވަހު އޭނާ އުޅުނީ އޭނާޔަށް ބޮޑުދައިތަކިޔާ އަންހެން ކުއްޖެއްގެ އުފަންދުވަސް ފާހަގަކުރުމުގެ ކަންތައްތަކުގައި ، އޭނާގެ އާއިލާ ބައިވެރިވާން ކުރަންޖެހޭ ކަންތައް ކުރާށެވެ.

އޭރު ތުއްތު ތަމީމީ އޭނާގެ ބައްޕަ ހައިތަމްއާއިއެކު ގޮސް އިނީ ކާރުގައެވެ. ހިނދުކޮޅެއް ފަހުން ބަޑީގެ އުންޑައިގެ އަޑު އިވުނުކަމަށް މަރުވާ ބުންޏެވެ. އެދިމާޔަށް ގޮސް ބެލިއިރު އެދެބަފައިން ތިބި ކާރަށް އަމާޒުކޮށް ބަޑިޖަހަމުންދިޔަކަމަށް މަރުވާ ބުންޏެވެ. ބަޑީގެ އުންޑައިން ސަލާމަތްވުމަށް އޭނާގެ ފިރިމީހާ މަސައްކަތްކުރި ނަމަވެސް އެދެބަފައިން އެހަމަލާގައި ޒަޚަމްވިކަމަށް މަރުވާ ބުންޏެވެ. އަދި ތުއްތު ތަމީމީ މާބޮޑަށް ޒަޚަމްވިކަމަށް މަރުވާ ބުންޏެވެ. ތަމީމީގެ ބޮލަށް ލިބުނު އަނިޔާތައް ބޮޑުކަމުން ، އެތުއްތު ފުރާނަ ގިނައިރުތަކެއް ނުވެ މިދުނިޔެއާއި ވަކިވެފައިވާކަމަށް މަރުވާ ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން