ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ރަސްމީކޮށް އީރާނުގެ އެމްބަސީ އިއްޔެ އަލުން ހުޅުވައިފިއެވެ. އެމްބަސީ ހުޅުވާފައިމިވަނީ މިދެގައުމު ޞުލްޙަކުރަން މީގެ މަސްތަކެއް ކުރިން ޗައިނާއިން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެމްބަސީ ހުޅުވުމާއި ގުޅިގެން ދެގައުމުގެ ދެމެދުގައި ދަތުރުތައް ފެށިގެންދާނެއެވެ. އަދި ވިޔަފާރީގެ ގުޅުންތައް އަލުން އުފެދި ދެގައުމުގެ ދެމެދުގައި ކުރާ ވިޔަފާރި ކުރިއަރައިގެންދާނެވެ. މިހާތަނަށް އައިއިރު އީރާނުގައި ސައުދީ އަރަބިއްޔާއިން އަލުން އެމްބަސީ ހުޅުވާފައި ނުވިނަމަވެސް ، ރިޕޯޓުތައް ބުނާ ގޮތުން ، ސައުދީގައި އީރާނުގެ އެމްބަސީ ހުޅުވުމުގެ ސަބަބުން އީރާނުގެ ޙައްޖުވެރިންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.
އީރާނުގެ ޚާރިޖިއްޔާއިން ބުނާ ގޮތުގައި މިހާރުވެސް އީރާނުގެ އެމްބަސީ އޮފިޝަލުންދަނީ ޙައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ސައުދީގެ ބަނދަރުމަތީ ރަށެއްކަމަށްވާ ޖިއްދާގައި ވަރަށް އަވަހަށް އީރާނުން ކޮންސިއުލޭޓެއް ހުޅުވާނެއެވެ.
އީރާނާއި ސައުދީގެ ގުޅުން އެއްކޮށް ކެނޑިފައި އޮންނަތާ ހަތް އަހަރުވެއްޖެއެވެ. މި ދެގައުމުގެ ދެމެދުގައި ހުރި މައްސަލަތައް ހައްލުކޮށްދިނީ ޗައިނާއިން އިސްވެ އޮވެ ، ދެގައުމުގެ ދެމެދުގައި ޗައިނާގެ ވެރިރަށް ބެއިޖިންގްގައި ބޭއްވި ޞުލްޙައިގެ ވާހަކަތަކުގެ ޒަރިއްޔާއިންނެވެ. ސިޔާސީ ގުޅުންތައް އަލުން ގާއިމުކޮށް ދެގައުމު ގުޅިގެން މަސައްކަތްކުރުމަށް މިދެގައުމުން ނިންމީ މިދިޔަ މާޗު މަހު ދިހަވަނަ ދުވަހު ޗައިނާގެ ވެރިރަށުގައެވެ.

ކިޔުންތެރިންގެ ހިޔާލު